Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޖިލިސް ބައި-އިލެކްޝަން

ސަރުކާރަށް ތައްޔާރުވެވުނު އިރަކުން ބާއްވާ ބައި އިލެކްޝަން!

ބައި އިލެކްޝަން ބޭއްވުމަށް ގާނޫނުއަސާސީގައި ބުނާ މުއްދަތުތައް ވަނީ ފަހަނައަޅާ ގޮސްފައި

އަލީ ޔޫސުފް
އަލީ ޔޫސުފް | 22 ސެޕްޓެމްބަރު 2017 | ހުކުރު 11:47
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިހާރު ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން: ސަރުކާރުން ވަނީ ކެމްޕެއިން ފަށާފައި

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިހާރު ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން: ސަރުކާރުން ވަނީ ކެމްޕެއިން ފަށާފައި

ބައެއް މީހުން މި ސަރުކާރު ސިފަކުރަނީ މަޝްހޫރު ޑިކްޓޭޓަރު އެޑޮލްފް ހެޓިލަރުގެ ސަރުކާރު ގޮތަށެވެ. ސަބަބެއް ކަމަށް ބުނަނީ ސަރުކާރުން ކުރަން ބޭނުން ކޮންމެ ކަމެއް ގާނޫނުގެ ހަމަތަކުގެ ތެރެއަށް ފައްތައިގެން ކުރަމުން ގެންދިއުމެވެ. ނުވަތަ ސަރުކާރުން ކުރާ ކަންކަމާ އެއްގޮތަށް ގާނޫނުތައް ބައްޓަންކުރަމުން ގެންދަތީއެވެ. މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުމަކީ ވެސް އެފަދަ ކަމެކެވެ. އެ މެންބަރުންގެ ބަދަލުގައި އާ މެންބަރުން ހޮވުމަށް ބާއްވަން އުޅޭ ބައި އިލެކްޝަނަކީ ވެސް އެފަދަ ކަމެކެވެ.

ސުޕްރީމް ކޯޓުން ނެރުނު ހުކުމަކަށް ރިއާޔަތްކޮށް އިލެކްޝަން ކޮމިޝަނުން ވަނީ މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލާފައެވެ. އަރަތެއްހެން އޮތް މި ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރު މެންބަރުންތަކެއްގެ ގޮނޑިތައް ވެސް ގެއްލިއްޖެ ކަމަށް ކަނޑައަޅައި ބައި އިލެކްޝަނަކަށް ގޮވާލާފައެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް, އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރާން ވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ )ށ( ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން އެ ގޮނޑިއަށް މީހަކު އިންތިހާބު ކުރަންޖެހޭ ހާލަތުގައި އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަން ބޭއްވުމަށްޓަކައި އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ އިންތިހާބީ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާންކުރަންވާނެ ކަމަށެވެ.

އެހެން ނަމަވެސް، މެންބަރުންގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރިތާ މިދިޔަ އަންގާރަ ދުވަހަށް 60 ދުވަސް ފުރުނުއިރު، އިންތިހާބު ވެސް ބާއްވާފައެއް ނުވެ އެވެ. އިންތިހާބު ބާއްވާނެ ދުވަހެއް ވެސް އިއުލާނުކޮށްފައިނުވާއިރު، ފަސް ދުވަހުގެ ތެރޭގައި ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާފައެއް ނުވެ އެވެ. އެހެންކަމުން ހަގީގަތުގައި ވެސް ސަރުކާރުން ބައި އިލެކްޝަނެއް ބާއްވަން އުޅޭ ކަމާ މެދު ސުވާލު އުފެދެއެވެ.

ބައި އިލެކްޝަނެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތައްޔާރީތަކެއް ވަމުން އަންނަކަން މިހާތަނަށް ފާޅުކަން ބޮޑު ގޮތެއްގައި އެނގިފައި ނެތް ނަމަވެސް ސަރުކާރު ހިންގާ ޕީޕީއެމްގެ ކޯލިޝަނުން ވަނީ ކެމްޕެއިން ދަތުރުތަކެއް ފަށާފައެވެ. އެ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އިސްވެ ހުންނަވައިގެން ބައެއް ދަތުރުތައް ވަނީ ފައްޓަވާފައެވެ. ކަހަނބު ދުވެލީގައި ކެމްޕެއިން ހަރަކާތްތަކެއް ސަރުކާރުން ކުރަމުން ގެންދިޔަ ނަމަވެސް އިލެކްޝަން ކޮމިޝަން އަދި އޮތީ މަޑު ނިންޖެއްގައެވެ. ބެލެވޭ ގޮތުގައި އެ ނިދިން ހޭލެވޭނީ ސަރުކާރަށް އެކަށީގެންވާ މިންވަރަށް ތައްޔާރުވެވިއްޖެކަން އެންގި ދުވަހަކުންނެވެ. ގޮނޑި ގެއްލިއްޖެ ކަމަށް އަވަސް އަރުވާލާފައި ކަނޑައެޅި މެމްބަރުންނަށް، އިންތިހާބު ބޭއްވުމަށް ގާނޫނުގައި އޮތް މުއްދަތު މުހިއްމެއް ނުވި އެވެ.

އަނެއްކޮޅުން މެންބަރުކަން ގެއްލުނު ކަމަށް ކަނޑައަޅައި ގޮނޑިން ބޭރުކޮށްލި މެންބަރުން އެކަން ގަބޫލުކުރައްވާކަށް ތައްޔާރެއް ނޫނެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާއެއް ދެން ވެސް ބާއްވައިފި ނަމަ ޖަލްސާ އަށް ވަދެވޭތޯ މަސައްކަތްކުރައްވާނެ ކަމަށް އެ މެމްބަރުން ވިދާޅުވެފައި ވެއެވެ. އެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި އިލެކްޝަނުން ބާއްވަން އުޅެނީ ހުސްނުވާ ގޮނޑިތަކެއްގެ ބައި އިލެކްޝަންތަކެކެވެ.

ސުޕްރީމް ކޯޓުން އަރަތެއްހެން ނެރުނު ހުކުމުގެ ތަރުޖަމާއެއް ލިބޭތޯ އެ މެންބަރުން ވަނީ ކޯޓަށް ހުށަހަޅުއްވާފައެވެ. ވާނެ ގޮތެއް ބުނާކަށް ނޭނގެއެވެ. ބެލެވޭ ގޮތުގައި އިލެކްޝަނުން ބައި އިލެކްޝަނަށް ކުރިމަތިލުމަށް އިއުލާންކުރުން ފަސްކޮށްލާފައި ވަނީ ވެސް އެ މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ މެދު އެ ކޯޓުން ވަކި އެއްޗެއް ބުނަންދެނެވެ. ނަމަވެސް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އިލެކްޝަނުން އިންތިޚާބަށް ކުރިމަތިލާން އިއުލާނުކޮށްފި ނަމަ ސުވާލަކީ އެފަދަ އިންތިޚާބެއްގައި އެ މެންބަރުން އަލުން ވާދަކުރައްވާނެބާއެވެ؟

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ބުނާ ބައެއް މެންބަރުން ވިދާޅުވެފައި ވަނީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ހާލަތެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ. ދިއްދޫ ދާއިރާ އިން ދެކޭ ގޮތުގައި އެ ދާއިރާގެ މެންބަރުގެ ގޮނޑިއެއް ނުގެއްލެއެވެ. ސަބަބެއްގެ ގޮތުގައި ބުނަނީ އެ މެންބަރަކީ އަމިއްލަ ގޮތުން ވާދަކުރައްވައިގެން ގޮނޑި ކާމިޔާބުކުރެއްވި މެންބަރަކަށް ވުމެވެ. އަދި އެއީ އެއްވެސް ޕާޓީއެއްގެ ގޮނޑިއަކަށް ނުވުމެވެ. ކައުންސިލުން ވެސް އޮތީ އެފަދަ އިންތިޚާބަކަށް އެއްބާރުލުން ދޭ ގޮތަކަށް ނޫނެވެ. އަދި އެފަދަ ބައި އިލެކްޝަނެއް ބޭއްވިޔަ ނުދޭނެ ކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެ ދާއިރާގައި ފަސޭހަ ގޮތަކަށް ބައި އިލެކްޝަނެއް ބޭއްވޭނެ ކަމަށް ނުބެލެވެއެވެ.

ރާއްޖޭގާއި ކޮންމެ ފަސް އަހަރަކުން ބާއްވާ އާންމު އިންތިޚާބަށް ވުރެ ކުރިއަށް އޮތް ބައި އިލެކްޝަންތަކުގެ ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ. ހަމަނުޖެހުންތައް ވެސް ބޮޑުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ސުވާލަކީ އެފަދަ އިންތިޚާބެއް ބަލާލުމުގެ ފުރުސަތު ދިވެހިންނަށް ލިބޭނީ ކޮން ހިރަކުންބާއެވެ؟ ޔަގީނުން ވެސް ކަށަވަރުވާ ކަމަކީ އިންތިޚާބެއް ބޭއްވުމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބެލުމެއް ނެތް ކަމެކެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ މުއްދަތަކަށް ވެސް ބެލުމެއް ނެތެވެ. އިންތިޚާބެއް ދެން ވެސް ބާއްވާނީ ފާތުމަތު އިބްރާހިމް ދީދީގެ ޓީމުން އަދި ސަރުކާރުން ކުރަން ހުރި ދަތުރުތައްކޮށް، ނިންމަންހުރި ކަންކަން ނިންމައި އިންތިޚާބަކަށް ތައްޔާރުވެވިއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުންނެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބު ބޭއްވުމުގައި ވެސް ގާނޫނުގައި ބުނާ މުއްދަތުތައް ފަހަނަ އަޅައި ދިޔަ ނަމަވެސް ޕީޕީއެމް އަށް ތައްޔާރުވެގެންދެން ކޯޓުން އެ އިންތިޚާބު ފަސްކުރަން ނިންމާފައި ވުމެވެ. ނަމަވެސް ޕީޕީއެމުން ތައްޔާރުވަންދެން ފަސްކުރި އެ އިންތިޚާބުގައި ވެސް ޕީޕީއެމް ދިޔައީ ޗޮކުންނެވެ. ސަރުކާރު ކޯލިޝަނަށް ތައްޔާރުވެވުނު ދުވަހަކުން ބާއްވާ ބައި އިލެކްޝަންތަކަށް ވާނީ ކިހިނެއްބާއެވެ؟

އިތުރަށް ކިޔާލަން

11 މެއި 2017

މޯބައިލް ފޯނު ފޭރުން އާއްމުވެފައި

11 މެއި 2017
މޯބައިލް ފޯނު ފޭރުން އާއްމުވެފައި
07 މެއި 2017

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!
07 މެއި 2017

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!
01 މެއި 2017

މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

01 މެއި 2017
މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
11 ފެބުރުއަރީ 2017

މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!

11 ފެބުރުއަރީ 2017
މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!
17 ޖެނުއަރީ 2017

ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

17 ޖެނުއަރީ 2017
ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު