Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗާގޯސް މައްސަލަ

ޗާގޯސް މައްސަލަ ގޯސްވެ، މޮރިޝަސް އިން ރާއްޖެއާ އެކު ހާރިޖީ ގުޅުންތައް ކަނޑާލައިފި

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖެއިން ގަބޫލުނުކުރާތީ، އެ ގައުމުން ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލުމަށް ވަނީ ނިންމާފަ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 27 ފެބުރުއަރީ 2026 | ހުކުރު 18:10
އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އާކިޕެލާގޯ ނުވަތަ ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަތޮޅަކީ ޑިއޭގޯ ގާސިއާ. މި ރަށް އޮންނަނީ އިންޑިއާގެ ދެކުނުން 1600 ކިލޯމީޓަރު ދުރުގައި އަދި ދިވެހިރާއްޖޭގެ ދެކުނުން 1200 ކިލޯމީޓަރު ދުރުގައި.

އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އާކިޕެލާގޯ ނުވަތަ ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަތޮޅަކީ ޑިއޭގޯ ގާސިއާ. މި ރަށް އޮންނަނީ އިންޑިއާގެ ދެކުނުން 1600 ކިލޯމީޓަރު ދުރުގައި އަދި ދިވެހިރާއްޖޭގެ ދެކުނުން 1200 ކިލޯމީޓަރު ދުރުގައި. | އާޓެމްޖޫ.އާރުޔޫ

 ޗާގޯސް ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ނުހިނގާ ކަމަށް ރާއްޖެ އިން ބުނަމުންދާތީ ރާއްޖެ އާއި އެކު އޮތް ހާރިޖީ ގުޅުންތައް އެ ގައުމުން ކަނޑާލައިފި އެވެ.

ރާއްޖެ އާއި އެކު އޮތް ހާރިޖީ ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމާފައި ވަނީ ހުކުރު ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެ ގައުމުން ވަނީ އެކަން ރަސްމީކޮށް ހާމަވެސް ކޮށްފަ އެވެ. 

Advertisement - newsAdvertisement

އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ހާމަކުރި ގޮތުގައި، ޗާގޯސް އާކިޕެލަގޯގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަން ދިވެހި ސަރުކާރުން ގަބޫލުނުކުރުމާއި، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން އިއުތިރާޒުކުރާތީ، އެ ކަންކަމަށް ރިއާޔަތްކޮށް ދިވެހިރާއްޖެ އާއެކު ބާއްވަމުން އައި ގުޅުން ކަނޑާލުމަށް ވަނީ ނިންމާފަ އެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޗާގޮސް މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންނެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. މީގެއިތުރުން، ރާއްޖޭގެ ދެކުނު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ބަލައިނުގަންނަވާނެ ކަމަށާއި، އެ ސަރަޙައްދު ހިމާޔަތްކޮށް ބެލެހެއްޓުމަށްޓަކައި ކޯސްޓްގާޑުގެ އުޅަނދުފަހަރު އެ ސަރަހައްދަށް ފޮނުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ޗާގޯސްގެ ރަށްތަކަކީ ތާރީޚީ ގޮތުން ދިވެހިރާއްޖޭގެ މިލްކުވެރިކަން އޮތް ސަރަހައްދެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ. އެ ސިޓީފުޅުގައި ރައީސް ބަޔާންކުރައްވާފައިވަނީ، ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެ ހާލަތެއްގައި، އެ ތަނުގައި މިހާރުވެސް ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު ކުރިއެކޭވެސް އެއްފަދައިން ހިންގުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

މީގެ 44 އަހަރު ކުރިން މޮރިޝަސް އާއި ރާއްޖެ އާއި ދެމެދު ހާރިޖީ ގުޅުން ޤާއިމްކޮށްފައި ވަނީ 15 ޖެނުއަރީ 1981ގަ އެވެ.

ޗާގޯސްއިނގިރޭސިވިލާތު-މޮރިޝަސްރާއްޖެ-މޮރިޝަސް

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2026

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލައި، އެމެރިކާއާއެކު މަޝްވަރާ ފަށައިފި

25 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލައި، އެމެރިކާއާއެކު މަޝްވަރާ ފަށައިފި
25 ފެބުރުއަރީ 2026

ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް ބައިނަލްއަގުވާމީ ކޯޓަށް މައްސަލަ ހުށަހަޅަން ރާއްޖެ އިން ތައްޔާރުވަމުންދާ ކަމަށް ނައިޖެލް ފަރާޖް އިނގިރޭސި ޕާލިމެންޓުގައި ވިދާޅުވެއްޖެ

25 ފެބުރުއަރީ 2026
ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް ބައިނަލްއަގުވާމީ ކޯޓަށް މައްސަލަ ހުށަހަޅަން ރާއްޖެ އިން ތައްޔާރުވަމުންދާ ކަމަށް ނައިޖެލް ފަރާޖް އިނގިރޭސި ޕާލިމެންޓުގައި ވިދާޅުވެއްޖެ
23 ފެބުރުއަރީ 2026

ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު ރާއްޖެ ވަޑައިގެންނެވިކަން ނޭނގޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި

23 ފެބުރުއަރީ 2026
ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު ރާއްޖެ ވަޑައިގެންނެވިކަން ނޭނގޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި
22 ފެބުރުއަރީ 2026

ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖްގެ ޗާގޯސް ދަތުރަށް ދިވެހި ސަރުކާރު މެދުވެރިކޮށް، އިނގިރޭސި ސަރުކާރުން ހުރަސް އެޅި ކަމުގެ ތުހުމަތު ކޮށްފި

22 ފެބުރުއަރީ 2026
ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖްގެ ޗާގޯސް ދަތުރަށް ދިވެހި ސަރުކާރު މެދުވެރިކޮށް، އިނގިރޭސި ސަރުކާރުން ހުރަސް އެޅި ކަމުގެ ތުހުމަތު ކޮށްފި
20 ފެބުރުއަރީ 2026

އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ

20 ފެބުރުއަރީ 2026
އީރާނަށް ހަމަލާ ދިނުމަށް ޗާގޯސް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އިނގިރޭސިން ބުނެފައިވަނިކޮށް އިނގިރޭސި ޚާރިޖީ ވަޒީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓާ ބައްދަލުކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު