Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކެންޔާ

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

ކެންޔާގައި އަލުން ބާއްވަން ތާވަލު ކުރި ރިޔާސީ އިންތިޚާބު އޮކްޓޯބަަރު 26 އަށް ވަނީ ފަސްކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 12:26
ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ

ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ

ބައެއް ފަރާތްތަކުން ބުނާ ގޮތުން އެއީ ކެންޔާގެ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބެކެވެ. މިދައްކަނީ ކެންޔާގެ ސުޕްރީމް ކޯޓުން އެގައުމުގެ ރިޔާސީ އިންތިޚާބު ބާތިލު ކުރި ވާހަަކައެވެ. ކެންޔާގައި 2017 ވަނަ އަހަރު އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކުރުމަކީ އެގައުމުގައި ސުޕްރީމް ކޯޓުން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ. ސުޕްރީމް ކޯޓުން ކެންޔާގެ ރިޔާސީ އިންތިޚާބު ބާތިލުކުރީ އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ސުޕްރީމް ކޯޓުގައި ޗެލެންޖް ކުރުމާ ގުޅިގެންނެވެ.

ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެ ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލުކުރި އިރު، ސުޕްރީމް ކޯޓުން ހުކުމް ކުރީ 60 ދުވަސް ތެރޭ އާ އިންތިޚާބެއް ބާއްވަންށެވެ. އެގޮތުން ކެންޔާގައި އަލުން ބާއްވާ އެގައުމުގެ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 17 ވަނަ ދުވަހު ބާއްވަން އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ނިންމިއެވެ. ކެންޔާގެ އިލެކްޓޯރަލް ކޮމިޝަނުން ބުނެފައި ވަނީ އަލުން އިންތިޚާބު ބާއްވަނީ އެގައުމުގެ ސުޕްރީމް ކޯޓުގެ ނިންމުމަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން އެ ކޮމިޝަނުން ބުނެފައި ވަނީ ވޯޓު ކަރުދާސްކޮޅުގައި އޮންނާނީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާގެ ނަންފުޅާއި މައި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާގެ ނަންފުޅާއި، ދެ ކެނޑިޑޭޓުންގެ ރަނިންމޭޓުންގެ ނަންފުޅު ކަމަށެވެ.

އެހެންނަމަވެސް، މީގެ ދެތިން ދުވަސްވަރު ކުރިން އަޑުއިވިގެން ދިޔައީ އެހެން ޚަބަރެކެވެ. އެއީ ކެންޔާގައި އަލުން ބާއްވަން ތާވަލު ކުރި ރިޔާސީ އިންތިޚާބު އޮކްޓޯބަަރު 26 އަށް ފަސްކުރި ވާހަކައެވެ. ކެންޔާގެ އިލެކްޓޯރަލް ކޮމިޝަނުން ބުނާ ގޮތުން ރިޔާސީ އިންތިޚާބު އޮކްޓޯބަރު 26 އަށް ފަސްކުރީ ބުދަ ދުވަހު ސުޕްރީމް ކޯޓުން އިންތިޚާބާ ގުޅޭ ގޮތުން ނެރުނު ރޫލިން އަށް އަމަލު ކުރުމަށް އިތުރަށް ވަގުތު ބޭނުން ވާތީއެވެ.

ބުދަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ރޫލިންގައި ބުނީ އޯގަސްޓް 8 ގައި ކެންޔާގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ އިލެކްޓޯރަލް ކޮމިޝަނަށް ވެރިފައި ކުރެވިފައި ނުވާ ކަމަށެވެ. ބުދަ ދުވަހުގެ ރޫލިންގައި އިތުރަށް ބުނެފައި ވަނީ އިލެކްޓޯރަލް ކޮމިޝަނުގެ ސާވާތަކަށް، ސުޕްރީމް ކޯޓަށް އެކްސެސް ވެސް ލިބިފައި ނުވާ ކަމަަށެވެ. ސުޕްރީމް ކޯޓުން ރޫލިންގައި ބުނީ އިލެކްޓޯރަލް ކޮމިޝަންގެ ސާވާތަކަށް އެކްސެސް ބޭނުން ވަނީ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގެންނެވި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ، އިލެކްޓޯރަލް ކޮމިޝަނުގެ ސާވާތަކަށް ހެކަރުން ވަދެ ނަތީޖާ ބަދަލުކޮށްފައިވާ ކަމަށް ކުުރާ ތުހުމަތާ ގުޅިގެން ކަމަށެވެ.

ކޮންމެއަކަސް، ކެންޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ "ކުށްވެރިންތަކެއް" ކަަމަށް އެގައުމުގެ ރައީސް އުހުރު ކެންޔައްޓާ ވަނީ ސިފަކުރައްވާފައެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ކެންޔާގެ ވެރިރަށް ނައިރޯބީގައި ބޭއްވި ރެލީއެއްގައެވެ.

އޯގަސްޓް މަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައި ވަނީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާ އެވެ. އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ނަތީޖާގައި، އިދިކޮޅު ކެނޑިޑޭޓް އޮޑިންގާ އަށް ވުރެ 1.4 މިލިއަން ވޯޓު އިތުރަށް ލިބިވަޑައިގެންފައި ވަނީ ރައީސް އުހުރު ކެންޔައްޓާ އަށެވެ.

ކެންޔާ ވެފައި ވަނީ އެފްރިކާ ގައުމުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބެއް ބާތިލު ކުރި ފުރަތަމަ ގައުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެފްރިކާ ބައްރުގައި ބާއްވާ ރިޔާސީ އިންތިޚާބުތަކުގައި އާންމު ގޮތެއްގައި މިފަދަ ބޮޑެޓި މައްސަލަތައް ޖެހެއެވެ. އަދި އެއިރެއްގައި ހުންނަ ވެރިއެއްގެ ކޮޅަށް މައްސަލަތައް ނިމުން އެއީ އާންމު ކަމެކެވެ. އެހެންކަމުން ކެންޔާގެ މި މައްސަލަ ވެސް ފަހު ވަގުތު ނިމިގެންދާނީ ކެންޔައްޓާ ކޮޅަށް ކަމަށް ބެލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަހާއި އަމަލާއި ދިމާވޭބާ، 7 ފެބްރުއަރީ އަލުން އިޔާދަވަނީބާ؟

ބަހާއި އަމަލާއި ދިމާވޭބާ، 7 ފެބްރުއަރީ އަލުން އިޔާދަވަނީބާ؟

02 ފެބުރުއަރީ 2018
އަލުން "ފެބްރުއަރީ ހަތެއް" ގެނައުން ގާނޫނާ ހިލާފު ވާނެތޯ؟

އަލުން "ފެބްރުއަރީ ހަތެއް" ގެނައުން ގާނޫނާ ހިލާފު ވާނެތޯ؟

26 ޖެނުއަރީ 2018
މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

25 ޖެނުއަރީ 2018
ރިޔާސީ ރޭސް: އެއް އަހުގެ ރޭހެއް!

ރިޔާސީ ރޭސް: އެއް އަހުގެ ރޭހެއް!

05 ޖެނުއަރީ 2018
ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

02 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު