Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންޖާ ޓެލެތޯން

ރޮހިންޖާ ޓެލެތޯންއާއިއެކު ރަށްރަށުގެ ރޫހު އަލުން ދިރިއްޖެ!

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފަންޑްފޮށި ގާއިމްކުރެވިފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2017 | ހޯމަ 13:58
ޓެލެތޯންއަށް އެހީވުމަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ ފަންޑްފޮށި ބެހެއްޓިފައި

ޓެލެތޯންއަށް އެހީވުމަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ ފަންޑްފޮށި ބެހެއްޓިފައި

ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެގެން ގޮސްފައިވާ މި ދުވަސްވަރު ރާއްޖެޓީވީން އިސްނަގައިގެން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށްޓަކައި އާދިއްތަ ދުވަހު ފެށި ޓެލެތޯންގެ ސަބަބުން ރަށްރަށުގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމުގެ ރޫހު އަލުން ދިރި އާލާވެއްޖެ ކަމަށް ކައުންސިލްތަކުން ބުނަންފަށައިފިއެވެ.

ރޮހިންޖާގައި ހާލުގައިޖެހިފައިވާ މުސްލިމު އަޚުންނާއި އުޚްތުންނަށް އެހީވުމަށް ރާއްޖެޓީވީން ކުރިއަށް ގެންދާ ފަންޑަަށް އެހީވުމަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރު ވަނީ ފަންޑުފޮށިތައް ގާއިމު ކުރެވިފައެވެ. އަދި އެ ފަންޑު ފޮށިތަކާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ރާއްޖެޓީވީއާއި ދަނީ ހިއްސާކުރަމުންނެވެ.

ކުރިން ރާއްޖެޓީވީން 24 ގަޑިއިރަށް ކުރިއަށްގެންދަން ނިންމި ޓެލެތޯން ގިނަ ރަށްތަކާއި އަދި ދިވެހި ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ހޯމަދުވަހުގެ ރޭ 20.30 އަށް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ. އެއާއިއެކު އިތުރު ގިނަ ރަށްތަކެއްގައި ފަންޑުފޮށިތައް ވަނީ ގާއިމް ކޮށްފައެވެ.

މި ޓެލެތޯންއަށް އެހީވުމަށް ފަންޑް ގާއިމް ކޮށްފައިވާ ރަށްތަކަށް ބަލާލާއިރު، އައްޑޫސިޓީ، ގދ. ތިނަދޫ ލ. ގަން، ހދ. ކުޅުދުއެްފުށި، ގއ. މާމިގިލީ، ދ. ހުޅުދެލި ބ.ކަމަދޫ، ބ ތުޅާދޫ، ޅ. ނައިފަރު، ޅި. ހިންނަވަރު ، ނ. މަނަދޫ، ބ .ހިތާދޫ، ދ. ހުޅުދެލި، ރ. މަޑުއްވެރީ، ހދ.ނޮޅިވަރަންފަރު، ނ ކެނދިކުޅުދޫ، ހދ. ނާވައިދޫ ހިމެނެއެވެ. .މި ރަށްތަކުގެ ކައުންސިލްތަކާއި ސަރުކާރުގެ އޮފީސްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެގެ ފުރިހަމަ އެއްބާރުލުމާއިއެކު ރަށްރަށުގައި ފަންޑަށް ފައިސާ ޖަމާ ކުރުމަށް އެކިއެކި ހަރަކާތްތައް ވަނީ ހިންގާފައެވެ. އެގޮތުން ލ. ގަމުގައި އާދިއްތަދުވަހުގެ ހަވީރުއްސުރެ ގާއިމްކުރެވުނު ފަންޑް ފޮއްޓަށް ހުއްޓުމެއްނެތި ރައްޔިތުން އެހީތެރިވަމުންދާ ކަމަށް ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިކަމުގައި ރައްޔިތުން ދެމުންދާ އެއްބާރުލުމަކީ ކޮޅުނެއްކޮޅަށް އުފާކުރާވަރުގެ އެއްބާރުލުމެއް ކަމަށެވެ. ކުޑައެއް ބޮޑެއް، މޮޅެއް ދެރައެއް، ވަކި ކުލައަކަށް ބެލުމެއްނެތެވެ. އެއްބައިވަންތަ ކަމުގެ ނަމޫނާއެއް އެރަށުން ފެނިގެންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން ފަންޑް ހުޅުވާލިތާ ދޮޅު ގަޑިއެއްހާއިރު ތެރޭ 57000 ރުފިޔާ ފަންޑަށް ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ދ ހުޅުދެލިން "ރޮހިންޖާ އާއި އެކު ދިވެހިން" ޓެލެތޯންނަށް ޙާއްސަ ކޮށްގެން ބެހެއްޓި ފަންޑްފޮށީގެ އިތުރުން ރޮހިންޖާގެ ހާލަތާއި ގުޅޭގޮތުން "ހަދާފައިވާ އޯޑިއޯ ލަވަ" އެއްވަނީ ލޯންޗް ކޮށްފައެވެ. ހުޅުދެލީ ކައުންސިލުން ބުނީ، ހީ ނުކުރާވަރުގެ އެއްބާރުލުމެއް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އަދި އެންމެން އެއް ރޫހެއްގައި، ރޮހިންޖާގެ ނިކަމެތި ރައްޔިރުންނަށް އެހީވުމުގައި އެމީހަކަށް ވެވުނު އެންމެ ރަނގަޅަކަށް އެހީތެރިކަން ފޯރު ކޮށްދެމުންދާ ކަމަށެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ، ތިނަދޫގައި އާދިއްތަ ދުވަހުގެ ހަވީރު ބެހެއްޓި ފަންޑު ފޮށްޓަށް މިހާތަނަށް ގުނި އަދަދަށް ބަލާއިރު 65،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި އެކި ސަރަހައްދު ތަކުގައި ހުރި ފޮށިތައް ގުނާ ނިމުމުން މި އަދަދު ވަރަށްބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި އެރަށުގެ ވިޔަފާރިވެރިންނާއި، ކައުންސިލް ގުޅިގެން މި ޓެލެތޯންއަށް އެއްބާރުލުން ދިނުމަށް ޖުމްލަ 20 ފަންޑް ފޮށި ބެހެއްޓިފައިވާއިރު، ވިޔަފާރިވެރިންގެ ފަރާތުން މައުލޫމާތު ދެއްވަމުން މުހައްމަދު މޫސާ ވިދާޅުވީ، ކުޅުދުއްފުށީގައި ރޮހިންޖާގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމަށްޓަކައި، އެރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އެއްބައިވަންތަކަމުގެ ނަމޫނާ ރޫހެއް ކަމަށެވެ. އޭނާ ވިދާޅުވީ، ފަންޑް ފޮށިތައް އަދި ގުނަންފަށާފައި ނުވި ނަމަވެސް ސަޕްރައިސިންގ އަދަދެއްގެ ފައިސާ އެރަށުން މި ފަންޑަށް އަންނާނެ ކަމަށް ގަބޫލް ކުރާކަމަށެވެ.

ރާއްޖެޓީވީގެ ފަރާތުން ކުރިއަށް ގެންދާ ޓެލެތޯންގައި، ހޯމަދުވަހުގެ އިރުއޮއްސުމާހަމައަށް ރޮހިންޖާ ފަންޑަށް 2.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ރާއްޖެޓީވީގެ ފަރާތުން ކުރިއަށް ގެންދާ މި ޓެލެތޯންއަށް އެހީވުމުގައި ރާއްޖޭގެ ރަށްތަކުގެރައްޔިތުންގެ ފަރާތުން ފެނިގެން މިދަނީ ލާމަސީލު އެއްބައިވަންތަކަމުގެ ރޫހެކެވެ. މިފަދަ ކޮންމެ ގޮވާލުމަކާއެކު، ދިވެހިރައްޔިތުންގެ އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާ ދައްކައިދެއެވެ. ދިވެހިރައްޔިތުންނަށް ހަމަ އައްސަރިބަހާއި ސާބަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017
"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

"އަހަރެންގެ ނަމަކީ މުހައްމަދު – އަހަންނަކީ ރޮހިންޖާ މުސްލިމެއް"

09 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!

ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!

08 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

07 ސެޕްޓެމްބަރު 2017
ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

07 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު