Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓް

ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއްގައި ހޯދަން އިއުލާން ކުރި މީހަކު، ވައްކަމުގެ ދެ މައްސަލައެއްގައި ޖަލަށް ލައިފި

ސައްހަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތް ހެދި މައްސަލައެއްގައި ހޯދަމުންދިޔަ ޅ. ނައިފަރު، ސާތީ، އަނޫފް ޢަބްދުލްޣަނީގެ މައްޗަށް ވައްކަމުގެ ދެ މައްސަލައެއް ސާބިތުވެ ޖަލު ހުކުމެއް ވަނީ އިއްވާފައި. މާލެއިން ސައިކަލަކާއި ފޯނެއް ވަގަށް ނެގިކަމަށް އޭނާ އިއުތިރާފުވުމާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ އެކަމަށް ލުއިދީ ޖުމްލަ އެއް އަހަރާއި ދެ މަހަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 2 މެއި 2026 | ހޮނިހިރު 08:33
ސައްހަނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ހޯދަން އިއުލާން ކުރި ޅ. ނައިފަރު، ސާތީ، އަނޫފް ޢަބްދުލްޣަނީ.

ސައްހަނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ހޯދަން އިއުލާން ކުރި ޅ. ނައިފަރު، ސާތީ، އަނޫފް ޢަބްދުލްޣަނީ. | މޯލްޑިވްސް ޕޮލިސް ސާރވިސް

ސައްހަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ހޯދަން އިއުލާން ކުރި މީހަކު، ވައްކަމުގެ ދެ މައްސަލައެއް ސާބިތުވެ ޖަލަށްލާން ހުކުމް ކޮށްފި އެވެ.

ވައްކަމުގެ ދެ މައްސަލަ ސާބިތުވެފައިވާތީ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޅ. ނައިފަރު، ސާތީ، އަނޫފް ޢަބްދުލްޣަނީ މައްޗަށެވެ.

އޭނާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ، ސައްހަނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ތަކުރާރު ކޮށް ހޯދަން އިއުލާން ކުރި މީހެކެވެ. 

28 އޭޕްރީލް 2026 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަނޫފް ޖަލަށްލާން ހުކުމް ކުރީ، 27 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު، މާލޭ ފަތާ ޓްރެކް ކައިރިން ސްކޫޕީ ސައިކަލެއް ވަގަށް ނެގި މައްސަލަ އާއި، އެ ސައިކަލުގެ މަޑިދަށުގައި އޮތް އައިފޯނު 16 އެއް ވަގަށް ނެގި މައްސަލައިގަ އެވެ.

ކޯޓުގައި ކުރިއަށް ގެންދިޔަ އަޑު އެހުންތަކުގައި އަނޫފް ވަނީ ދައުވާތަކަށް އިއުތިރާފް ވެފަ އެވެ. އަދި އަނޫފް އިއުތިރާފްވެފައިވާތީ، އަބަދު ވަނީ ލުއި ކޮށްދިފަ އެވެ.

އެގޮތުން ސައިކަލު ވަގަށް ނެގި މައްސަލަގައި އިއްވާފައިވަނީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އައިފޯނު ވަގަށް ނެގި މައްސަލައިގައި އިއްވާފައިވަނީ 4 މަހާއި 24 ދުވަހުގެ ހުކުމެކެވެ. އަދި މި މައްސަލައިގެ ތަހުގީގު މަރުހަލާގައި 17 ދުވަސް އޭނާ ބަންދުގައި ހޭދަ ކޮށްފައިވާތީ އެދުވަސްތައް އުނިކުރާނެ ކަމަށް ހުކުމްގައި ބުނެފައިވެ އެވެ. 

އަނޫފް ޢަބްދުލްޣަނީކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

01 މެއި 2026

ކުރިމަތި ފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

01 މެއި 2026
ކުރިމަތި ފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
28 އެޕްރީލު 2026

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި

28 އެޕްރީލު 2026
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި
27 އެޕްރީލު 2026

މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި

27 އެޕްރީލު 2026
މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި
27 އެޕްރީލު 2026

ޝިއާއުގެ މަރު: ސާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން ދެން އޮންނަ އަޑުއެހުމެއްގައި!

27 އެޕްރީލު 2026
ޝިއާއުގެ މަރު: ސާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން ދެން އޮންނަ އަޑުއެހުމެއްގައި!
26 އެޕްރީލު 2026

ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޑްރާމާކުޅުން ބޮޑު ޖޯކަކަށް ވެފައިވޭ. ދައުވާ ކުރުން އަވަސްކުރަން ޖެހޭ: ޖިނާހު

26 އެޕްރީލު 2026
ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޑްރާމާކުޅުން ބޮޑު ޖޯކަކަށް ވެފައިވޭ. ދައުވާ ކުރުން އަވަސްކުރަން ޖެހޭ: ޖިނާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު