Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޯލްޑިވް ގޭސް

އެހެން ކުންފުންޏަކަށް ބަދަލުވުމަށް މޯލްޑިވް ގޭސް ގެ ޑީއެމްޑީ ރުކުމާ އިސްތިއުފާ ދެއްވައިފި

ރުކުމާ މުހައްމަދު އަބްދުލްކަރީމް މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ އެހެން ކުންފުންޏަކަށް ބަދަލުވެވަޑައިގަތުމަށް. މިއީ މި ސަރުކާރުގައި އޭނާ ކުންފުނި ބަދަލުކުރައްވާ ހަތަރު ވަނަ ފަހަރު.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 09:47
މުހައްމަދު އަބްދުލްކަރީމް (ރުކުމާ)

މުހައްމަދު އަބްދުލްކަރީމް (ރުކުމާ) | ވެމްކޯ

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރުކުމާ މުހައްމަދު އަބްދުލްކަރީމް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. 

ރާއްޖެއެމްވީ އާ ވާހަކަ ދައްކަވަމުން ރުކުމާ ވިދާޅުވީ އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެހެން ކުންފުންޏަކަށް ބަދަލު ވުމަށް ކަމަށެވެ. 

Advertisement - newsAdvertisement

މިއީ މި ސަރުކާރުގައި ރުކުމާ ކުންފުނި ބަދަލު ކުރައްވާ  4 ވަނަ ފަހަރެވެ. ސަރުކާރު އައުމާއެކު އެންމެ ފުރަތަމަ އޭނާ އައްޔަން ކުރެއްވީ ކުނި މެނޭޖު ކުރާ ވެމްކޯގެ ޑީއެމްޑީ އަކަށެވެ. ނަމަވެސް 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އޭނާ ވަނީ ފެނަކައިގެ ޑީއެމްޑީއަކަށް ބަދަލު ކޮށްފަ އެވެ.

މި ބަދަލު ގެންނަނީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ސިޔާސީ މައިދާނުން ރުކުމާ ފާހަގަ ވެގެން ދިޔައީ އެމްޑީޕީގެ ތެރެއިންނެވެ. އެގޮތުން އޭނާ ވަނީ އެމްޑީޕީގެ ޓިކެޓު ގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރަން އެމްޑީޕީގެ ޕްރައިމަރީގައި ރުކުމާ ވާދަ ކުރެއްވެވި އެވެ. 

ނަމަވެސް އެ ޕްރައިމަރީން އޭނާ ވީ ނާކާމިޔާބެވެ. ދެން އޭނާ އެ ފަހަރުގެ މަޖިލިސް އިންތިޚާބަށް ނުކުންނެވީ އަމިއްލަ ގޮތުންނެވެ.

ފަހުން ރުކުމާ ވަނީ 2021 ވަނަ އަހަރު އޭރު އިދިކޮޅުގައި އޮތް ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްރުކުމާ މުހައްމަދު އަބްދުލްކަރީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވްސް ގޭސް ގެ ކުރީގެ އެމްޑީ އަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ 5 ދަޢުވާ ސާބިތު ނުވުން: ޕީޖީ އިން ގަސްތުކުރަނީ މައްސަލަ އިސްތިއުނާފް ކުރަން

މޯލްޑިވްސް ގޭސް ގެ ކުރީގެ އެމްޑީ އަށް ކޮށްފައިވާ ރިޝްވަތު ހިފުމުގެ 5 ދަޢުވާ ސާބިތު ނުވުން: ޕީޖީ އިން ގަސްތުކުރަނީ މައްސަލަ އިސްތިއުނާފް ކުރަން

22 ޖެނުއަރީ 2026
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

01 ޖުލައި 2025
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

16 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު