Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސުޕްރީމް ކޯޓު އަމުުރު

ބަހާއި އަމަލާއި ދިމާވޭބާ، 7 ފެބްރުއަރީ އަލުން އިޔާދަވަނީބާ؟

ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒުކުރާ މަންޒަރު ފެނިފައެއް ނުވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2018 | ހުކުރު 08:57
ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އުފާ ފާޅުކުރުމަށް އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތްކުރަނީ

ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އުފާ ފާޅުކުރުމަށް އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތްކުރަނީ

ޒަމާނީ ޑިމޮކްރަސީގެ ފޮނި މީރުކަމާއި އާރޯކަން އަޅުގަނޑުމެންނަށް ލިބެން ފެށީ 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ މިނިވަން އިންސާފުވެރި އިންތިހާބު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓް ގ. ކެނެރީގެ މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވުމާ އެކުއެވެ. އެހެން ނަމަވެސް އެ އުފާވެރިކަމާއި އެ މިނިވަންކަމުގެ ފޮނިމީރުކަން ދިވެހިންނަށް ލިބިފައި ވަނީ އެންމެ ތިން އަހަރު ދުވަހުގެ ކުރު މުއްދަތަކަށެވެ. ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވައްޓާލީ ސިފައިންނާއި ފުލުހުންގެ ތެރެއިން ނުކުތް ބަޔަކު ސަރުކާރާ ދެކޮޅަށްކުރި "ބަޣާވާތަކުން" ނެވެ.

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލެވުނުތާ ފަސް އަހަރު ދުވަސް ވަނީއެވެ. އޭރު ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނުކުތް ސިފައިންނާއި ފުލުހުން ބުނަމުންދިޔައީ އެމީހުން ރައީސް ނަޝީދާ ދެކޮޅަށް ނުކުންނަން ޖެހުނީ އެމަނިކުފާނު ކުރެއްވި ޣައިރު ގާނޫނީ އަމުރުތަކާ ގުޅިގެން ކަމަށެވެ. ފަސް އަހަރު ދުވަސްވީ އިރު ވެސް އެއީ ކޮން ޣައިރު ގާނޫނީ އަމުރެއް ކަމެއް އެ ފުލުހުންނާއި ސިފައިންނަށް ސާފުކޮށް ބުނެދެވިފައެއް ނުވެއެވެ.

މިއަދު އަނެއްކާ ވެސް މި ދިވެހި ގައުމަށް ދިމާވެފައި ވަނީ އެފަދަ ހާލަތެކެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމު ކޯޓުން ނެރެފައިވާ އަމުރަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ނިންމުނު އެންމެ ވަރުގަދަ އަދި އެންމެ މުހިންމު ނިންމުމެވެ. މި އަމުރާއެކު، ނުހައްގުން ޝަރީއަތްކުރެވި ޖަލުތަކުގައި ބަންދު ކުރެވިފައިވާ ސިޔާސީ ހައްޔަރީން މިނިވަން ކުރަން މަޖުބޫރެވެ. ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝްނަސް ކޮމިޝަނުން އިއުލާނުކޮށްފައިވާ މެމްބަރުން ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅިގެންދިޔައެވެ.

މި އަމުރުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު ނުކުތާއަކީ މި އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމުލުކުރުމަށް ދިވެހި ސަރުކާރަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތަކަށް މަޖުބޫރު ކޮށްފައިވުމެވެ. އަދި މި އަމުރާ ހިލާފަށް އެއްވެސް މިންވަރަކަށް އަމަލުކޮށްފި ނަމަ ނުވަތަ ހުރަސް އަޅައިފި ނަމަ ނުވަތަ ފަރުވާ ކުޑަކޮށްފި ނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅޭނެ ކަމަށް ވެސް މި އަމުރުގައި ވެއެވެ.

އަމުރު ވެސް ނެރެފިއެވެ. ގާނޫނީ އަމުރެކެވެ. އެންމެ މަތީ ކޯޓުގެ އަމުރެވެ. އިދިކޮޅު ފަރާތްތަކުން އުފާ ފާޅުކުރަން ވެސް ފަށައިފިއެވެ. ބަލަންތިބި ރައްޔިތުންނަށް ހީވީ އަނެއްކާ ވެސް އާ ދިވެހިރާއްޖެއަކަށް އަލިވިލެން އުޅޭ ހެންނެވެ. ފަސް އަހަރު ދުވަސް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހޭދަކުރުމަށް ފަހު މިނިވަންކަމުގެ ފޮނި މީރުވަސް ޖެހުނީމާ ވާނީ ވެސް އެހެންތާއެވެ. މިއާ އެކު އަނިޔާވެރިކަމުން ސަލާމަތްވުމުގެ އުފާވެރި އިހުސާސްތައް ސޯޝަލް މީޑިއާގައި ބަންޑުންކުރަން ފަށައިފިއެވެ. މި ހުރިހާ ކަމެއް ހިނގަމުންދިޔައިރު ވެސް ސަރުކާރުގެ ބަހެއް މިކަމުގައި ހާމަކޮށްފައެއް ނުވެއެވެ. މެންދަމުން އަނބުރާ 12 ޖަހަން އުޅެނިކޮށް ބަނޑޭރިކޮށީގައި ސަރުކާރުން ނޫސް ކޮންފަރެންސެއް ބާއްވައިފިއެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ ރައީސް ޔާމީން ކުއްލި ހާލަތު އިއުލާނުކުރައްވާނެ ކަމަށެވެ. ކަންވީ އެންމެން ހީކުރި ގޮތާ ހިލާފަށެވެ.

މި ޕްރެސް ކޮންފަރެންސްގައި ސަރުކާރުގެ އެންމެ މަތީ ވެރިޔާ ފެންނާން ވެސް ނެތެވެ. ބަންޑާރަނައިބާއި ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރުގެ އިތުރުން އިންނެވީ ޗީފް އޮފް ޑިފެންސް ފޯސްއެވެ. ހޯލް ތެރޭގައި ރައީސް އިންނެވި ކަމަށް ލީކްވެފައިވާ ބައެއް ފޮޓޯތަކުން ފެނުނުކަމުގައި ވިޔަސް ޓީވީން ދެއްކި ނިއުސް ކޮންފަރެންސްގައި އެމަނިކުފާނެއް ފެންނާކަށް ނެތެވެ. ފަހަރުގައި އެތަނުގައި އެމަނިކުފާނު އިންނެވީ އެމަނިކުފާނު ފެންނަން ނެތް ނަމަ ފަހަރުގައި ވަޒީރު ބޭފުޅުންގެ ދޫއޮޅި ނުބައި އެއްޗެއް ވިދާޅުވެވިދާނެތީ ކަމަށް ވެދާނެއެވެ.

މި ޕްރެސް ކޮންފަރެންސާ ހަމަޔަށް ފުލުހުންގެ އެއްވެސް ބަޔަކު އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކަށް ހުރަސް އަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އަހުމަދު އަރީފް ވަކިކުރިކަން އިއުލާނުކުރުމާ އެކު މިކަން ބަދަލުވެގެންދިޔައެވެ. ބަންޑާރަ ޙަސަނަށް މޫދުހިތަކަށް ލިބިފައި އޮއްވާ މެޔަށް ފެން އެއްޗެއް އަޅައިލިހެން ހީވީމާ ދެން ވާނޭ ގޮތް ވީއެވެ.

ރަޔަޓް ގިޔަރާއި ޝީލްޑާ އެކު އެއްވެފައި ތިބި ރައްޔިތުންގެ ތެރެއަށް އެތަނަށް އައި އެސްއޯ ފުލުހުންގެ ބައިގަނޑެއް އަރިގަތީ ތަނެއް ދޮރެއް ބެލުމެއް ނެތިއެވެ. ކަރުނަ ގޭސް ކެނިސްޓަރުތައް ރައްޔިތުންގެ ތެރެޔަށް އުކާލީ އެއްވެސް ވަރަކަށް ބެލުމެއް ނެތިއެވެ. ހަނދާންވީ ފެބްރުއަރީ 7 ގެ އެއް ދުވަސް ކުރިން ހަމަ އެ ސަރަހައްދުގައި ފުލުހުން އަމަލުކުރި ގޮތެވެ. ބައިގަނޑު ބައިގަނޑަށް ރައްޔިތުންގެ ތެރެއަށް ދުވެ ރައްޔިތުން ފަހާ އަނިޔާކުރާ މަންޒަރު ފެނުމުން ސިފަވެގެންދިޔައީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ކުށެއް ނެތް ރައްޔިތުންނަށް އޭރު ފުލުހުންނާއި ސިފައިން ކުރި އަނިޔާތަކެވެ.

7 ފެބްރުއަރީގައި ފުލުހުންނާއި ސިފައިން ޖުމްހޫރީ މައިދާނުގައި ކުރިމަތިލަނީ

ފުލުހުންގެ މި އަމަލުތަކާ އެކު ފެބްރުއަރީ 6 ގެ އަލިވިލެން ދިޔައިރު ފުލުހުންގެ ތެރެއިން ބަޔަކު ޣައިރުގާނޫނީ އަމުރުތަކަށް ތަބާނުވާނެ ކަމަށް ބުނެ "ބަޣާވާތަށް ނުކުން" ފަދައިން ފުލުހުންގެ ބަޔަކު ނުކުންނާނެއޭ ބައެއް މީހުން ބުނަމުން ގެންދިޔައެވެ. ނަމަވެސް މި ފަހަރު ގާނޫނު ތަންފީޒުކުރުމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ދިވެހި ދައުލަތުގެ ހުރިހާ ބާރެއް ފެށިގެންދަނީ ވެސް އަދި ދެމިއޮންނަނީ ވެސް ރައްޔިތުންގެ އަތުގައެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެމްބަރުންނާ ދެކޮޅަށް ތި ހިންގާ އަމަލުތަކަކީ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވުން ނޫން ވަކި ކޮންކަމެއްތޯއެވެ. ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރަމުންދާ ކުށެއް ނެތް ރައްޔިތުންނަށް، މަތިން އަންނަ އޯޑަރަށް ތިކުރާ އަނިޔާއަކީ ހަމަ ޣައިރު ގާނޫނީ އަމުރަށް ތަބާވުން ނޫން ވަކި ކޮންކަމެއްތޯއެވެ.

ދިވެހި ފުލުހުންނޭއެވެ. ދިވެހި ސިފައިންނޭއެވެ. މިއަދު ތި މުގުރާލަނީ ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރެފައިވާ އަމުރެކެވެ. ތިޔަ ތިބެވެނީ ގާނޫނީ އަމުރެއް ތަންފީޒުކުރުމުގައި ފަހަތު ފަޔަށް ބުރަވެފައެވެ. ތިޔަ މުގުރާލަނީ ދިވެހި ޖުމްހޫރިއްޔާ ބިނާވެފައިވާ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެވެ. ތިޔަ ބޭފުޅުންގެ ހުވައިގައި އޮންނަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ހިމާޔަތްކުރުމެއް ނޫނެވެ. ތިބޭފުޅުންގެ ހުވަޔަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. ޤާނޫނު ނެގެހެއްޓުމެވެ. ޤާނޫނު އަސާސީން ދިވެހިރާއްޖޭގެ ކޯޓުތަކަށް ދީފައިވާ އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރު ނެގެހެއްޓުމަށް އެހީވުމެވެ. މާތްﷲ ގަންދީ ހުވާކޮށްގެން ތިބި އިރު މާތްﷲ ދެއްވާފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ކޮށްގެން ތިޔަ ތިބަ ބޮޑު ހުވައިން ނުރެކޭށެވެ. ޑިމެކްރަސީއެއްގެ ހަމަޔާއި ލަމަ ދެމެހެއްޓުމަށް އަޅަންވީ ހެޔޮ ފިޔަވަޅު އަޅާށެވެ. އޭރު ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވަން މަގުތަކަށް ނުކުމެ ހައިޖާނު ހަދައި "ބަޣާވާތް ކުރި" ފަދައިން ނޫނަސް ރާއްޖޭގެ ދުސްތޫރީ އެންމެ މަތީ ކޯޓުން ކުރި ހުކުމް ތަންފީޒުކުރައްވާށެވެ. އަބަދުވެސް ތަބާވާ ފަދައިން ގާނޫނަށް ތަބާވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެބްރުއަރީ ހަތެއްގެ ހަނދާންތައް!

ފެބްރުއަރީ ހަތެއްގެ ހަނދާންތައް!

07 ފެބުރުއަރީ 2019
ވީއައިއޭ: ޤައުމުގެ މައި ދޮރާއްޓާ މެދު އަލުން ވިސްނަންޖެހިފައި

ވީއައިއޭ: ޤައުމުގެ މައި ދޮރާއްޓާ މެދު އަލުން ވިސްނަންޖެހިފައި

29 ޖެނުއަރީ 2019
މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

02 ފެބުރުއަރީ 2018
އަލުން \"ފެބްރުއަރީ ހަތެއް\" ގެނައުން ގާނޫނާ ހިލާފު ވާނެތޯ؟

އަލުން "ފެބްރުއަރީ ހަތެއް" ގެނައުން ގާނޫނާ ހިލާފު ވާނެތޯ؟

26 ޖެނުއަރީ 2018
ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

ސަރުކާރަށް 4 އަހަރު: ބަހާއި އަމަލާ ދިމާނުވާ އެތައް ކަމެއްގެ ތެރޭގައި ރައްޔިތުން ތާށިވެފައި

17 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު