Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަލުން \"ފެބްރުއަރީ ހަތެއް\" ގެނައުން ގާނޫނާ ހިލާފު ވާނެތޯ؟

ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރަން ނިކުތް ސިފައިންނާއި ފުލުހުން އަދިވެސް ތިބީ ވަޒީފާގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2018 | ހުކުރު 14:04
ސިފައިންގެ ބައެއް ބޭފުޅުންނާ ރައީސް އަބްދުﷲ ޔާމިން ބައްދަލު ކުރައްވަނީ

ސިފައިންގެ ބައެއް ބޭފުޅުންނާ ރައީސް އަބްދުﷲ ޔާމިން ބައްދަލު ކުރައްވަނީ

ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ކުރިން ބަދަލު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވާހަކަފުޅާއެކު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަކަށް އެ ވާހަކަ އަޑުއަހާކަށް ކެތެއް ނުކުރެއްވުނެވެ. މުޅި ސަރުކާރާއި ޕީޕީއެމް ކެކި އެރި އެވެ. އަވަސް އަވަހަށް ދައުލަތުގެ މީޑިޔާ މެދުވެރިކޮށް އެއަށް ރައްދު ދެއްވިއިރު ހީވީ ވެރިކަން ބަދަލުކުރަން ބަޔަކު މަގު މައްޗަށް ނިކުމެ އުޅެނީހެނެވެ.

ޑިފެންސް މިނިސްޓަރުގެ ވާހަކަގައި ގާނޫނީ ވެރިކަން ބަދަލުވާނެ ގޮތް ވަރަށް ސާފުކޮށް ކޮންމެ މީހަކަށްވެސް އެނގޭނެ ހެން ބަޔާންކޮށްފައި އޮންނަ ވާހަކަ ވިދާޅުވި އެވެ. އެނޫން ގޮތަކަށް ބަދަލު ނުކަން ނިކުތުމަކީ ކުށެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުކުރާން ނިކުންނަ މީހުންނާމެދު ފިޔަވަޅު އަޅުއްވާނެ ކަަމަށް ވިދާޅުވި އެވެ.

މިނިސްޓަރުގެ މި ވާހަކަގައި އިހްލާސްތެރިކަމެއް ހުރެއްޖެ ނަމަ އެންމެ ފުރަތަމަ ކުރައްވަންވީ ކަމަކީ ގާނޫނީ ވެރިކަން ދަމަހައްޓައި ގައުމުގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކޮށް ދޭން ތިބި ސިފައިންނާއި ފުލުހުން 2012 ވަނަ އަހަރު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އިސްތިއުފާ ދެއްވުމަށް ގޮވާލެއްވި ހާދިސާ ހަނދުމައަށް ގެންވަންވީ އެވެ. ޖުމްހޫރީ މައިދާނަށް ނިކުމެ ސިފައިންނާއި ފުލުހުންގެ ޔުނީފޯމްގައި ތިބެ ރައީސުލް ޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވައި ހަޅޭއް ލެވި މީހުންނާމެދު އަވަހަށް ފިޔަވަޅު އަޅުއްވަންވީ އެވެ. މި ރާއްޖޭގައި 11 ނޮވެމްބަރު 2008 ފެށިގެން 7 ފެބްރުއަރީ 2012 އާ ހަމަށް ހިނގާފައިވަނީ ގާނޫނީ ވެރިކަމެއް ނޫން ކަމަށް މިހާތަނަށް ވެސް އެއްވެސް ތަނަކުން ކަނޑައަޅާފައިނުވެ އެވެ.

ޑިފެންސް މިނިސްޓަރު ޝަރީފު، ސިފައިންގެ ގާނޫނުގެ 33 ވަނަ މާއްދާ ރަނގަޅަށް ކިޔުއްވިންތޯ އެވެ. ފުރަތަމަ ފަހަރަށް ނަމަވެސް ކިޔުއްވާށެވެ. ސިފައިންގެ ގާނޫނުގެ 33 ވަނަ މާއްދާގައި ބުނެފައިވަނީ "ސިފައިންގެ ތެރޭގައި ބަޣާވާތްކޮށްފި ނަމަ ނުވަތަ ފިތުނަ ފަސާދަ އުފައްދައިފި ނަމަ ނުވަތަ އެއިން ކަމެއް ކުރަން ރާވައިފި ނަމަ ނުވަތަ އެފަދަ ކަމެއް ކުރަން ހިތްވަރުދީފި ނަމަ ނުވަތަ އެއިން ކަމެއް އެހެން ބަޔަކު ކުރާކަން އެނގިހުރެ ނުވަތަ އެއިން ކަމެއް ކުރަން ރާވާކަން އެނގިހުރެ އެއިން ކަމެއްގެ މައުލޫމާތު ސިފައިންގެ އިސްވެރިއަކަށް ނާންގައިފި ނަމަ އެފަދަ ކޮންމެ މީހަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެ އެވެ." މިހެންނެވެ. ފެބްރުއަރީ ހަތް ވަނަ ދުވަހު ބަންޑާރަ ކޮށީގެ ތެރެއާއި ސިފައިން އެހެން މަރުކަޒުތަކުގައި އަދި ޖުމްހޫރީ މައިދާނުގައި ހިނގަދިޔަ ކަންކަން ބައްލަވާށެވެ. ގާނޫނީ ވެރިކަމަކާ ދެކޮޅަށް ނިކުތް ސިފައިން ތިޔަހެން ކައިރިއަށް ލައްވައިގެން އިންނަވައިގެން ގާނޫނީ ވެރިކަމެއް ބަދަލުކުރާކަށް ފުރުސަތެއް ނުދޭނަމޭ ތިޔަ ވިދާޅުވަނީ އެހެން މީހުނަށް އެއްވެސް އެއްޗެއް ނޭނގޭނެ ކަމަށް ހެއްޔެ އެވެ؟

ހަތެއް ފެބްރުއަރީގައި ސިޔާސީ އެކި ފަރާތްތަކުން ސިފައިންނާއި ފުލުހުންނާއި ގުޅިގެން ވެރިކަން ބަދަލު ކޮށްލީ އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް މަޖުބޫރުކޮށްގެންނެވެ. އެހެންވީމަ އެގޮތައްށް މިހާރުވެސް ވެރިކަން ބަދަލުކޮށްލަން ފުރުސަތު ދިނުމަކުން އެއީ ކުށަކަށްވާނެ ގޮތެއް ދެން ވިދާޅުވެ ދެއްވާށެވެ. އެގޮތަށް ވެރިކަން ބަދަލުކުރުން އެއީ ގާނޫނާ ހިލާފު ކަމެއް ނަމަ އެ މައްސަލަ އޮންނާނީ ބަލައި ފިޔަވަޅު އަޅައިފަ އެވެ. ސިފައިންނާއި ފުލުހުންގެ ތަކެއްޗަށް ގެއްލުން ދިން ފަރާތްތަކަށް އަދަބުދޭނެ އެވެ.

ފެބްރުއަރީ ހަތެއްގައި ސިފައިންގެ މަރުކަޒުތަކުގައި ކަން ހިންގި ގޮތަށް، އަދި ޖުމްހޫރީ މައިދާނުގައި ފުލުހުންނާއި ސިފައިން ރުކުރަވާލި ގޮތަށް މިހާރު ވެސް ކަންކަން ކުރެވިދާނެ އެވެ. ސިޔަސީ ފަރާތްތައް ތިބޭނީ އެކަމަށް ހިތްވަރު ދޭށެވެ. ގިނަ އިރުތަކެއް ނުވެ ރައީސް ޔާމިން އިސްތިއުފާ ދެއްވަފާނެ އެވެ. އެ އޮތީ ގާނޫނާ އެއްގޮތަށް ވެރިކަން ބަދަލު ކުރެވިފަ އެވެ. އެއީ ގާނޫނާ ހިލާފު ގޮތެއް ކަމަށް ބުނާނެ ހަމައެއް ޔަގީނުންވެސް ނުދެއްކޭނެ އެވެ. އެގޮތަށް ދައްކާނަމަ ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ 2012 ވަނަ އަހަރު އެކަން ކުރި މީހުންނާ މެދު އެވެ. އަދި އޭރުގެ ވެރިކަން ބަދަލުވި ގޮތް ތަހްގީގުކުރަން އެކުލާލި ކޯނީގެ ރިޕޯޓުގެވެސް ޖެހޭނީ އަންދާލާށެވެ.

ގާނޫނީ ވެރިކަމެއް އިންތިހާބެއް ކުރިން ބަދަލު ކުރުމާ ދެކޮޅަށް މިހާރުގެ ސަރުކާރުން ވާހަކަ ދެއްކުމަށްވުރެ ބޮޑު ޖޯކެއް އޮންނާނެތޯ އެވެ. އެމީހުންނަކީ ހަތެއް ފެބްރުއަރީގައި ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ނިކުން މީހުން، ބަތޮލުންނަށް ހެދި މީހުންނެވެ.

ދެން އޮތީ ރައީސް މައުމޫނާއި އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅެވެ. ހަތެއް ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުކުރި ގޮތަށް ބަޣާވާތަކުން ވެރިކަން ބަދަލުކުރާ ވާހަކަ އެ ބޭފުޅުން ނުދައްކަވަ އެވެ. އެހެން ނަމަވެސް މި ދެންނެވީ އެ އެގޮތަށް ބަދަލު ކޮށްލާ ވާހަކަ ދެއްކެވި ނަމަވެސް އެއީ ގާނޫނީ ވެރިކަމެއް ގާނޫނާ ހިލާފަށް ބަދަލު ކުރުން ކަމަށް ރައީސް ޔާމިނާއި ޑިފެންސް މިނިސްޓަރަށް ވިދާޅުވުމުގެ ހައްގު ނެތް ވާހަކަ އެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުން މީހަކު ގާނޫނާ އެއްގޮތަށް އަޒުލު ކުރެވޭނެ ދެ ހާލަތެއް ގާނޫނު އަސާސީގައި އެބަ އޮތެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުންނާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކުންނެވެ. އެހެން ނަމަވެސް މައްސަލަ މިޖެހޭ ހިސާބަކީ ވެރިކަން ބަދަލުކުރާން ޖެހޭ ކަމަށް މީހަކު ބުނާ ކޮންމެ ފަހަރަކު ޑިފެންސް މިނިސްޓަރަށާއި މި ސަރުކާރުގެ އިސް ބޭފުޅުންނަށް އެ އުޅެނީ ހަތެއް ފެބްރުއަރީ އަލުން ގެންނަންކަމަށް ހީވުމެވެ. އަލުން ހަތެއް ފެބްރުއަރީ ގެނައުމަކީ މައްސަލައެއް ނޫނެވެ. އެ ދުވަހު ކުޅު ހަމަ ކޮންމެ ކުޅިއަކަށް ކުރިއެއް ކުޅޭނީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނާއި ގަވާއިދާ ހިލާފުވުން، މީ ކިހިނެއްވާ ކަމެއް؟

ގާނޫނާއި ގަވާއިދާ ހިލާފުވުން، މީ ކިހިނެއްވާ ކަމެއް؟

02 ޑިސެމްބަރު 2017
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

23 ސެޕްޓެމްބަރު 2017
ރޮހިންޖާ ޓެލެތޯންއާއިއެކު ރަށްރަށުގެ ރޫހު އަލުން ދިރިއްޖެ!

ރޮހިންޖާ ޓެލެތޯންއާއިއެކު ރަށްރަށުގެ ރޫހު އަލުން ދިރިއްޖެ!

11 ސެޕްޓެމްބަރު 2017
ގާނޫނާ "ޚިލާފު" ހުކުމެއް ހަލާލުކުރުމަށް ގާނޫނު ބާތިލްކުރުން: ބުއްދީގެ ހަމަތަކުން ވެސް ބޭރު!

ގާނޫނާ "ޚިލާފު" ހުކުމެއް ހަލާލުކުރުމަށް ގާނޫނު ބާތިލްކުރުން: ބުއްދީގެ ހަމަތަކުން ވެސް ބޭރު!

12 އޯގަސްޓު 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު