Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، ހުކުރު ދުވަހު ރައީސް ސޯލިހް އިންޑިއާ އަށް ވަޑައިގެންނެވި ނަމަވެސް އެ ދެ ބޭފުޅުން ބައްދަލު ނުވާ ކަމަށް. ނަމަވެސް، ފޯނުން ރައީސް ސޯލިހްއާ ވާހަކަ ދެކެވުނު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މެއި 2026 | ހޮނިހިރު 08:28
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ސޯލިހް އާއި ރައީސް ނަޝީދު ކުރެއްވި ބައްދަލުވުމުގެ ތެރެއިން.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ސޯލިހް އާއި ރައީސް ނަޝީދު ކުރެއްވި ބައްދަލުވުމުގެ ތެރެއިން. | އެމްޑީޕީ

އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާ ބައްދަލު ނުވާ ކަމަށާއި، ނަމަވެސް ފޯނުން އެމަނިކުފާނާ ވާހަކަ ދެއްކެވި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، ރާއްޖެ ވަޑައިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ. 

Advertisement - newsAdvertisement

އިންޑިއާގެ ނިއުދިއްލީގައި ބޭއްވި 10 ވަނަ އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ނަޝީދު އިންޑިއާ އަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އެވެ. އޭގެ ފަހުން ހުކުރު ދުވަހު ރައީސް ސޯލިހް ވެސް ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންފަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ހުކުރު ދުވަހު ރައީސް ސޯލިހް އިންޑިއާ އަށް ވަޑައިގެންނެވި ނަމަވެސް އެ ދެ ބޭފުޅުން ބައްދަލު ނުވާ ކަމަށެވެ. ނަމަވެސް، ފޯނުން ރައީސް ސޯލިހްއާ ވާހަކަ ދެކެވުނު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގެ ތަފްސީލެއް ރައީސް ނަޝީދު ވިދާޅުވެފައި ނުވެ އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އެމަނިކުފާނުގެ ކެމްޕެއިން ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ރައީސް ނަޝީދު އިންޑިއާ އަށް ވަޑައިގެންނެވީ ވެސް، ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިންގައި އުޅުއްވަމުންނެވެ. އެ ދަތުރުފުޅާ ދިމާކޮށް އެމަނިކުފާނުގެ ކެމްޕެއިން މަޑު ޖެހުނު ނަމަވެސް، ކުރިއަށް އޮތް ދުވަސް ތަކުގައި އެ  ކެމްޕެއިން ކުރިއަށް ގެންދާނެ އެވެ.

އެންމެ ފަހުން ރައީސް ސޯލިހް އާއި ރައީސް ނަޝީދު އެކުގައި ބައްދަލު ކުރައްވާފައި ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އެއީ 2023 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން، ދެ ބޭފުޅުން ރަސްމީކޮށް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދު އާއި ރައީސް ސޯލިހް އަކީ އެންމެ ކުރިން ފެށިގެން ވެސް ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދޫ ނުދިނުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފި

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދޫ ނުދިނުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފި

03 މެއި 2026
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު

01 މެއި 2026
ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

20 އެޕްރީލު 2026
"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"

"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"

11 އެޕްރީލު 2026
އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ހުރިހާ ރައީސުން ވެސް، ދެ އިންތިޚާބު އެއްކޮށްލަން ނޫނެކޭ ވިދާޅުވެއްޖެ

އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ހުރިހާ ރައީސުން ވެސް، ދެ އިންތިޚާބު އެއްކޮށްލަން ނޫނެކޭ ވިދާޅުވެއްޖެ

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު