Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި

ކުރިމަތި ފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 32 އަހަރުގެ އަންހެނަކު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި. އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން އެތެރެކުރި 31 ގްރާމްގެ ކޮކެއިން ފެނިފައިވާއިރު، އެތަކެތި ރައްދުވާންޖެހޭ ފަރާތާ މުއާމަލާތްކޮށްފައިވާކަން ތަހުގީގަށް ވަނީ ހާމަވެފަ. އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހަކަށްވާތީ، ބަންދުގައި ހުންނަ މުއްދަތުގައި އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަށް ކޯޓުން ވަނީ ކަމާބެހޭ އިދާރާތަކަށް އަންގާފަ.

މަޚްތޫމް
މަޚްތޫމް | 1 މެއި 2026 | ހުކުރު 10:40
މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ރަބަރު ޕެކްޓް ކުރިމަތި ފަރާތުގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު އަންހެނަކު ވަނީ ހައްޔަރުކޮށްފައި

މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ރަބަރު ޕެކްޓް ކުރިމަތި ފަރާތުގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު އަންހެނަކު ވަނީ ހައްޔަރުކޮށްފައި | ރާއްޖެއެމްވީ

މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ 30 ރަބަރު ޕެކްޓް ކުރިމަތި ފަރާތުގައި ފޮރުވައިގެން އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި އެވެ. 

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 32 އަހަރުގެ މއ. މޯނިންގވިއު، އާމިނަތު ޝަފަގް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކް ކުރާކަމުގެ ތުހުމަތުގައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ގާޒީ ސަފްވަތު ހަބީބު ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. މި ބަންދުގެ މުއްދަތު ހަމަވާނީ 2026 މޭ 30 ވަނަ ދުވަހަށެވެ.

ޝަފަގްގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ކޯޓަށް ހެކި ހުށަހަޅާފަ އެވެ. އަދި އޭނާގެ އެކްސްރޭކޮށް ބެލިބެލުމުން އޭނާގެ ކުރިމަތިފަރާތުގައި އެއްޗެއް ފޮރުވާފައިހުރިކަމަށް ދައްކާފައިވުމުން، އޭނާއާއި ސުވާލު ކުރުމުން އެއީ ކޮކެއިން ކަމަށް ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ. އަދި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގާފައިވާ  އިރު، ތަކެތި ރައްދުވާން ޖެހޭ ފަރާތާއި އެކު މުއާމަލާތްކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. 

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، ޝަފަގު ލައިގެން ހުރި ޖިންސާއި ހަށިގަނޑާއި ދޭތެރެއިން ދެޕެޑް ނަގާ ދިނުމުން ބަލާ ފާސްކުރިކުރުމުން، މި ދެޕެޑް ދޭތެރޭގައި ފޮރުވާފައި އިން ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 30 ރަބަރު ކޮތަޅު ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 31 ގްރާމް ހުރިކަމަށް ފުލުހުން ބުނެ އެވެ. 

ޝަފަގް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެކެވެ. އަދި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތައް މި މައްސަލާގައި ފުރިހަމަވާ ކަމަށްވެސް ކޯޓުން ކަނޑައަޅާފައިވެ އެވެ.

މި މައްސަލައިގެ ބަންދު އަމުރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޝަފަގް އަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެކެވެ. އެހެންކަމުން އޭނާ ބަންދުގައި ހުންނަ މުއްދަތުގައި އެކަށީގެންވާ ނަފްސާނީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށާއި، ގާތުން މޮނިޓަރިންގ ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ ކަމާބެހޭ އިދާރާތަކަށް އަންގާފަ އެވެ.

އާމިނަތު ޝަފަގްކްރިމިނަލް ކޯޓްގާޒީ ސަފްވަތު ހަބީބުމަސްތުވާތަކެތިޮކޮކެއިން

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި

28 އެޕްރީލު 2026
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި
27 އެޕްރީލު 2026

މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި

27 އެޕްރީލު 2026
މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި
27 އެޕްރީލު 2026

ޝިއާއުގެ މަރު: ސާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން ދެން އޮންނަ އަޑުއެހުމެއްގައި!

27 އެޕްރީލު 2026
ޝިއާއުގެ މަރު: ސާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން ދެން އޮންނަ އަޑުއެހުމެއްގައި!
26 އެޕްރީލު 2026

ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޑްރާމާކުޅުން ބޮޑު ޖޯކަކަށް ވެފައިވޭ. ދައުވާ ކުރުން އަވަސްކުރަން ޖެހޭ: ޖިނާހު

26 އެޕްރީލު 2026
ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޑްރާމާކުޅުން ބޮޑު ޖޯކަކަށް ވެފައިވޭ. ދައުވާ ކުރުން އަވަސްކުރަން ޖެހޭ: ޖިނާހު
25 އެޕްރީލު 2026

ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މެލޭޝިއާ އަންހެނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

25 އެޕްރީލު 2026
ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މެލޭޝިއާ އަންހެނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު