Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުއްރަޙުމާނުގެ މަރު

އަބްދުއްރަޙުމާނުގެ މަރު: ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ޑީއެންއޭ ރިޕޯޓު ހޯދަން ދިފާއުން އެދޭ

4 މެއި 2026 | ހޯމަ 09:59

އއ. މާޅޮސް، އަބްދުއްރަޙްމާން އާދަމް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އިއްވައިފި. މި މައްސަލައިގައި ހިމެނޭ މައިގަނޑު ތުހުމަތަކީ ނިދާފައި އޮތް މީހަކަށް ހަމަލާދީ މަރާލުން ކަމަށްވާއިރު، މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމާ ގުޅިގެން ޝަރީއަތް އަލުން ފަށައި ޑީއެންއޭ ރިޕޯޓު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 މެއި 2026 | ހޯމަ 09:59
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު | ރާއްޖެ އެމްވީ

އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް އަނިޔާވެރި ގޮތަކަށް މަރާލާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ އއ. މާޅޮސް، ފިޔަ، އަޙްމަދު އާޝިދު، އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމްއާއި، އއ. މާޅޮސް، ފިނިވާގެ، އަޙްމަދު ފާރިސްއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ މި މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައިވާތީ އެކަމާ ގުޅިގެން ކުރިއަށް ގެންދަންޖެހޭ އިޖުރާއަތެވެ. އެގޮތުން މައްސަލައިގައި މިހާތަނަށް ކަންކަން ގޮސްފައިވާ ހިސާބު ގާޒީ ވަނީ ސާފު ކުރައްވާފައެވެ. ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ގާޒީ އަހުމަދު ނިޔާޒުއެވެ.

މި މައްސަލައިގައި މިހާތަނަށް ބޭއްވިފައި ވަނީ އެންމެ އަޑުއެހުމެކެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުނު އަޑުއެހުމެވެ. އެ އަޑުއެހުމުގައި އޭރު މައްސަލަ ބެއްލެވި ގާޒީ ވަނީ ލިއެކިއުންތައް ހަމަ ކުރުމަށް ވަގުތު ދެއްވާފައެވެ.

ގާޒީ ނިޔާޒު ވިދާޅުވި، މި މައްސަލައިގައި ކުރިއަށްދާނީ އިބްތިދާއީ މަރުޙަލާ ފެށިގެން ކަމަށެވެ. އެހެންކަމުން ދައުލަތުން ވަނީ މި އަޑުއެހުމުގައި ދައުވާ އިއްވާފައެވެ.

މި މައްސަލައާ ގުޅިގެން އާޝިދުގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަދަބަކީ މަރުގެ އަދަބެވެ. ނަމަވެސް މަރުގެ އަދަބު ތަންފީޛުކުރުމުގެ ކުރިން އެއްވެސް މަރުޙަލާއެއްގައި، މަރާލެވިފައިވާ މީހާގެ ވާރިޘުން، ކުށް ސާބިތުވެފައިވާ މީހާގެ އަތުން ނުވަތަ އޭނާގެ ޢަޞަބަތްތެރިންގެ އަތުން މަރުގެ ދިޔަ ހޯދައި، މަޢާފުދީފިނަމަ ނުވަތަ މަރުގެ ދިޔަ ހޯދުމަކާ ނުލައި މަޢާފުދީފިނަމަ، މަރަށް މަރު ހިފުމަކާ ނުލައި އޭނާގެ މައްޗަށް ތަޢުޒީރީގޮތުން އަދަބު ދެވޭނެއެވެ.

މީގެ އިތުރުން، ވިސާމްއާއި ފާރިޝްގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަދަބަކީ 18 އަހަރަށް ޖަލަށް ލުމާއެކު، 2 މިލިއަން ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ އެމީހުން އަބްދުއްރަޙުމާނުގެ ގެއަށް ވަދެ، އޭނާ ނިދާފައި އޮއްވައި ބޮލަށް ޙަމަލާދީގެން މަރާލާފައިވާ ކަމަށެވެ.

މި އަޑުއެހުމުގައި ދިފާއީ ވަކީލު ވިދާޅުވީ، ދައުވާއަށް ޖަވާބުދާރީ ވުމުގެ ކުރިން މައްސަލައިގެ ޑީއެންއޭ ރިޕޯޓު ދިފާއަށް ބޭނުންވާ ކަމަށާއި، މައްސަލައިގެ ދައުވާ ހުށަހެޅިތާވެސް މިހާރު 5 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ރިޕޯޓު ލިބުމަށްފަހު މައްސަލައިގެ ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށް ދިފާއުން އެދުނެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ރިޕޯޓު ލިބޭނެ ތާރީޚެއް އަދި ފުލުހުންގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުމާއި، ދައުލަތުން ހުށަހަޅާފައިވާ އަމުރަކާމެދު ގޮތެއް ކަނޑައެޅުމެވެ.

މާޅޮސްއަބްދުލް ރަހްމާން އާދަމްކްރިމިނަލް ކޯޓްމަރުގެ މައްސަލަ

އިތުރަށް ކިޔާލަން

28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
25 ޖޫން 2026

ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި

25 ޖޫން 2026
ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި
22 ޖޫން 2026

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ
22 ޖޫން 2026

މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ސާބިތުވެއްޖެ، އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ތައްޔާރަށް!

22 ޖޫން 2026
މޭރީ މަރާލުމުގައި ލަމްހާ ބައިވެރިވިކަން ސާބިތުވެއްޖެ، އޭނާ ހުރީ ކޮންމެ ޙާލެއްގައިވެސް މާވިންއާ އެކުގައި އުޅެވޭނެ ގޮތެއް ހޯދަން ތައްޔާރަށް!
18 ޖޫން 2026

ރޮމޭންސް ސްކޭމުގައި ޖައްސާ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

18 ޖޫން 2026
 ރޮމޭންސް ސްކޭމުގައި ޖައްސާ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި މޫސާ މުހައްމަދު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
18 ޖޫން 2026

އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި

18 ޖޫން 2026
އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި
17 ޖޫން 2026

ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު

17 ޖޫން 2026
ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު
17 ޖޫން 2026

ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި

17 ޖޫން 2026
ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި
17 ޖޫން 2026

ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި

17 ޖޫން 2026
ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި
16 ޖޫން 2026

ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި

16 ޖޫން 2026
ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް