Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަގްސާ މިސްކިތް

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

އަގްސާ މިސްކިިތް އިޒްރޭލުން ބަންދު ކުރީ ހުކުރު ދުވަހު އަގްސާ މިސްކިތުގައި ދިން ހަމަލާ ތަކާއި ގުޅިގެން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 16 ޖުލައި 2017 | އާދީއްތަ 08:58
އަލް އަގްސާ މިސްކިތް

އަލް އަގްސާ މިސްކިތް

އަލް އަގްސާ މިސްކިތަކީ މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ތަނެވެ. އަގްސާ މިސްކިތާ ބެހޭގޮތުން ތަފާތު ވާހަކަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. މިފަހަރު މުޅިން އާ ވާހަކައެކެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން އަގްސާ މިސްކިތް ބަންދު ކުރުމާ ގުޅިގެން ކަންކަން ހަލަބޮލިވެއްޖެއެވެ.

އަގްސާ މިސްކިތް ބަންދު ކުރީ ހުކުރު ދުވަހު ހެނދުނު މިސްކިތައް ވަންނަން އޮންނަ ސަރަހައްދެއްގެ ބޭރުގައި ދިން ބަޑީގެ ހަމަލާތައް ދިނުމާއި ގުޅިގެންނެވެ. އިޒްރޭލް ސިފައިން މިސްކިތް ބަންދުކުރިއިރު ހުކުރު ނަމާދަށް ވެސް މިސްކިތް ނުހުޅުވުމުން އެ ދުވަހު ހުކުރު ނަމާދު ކުރަން ޖެހުނީ މަގުމަތީގަ އެވެ.

ހުކުރު ދުވަހު ހަތިޔާރު އެޅި ފަލަސްތީނުގެ ތިން މީހުންވެގެން އިޒްރޭލު ދެ ފުލުހުން މަރާލުމާއި ގުޅިގެން އަގްސާ މިސްކިތް ބަންދުކޮށްފައިވާއިރު ފަލަސްތިނުގެ ދީނީ އަދި ސިޔާސީ އިސް ފަރާތްތައް ދަނީ އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެފަރާތްތަކުން ވިދާޅުވަމުން ދަނީ އިޒްރޭލުން އަގްސާ މިސްކިތް ބަންދު ކުރުމަކީ ފަލަސްތީނު ރައްޔިތުންގެ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ. އެގޮތުން ފަލަސްތީނުގެ މިނިސްޓާ ފޯ ރިލިޖަސް އެފެއާޒް ޝެއިޚް ޔޫސުފް އިދިސް ވިދާޅުވީ އަގްސާ މިސްކިތް ބަންދު ކުރުމާއި ގުޅިގެން އެއާ އެއްކޮޅަށް ދެއްކޭނެ ހުއްޖަތެއް ނެތް ކަމަށާއި މި ނިންމުމަށް އިންތިހާ އަށް ދެކޮޅުހަދާ ކަމަށެވެ. އަރަބި ލީގުން ބުނީ މިސްކިތް ބަންދު ކުރުމަކީ ނުރައްކާ ކަމެއް ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ވަނީ ހުކުރު ދުވަހު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ވާހަކަފުޅު ދައްކަވާ ވަނީ އަގްސާ މިސްކިތުގައި ދިން ހަމަލާ ކުށްވެރި ކުރައްވާފައެވެ. އަދި އިޒްރޭލުން މިސްކިތް ބަންދު ކުރި ކުރުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ހުކުރު ދުވަހު ހެނދުނު އަގްސާ މިސްކިތުގައި ދިން ހަމަލާ އާއި ގުޅިގެން މިސްކިތް ބަންދުކޮށް އެދުވަހު ހުކުރު ނަމާދަށް ވެސް ފުރުސަތު ނުދިނުމަކީ އަގްސާ މިސްކިތުގައި ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ހުކުރު ނަމާދު އިޒްރޭލުން ފުރުސަތު ނުދިން ފުރަތަމަ ފަހަރެވެ.

އިޒްރޭލުގެ ފުލުހުން އަގްސާ މިސްކިތާއި އަދި ވަށައިގެންވާ ސަރަހައްދުގައި ފޯރިމަރަމުންދާއިރު އަގްސާ މިސްކިތުގައި ނަމާދު ކުރަން ބޭނުންވެފައިތިބި އެތައް ބަޔަ ދަނީ ގުދުސްގެ މަގުތަކުގައި ނަމާދު ކުރަމުންނެވެ. މިސްކިތް ބަންދު ކުރުމާއި ގުޅިގެން ގުދުސްގެ ކުރީގެ މުފްތީ ޝެއިޚް އިކްރިމާ ސަބްރީ ވިދާޅުވެފައި ވަނީ އަގްސާ މިސްކިތް ބަންދުކުރުމަކީ އެތައް ހާސް މުސްލިމުންނަކަށް ދިން ބޮޑު އަނިޔާއެއް ކަމަށެވެ.

ހަމަލާއަށް ފަހު އޮފިޝަލުން ފޯރިމަރަނީ

އެންމެ ފަހުން އިޒްރޭލުން، މުސްލިމުން އަގްސާ މިސްކިތައް ވަނުން މަނާކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. މިދިޔަ މަހު ފަހުކޮޅުވެސް ޔަހޫދީން ބޭއްވި ރަސްމިއްޔާތަކާއި ގުޅިގެން އުމުރުން 40 އަަހަރުން މަތީގެ މުސްލިމުން މިސްކިތައް ވަނުން މަނާކުރިއެވެ.

ކޮންމެއަކަސް ހޮނިހިރު ދުވަހު ވަނީ މުސްލިމުންނަށް އުފާވެރި ޚަބަރެއް ލިބިގެން ގޮސްފައެވެ. އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އާދީއްތަ ދުވަހު އަގްސާ މިސްކިތް އަލުން ހުޅުވާލާނެ ކަމަށެވެ. ބަޔާނުގައި ބުނީ ހުޅުވާލާނި އަޅުކަމަށް އަންނަ ފާރަތްތަކަށާއި އަދި ފަތުރުވެރިންނަށް ކަމަށެވެ. އުފެދޭ ސުވާލަކީ އިޒްރޭލުން ބުނެފައި ގޮތައް އިޒްރޭލުން އަމަލު ކުރާނެތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
ރައީސް ނަޝީދުގެ ހިތްވަރާ ސާބިތުކަން އެދުވަހު ވެސް ފެނުނު

ރައީސް ނަޝީދުގެ ހިތްވަރާ ސާބިތުކަން އެދުވަހު ވެސް ފެނުނު

20 މާރިޗު 2018
ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

08 މާރިޗު 2018
ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!

ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!

26 ޑިސެމްބަރު 2017
ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް

ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް

28 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު