Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައުޝާދުގެ މަރު

ނައުޝާދުގެ މަރު: ކުށް ސާބިތުނުވުމުން ދައުލަތުން ހައިކޯޓަށް!

މާފަންނު "ކްލާސް" ފިހާރަ ތެރޭގައި 2023 ވަނަ އަހަރު މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލި އިބްރާހީމް ފައިޙް ނިޡާމާއި ސިރުޙާން ޢަލީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައި. އެ ކޯޓުގެ ހުކުމުގައިވަނީ މި މައްސަލަ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް. އެހެންކަމުން، ދަށު ކޯޓުގެ މި ނިންމުން ބަދަލުކުރުމަށް އެދި ދައުލަތުން މިހާރު ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އެޕްރީލު 2026 | ބުދަ 04:39
ނައުޝާދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ދެ މީހުން-

ނައުޝާދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ދެ މީހުން- | ކްރިމިނަލް ކޯޓު

ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލަ ސާބިތުނުވުމުން ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. 

މި މައްސަލައިގެ ދައުވާއާ ގުޅޭ ޙާދިސާ ހިނގާފައި ވަނީ 2023 ފެބްރުއަރީ 24 ވަނަ ދުވަހު 21:30 ހާއިރު އެވެ. އެގޮތުން ނައުޝާދަށް ޙަމަލާ ދީފައިވަނީ މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސް" ފިހާރަ ތެރޭގައި ހުއްޓައެވެ. ފިހާރަތެރޭގައި ހުއްޓާ އޭނާ ގެ ބޮލަށާއި، ކަރާއި، މޭމައްޗާއި ބަނޑުގެ އިތުރުން ފައިގެ ދެ ކަކުލަށް ވެސް ވަނީ ވަޅި ހަރައި ފުންކޮށް ޒަހަމް ކޮށްލާފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އުފުލި ދައުވާއެކެވެ.

މި މައްސަލައިގައި ޙުކުމް ކުރައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިޙްސާން ނިންމެވީ މި މައްސަލައިގައި އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޤިސާސްގެ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑުކަމުގައިވާ އެއްވެސް ޝައްކެއް ނެތް މިންގަނޑަށް އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށްވެސް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އެހެންވެ ދައުލަތުން މިހާރު ވަނީ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. 

ކްރިމިނަލް ކޯޓްމަރުގެ މައްސަލަޕްރޮސެކިއުޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

20 އެޕްރީލު 2026

މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: މަސްއޫދު އުމުރަށް ޖަލަށްލައި 1.25 މިލިއަން ރުފިޔާގެ ބަދަލުދޭން ޙުކުމްކޮށްފި

20 އެޕްރީލު 2026
މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: މަސްއޫދު އުމުރަށް ޖަލަށްލައި 1.25 މިލިއަން ރުފިޔާގެ ބަދަލުދޭން ޙުކުމްކޮށްފި
19 އެޕްރީލު 2026

މެއި 6ގެ ހަމަލާ: ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ފަންޑު ކުރި މީހުންގެ ބައި އަވަސް ކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި

19 އެޕްރީލު 2026
މެއި 6ގެ ހަމަލާ: ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ފަންޑު ކުރި މީހުންގެ ބައި އަވަސް ކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި
15 އެޕްރީލު 2026

ޝިއާއުގެ މަރު: ސާހިލްއަށް 3 އަހަރުގެ އަދަބެއް، ގަސްދުމަރުގެ މައްސަލައިގެ ޙުކުމް ކުރުން އަދި އެބައޮތް!

15 އެޕްރީލު 2026
 ޝިއާއުގެ މަރު: ސާހިލްއަށް 3 އަހަރުގެ އަދަބެއް، ގަސްދުމަރުގެ މައްސަލައިގެ ޙުކުމް ކުރުން އަދި އެބައޮތް!
14 އެޕްރީލު 2026

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ޕާސްޕޯޓު ހިފަހައްޓައިފި

14 އެޕްރީލު 2026
އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ޕާސްޕޯޓު ހިފަހައްޓައިފި
10 އެޕްރީލު 2026

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

10 އެޕްރީލު 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު