Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޖީ އޮފީސް

ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕީޖީ އޮފީހުންވެސް ނިންމައިފި، ސަބަބަކަށް ބުނީ މެދުއިރުމަތީގެ ހަނގުރާމަ ކަމަށް!

މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ދުވަސްތަކެއް ވެފައިވާއިރު، އިންތިޚާބުތަކަށްފަހު ކުއްލި ގޮތަކަށް ޚަރަދު ކުޑަކުރުމަށް ކަމަށް ބުނެ ދައުލަތުން ފިޔަވަޅުތައް އަޅަމުންދާތީ އެތައް ބަޔަކު ގެންދަނީ ސަރުކާރުގެ އިޤްތިސާދީ އަދި މާލީ ސިޔާސަތުތަކަށް ފާޑުކިޔަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އެޕްރީލު 2026 | އަންގާރަ 06:38
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް. | ރާއްޖެއެމްވީ

 

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުންވެސް ފިޔަވަޅުތަކެއް އަޅައިފި އެވެ.

ޕީޖީ އޮފީހުން ބުނީ މި ފިޔަވަޅުތައް އަޅަން ނިންމީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި 7 އެޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުމާއި، ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުމުގެ އިތުރުން، ކަރުދާސް ބޭނުންކުރުން މަދުކުރުމާއި، އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެ އެވެ.

މީގެ އިތުރުން، މި މުއްދަތުގައި ކޮންމެ އަންގާރަ ދުވަހަކު އެ އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެކަން އެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިރުވެ، ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެކަމަށްވެސް ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

ޕީޖީ އޮފީހުން ބުނީ، މި ބަދަލުތަކުގެ ސަބަބުން މި އޮފީހުން ޢާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެކަމަށެވެ.   

މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ދުވަސްތަކެއް ވެފައިވާއިރު، އިންތިޚާބުތަކަށްފަހު ކުއްލި ގޮތަކަށް ޚަރަދު ކުޑަކުރުމަށްކަމަށް ބުނެ ދައުލަތުން ފިޔަވަޅުތައް އަޅަމުންދާތީ އެތައް ބަޔަކު ގެންދަނީ ސަރުކާރުގެ އިޤްތިސާދީ އަދި މާލީ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ.

ޕީޖީޚަރަދު ކުޑަކުރުންޕްރޮސެކިއުޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

18 މާރިޗު 2026

ބައްސާމްގެ މައްސަލަ: ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނިންމި ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

18 މާރިޗު 2026
ބައްސާމްގެ މައްސަލަ: ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނިންމި ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި
03 މާރިޗު 2026

އައްޑޫސިޓީން މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރު ކުރި ގްރޫޕުގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެއްކެއް ނެތް: ޕީޖީ

03 މާރިޗު 2026
އައްޑޫސިޓީން މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރު ކުރި ގްރޫޕުގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެއްކެއް ނެތް: ޕީޖީ
28 ފެބުރުއަރީ 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން އެމްޕީ މައުރޫފް އަދި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

28 ފެބުރުއަރީ 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން އެމްޕީ މައުރޫފް އަދި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
18 ފެބުރުއަރީ 2026

"ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑަޅާ މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި

18 ފެބުރުއަރީ 2026
"ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑަޅާ މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި
25 ޖެނުއަރީ 2026

ސަރުކާރުގެ ކެނޑިޑޭޓުންގެ ކެމްޕޭނުގައި އޭޖީ ވެސް، މި ވަރުން ދަންޏާ އިލެކްޝަން ކޮމިޝަންގެ ރައީސް ވެސް އަދި ފާޅުގައި ކެމްޕޭނުގައި އުޅުއްވާނެ؟

25 ޖެނުއަރީ 2026
ސަރުކާރުގެ ކެނޑިޑޭޓުންގެ ކެމްޕޭނުގައި އޭޖީ ވެސް، މި ވަރުން ދަންޏާ އިލެކްޝަން ކޮމިޝަންގެ ރައީސް ވެސް އަދި ފާޅުގައި ކެމްޕޭނުގައި އުޅުއްވާނެ؟
14 ޖެނުއަރީ 2026

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދައުވާ ކުރެވޭ މީހަކަށް، ރައީސް މުއިއްޒު މެނޭޖަރ ލެވެލް ގެ ވަޒީފާ އެއް ދީފި

14 ޖެނުއަރީ 2026
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދައުވާ ކުރެވޭ މީހަކަށް، ރައީސް މުއިއްޒު މެނޭޖަރ ލެވެލް ގެ ވަޒީފާ އެއް ދީފި
30 ޑިސެމްބަރު 2025

ގޭންގެއް ކަމަށް ކަނޑައަޅަން މިހާތަނަށް ފޮނުވީ އެންމެ މައްސަލަ އެއް، އަތޮޅު ތެރެއިން ގޭންގެއްގެ ޝަރުތު ހަމަވާ ފަރާތްތައް ދަނީ ބަލަމުން: ފުލުހުން

30 ޑިސެމްބަރު 2025
ގޭންގެއް ކަމަށް ކަނޑައަޅަން މިހާތަނަށް ފޮނުވީ އެންމެ މައްސަލަ އެއް، އަތޮޅު ތެރެއިން ގޭންގެއްގެ ޝަރުތު ހަމަވާ ފަރާތްތައް ދަނީ ބަލަމުން: ފުލުހުން
25 ޑިސެމްބަރު 2025

ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ

25 ޑިސެމްބަރު 2025
ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ
20 ޑިސެމްބަރު 2025

ޕޮންޒީ ސްކީމް ގެ މައްސަލަ: 15 ދުވަހު ގެ ތެރޭގައި ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދައްކަން ޣައިރު ހާޒިރު ގައި އަލްހާން ފަހުމީ އާއި އޭނާ ގެ ދެ ކޮއްކޮ ގެ މައްޗަށް ހުކުމް ކޮށްފި

20 ޑިސެމްބަރު 2025
ޕޮންޒީ ސްކީމް ގެ މައްސަލަ: 15 ދުވަހު ގެ ތެރޭގައި ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދައްކަން ޣައިރު ހާޒިރު ގައި އަލްހާން ފަހުމީ އާއި އޭނާ ގެ ދެ ކޮއްކޮ ގެ މައްޗަށް ހުކުމް ކޮށްފި
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު