Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިކަމުގެ މިނިވަންކަން

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދޫ ނުދިނުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފި

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލާފައިވާއިރު، މަސްދަރު ހާމަކުރަން މަޖުބޫރުކުރުމާއި މީޑިއާތަކަށް ބިރުދެއްކުން އިތުރުވަމުންދާ ކަމަށް. ސިޔާސީ ނުފޫޒާއި ފިއްތުންތަކާ ހުރެ ރާއްޖޭގެ ރޭންކިން 108 ވަނައަށް ވެއްޓިފައިވާތީ، ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގައި ދޫނުދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައި. އާރް.އެސް.އެފްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ޖުމްލަ ސްކޯ ދަށްވެ، މީޑިއާގެ އެޑިޓޯރިއަލް މިނިވަންކަމަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 3 މެއި 2026 | އާދީއްތަ 08:56
ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އާދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) ހުއްޓިލައިގެން.

ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އާދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) ހުއްޓިލައިގެން. | މަޖިލިސް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދޫ ނުދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދަނީ ސޮހެމުން ކަމަށެވެ.

ނަޝީދު ވިދާޅުވީ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރުމާއި، މީޑިއާ ކޮންޓްރޯލް ކޮމިޝަން މެދުވެރިކޮށް ބިރު ދެއްކުން އާއްމު ކަމަކަށް ހަދާފައިވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހިމާޔަތުގައި ދޫ ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. 

ނަޝީދު މިހެން ގޮވާލެއްވިއިރު، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައި، 108 ވަނައަށް ވަނީ ވެއްޓިފަ އެވެ.

މިއީ މިދިޔަ 2025 ވަނަ އަހަރު ރާއްޖެ އޮތް 104 ވަނަ ދަރަޖައާ އަޅާބަލާއިރު ދަށްވުމެކެވެ.

އިންޑެކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ ސްކޯ ވަނީ 52.46 އިން 49.23 އަށް ދަށްވެފަ އެވެ. މި ބަދަލާއެކު ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރާއްޖޭގެ ރޭންކިންއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު، ސިޔާސީ ދާއިރާގެ އިންޑިކޭޓަރު 123 އިން 129 އަށް ވަނީ ދަށްވެފަ އެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރް.އެސް.އެފް) އިން އެކުލަވާލާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ހިމެނޭ ސިޔާސީ މިންގަނޑަކީ، މީޑިއާގެ ކޮންޓެންޓް ނުވަތަ ޚަބަރާއި މައުލޫމާތު ފެތުރުމުގައި ސަރުކާރުތަކުގެ ނުފޫޒާއި، ފިއްތުންތަކާއި، ކޮންޓްރޯލް އޮތް މިންވަރު ބަލާ މިންގަނޑެކެވެ.

މި މިންގަނޑުން މީޑިއާތަކުގެ އެޑިޓޯރިއަލް މިނިވަންކަމާއި، ދައުލަތުގެ ޕްރޮޕެގެންޑާ ފެތުރުމަށް ބާރުއަޅާ މިންވަރާއި، ސިޔާސީ ފަރާތްތަކުން ނޫސްވެރިންނަށް ކުރިމަތިކުރާ ހުރަސްތައް ވަޒަންކުރެ އެވެ. އަދި ދުނިޔޭގެ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑަށް ދަށަށްދާކަން ފާހަގަކުރެވެނީ ވެސް ގައުމުތަކުގެ ސިޔާސީ މަޝްރަހަށް އަންނަ މިފަދަ ބަދަލުތަކާ ގުޅިގެންނެވެ.

ޕްރެސް ފްރީޑަމްމީޑިއާ ކޮންޓްރޯލް ކޮމިޝަންކުރީގެ ރައީސް، މުހައްމަދު ނަޝީދުމިނިވަން މީޑިއާ

އިތުރަށް ކިޔާލަން

03 މެއި 2026

މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު

03 މެއި 2026
މި ސަރުކާރުން ކުރަމުންދާ ކަމަކީ މީޑިއާތަކަށް ހުރަސްއަޅަން ގާނޫނުތައް ހެދުމާއި ނޫސްވެރިންނަށް ބިރުދެއްކުން: ޝާހިދު
03 މެއި 2026

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މުއިއްޒުއަށް ފޮނުވާ ސިޓީ.

03 މެއި 2026
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މުއިއްޒުއަށް ފޮނުވާ ސިޓީ.
30 އެޕްރީލު 2026

ނުފޫޒުން ބޭރުން "އައިޝާ" ޑޮކިއުމެންޓްރީ ގެ މައްސަލަ ތަހުގީގު ކުރަން، ހާއްސަ އިންވެސްޓިގޭޓަރ އެއް އައްޔަންކުރަން ޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު އަބްދުﷲ ދީދީ

30 އެޕްރީލު 2026
ނުފޫޒުން ބޭރުން "އައިޝާ" ޑޮކިއުމެންޓްރީ ގެ މައްސަލަ ތަހުގީގު ކުރަން، ހާއްސަ އިންވެސްޓިގޭޓަރ އެއް އައްޔަންކުރަން ޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު އަބްދުﷲ ދީދީ
30 އެޕްރީލު 2026

ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

30 އެޕްރީލު 2026
ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި
29 އެޕްރީލު 2026

އަދަދު ނޫހުގެ އޮފީސް ފާސްކޮށް އެނޫހުގެ ނޫސްވެރިންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ، ތަހުގީގީ ނޫސްވެރިކަން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތެއް: ސީޕީޖޭ

29 އެޕްރީލު 2026
އަދަދު ނޫހުގެ އޮފީސް ފާސްކޮށް އެނޫހުގެ ނޫސްވެރިންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ، ތަހުގީގީ ނޫސްވެރިކަން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރާ މަސައްކަތެއް: ސީޕީޖޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު