Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީލައިފް ހިޔާނަތް

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ޕާސްޕޯޓު ހިފަހައްޓައިފި

ސީލައިފްގެ ފްލެޓްތައް އެޅުމަށް ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ 42 ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި. މި މައްސަލައަކީ މަދަނީ މައްސަލައެއް ކަމަށް ދަށު ކޯޓުން ނިންމީ ހެކިތަކަށް އެކަށީގެންވާ ވަރަށް ރިޢާޔަތްނުކޮށް ކަމަށް ޕީޖީން ބުނާއިރު، އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ (އައްމަޓީ) ފުރުން މަނާކުރުމުގެ އަމުރެއް ހައިކޯޓުން މިހާރު ވަނީ ނެރެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އެޕްރީލު 2026 | އަންގާރަ 03:28
އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލި

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލި | ރާއްޖެއެމްވީ

ސީލައިފްގެ ޚިޔާނާތާ ގުޅިގެން އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. 


އޭނާ ގެ މައްޗަށް ހުށަހެޅުނު ދައުވާގައި ބުނެފައިވަނީ، ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިން ހާސް) ހައުސިންގ ޔުނިޓް އެޅުމަށް ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، ހައުސިންގ ޔުނިޓުތައް އެޅުމަށް ދީފައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަ ނުކޮށް މަކަރާއި ޙީލަތުން އެކި މީހުންގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގާފައިވާކަމަށެވެ. 

އެހެންކަމުން އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ދައުވާ ހުށަހެޅީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާއެވެ. އެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހެޅީ 30 މޭ 2021 ގައެވެ.

އެހެންނަމަ ވެސް މި މައްސަލައިގެ ޝަރީޢަތް ހިންގުމަށް ފަހު، ދަޢުވާތައް ސާބިތުނުވާކަމަށް 9 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.

ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި މައިގަނޑު ސަބަބެއް ކަމަށް ބުނެފައި ވަނީ މި ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއްކަމަށް ވުމެވެ. އަދި އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިއިގަންނަވާ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއްކަމަށް ޕީޖީ އޮފީހުން ގަބޫލުކުރެ އެވެ.

މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމާ ނުލާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.

އެހެންކަމުން، މި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ. 

ޕީޖީ އޮފީހުން  ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ. 

މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، 13 އެޕްރީލް 2026 ދުވަހު އަޙްމަދު މުސާ މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ. 

އައްމަޓީކްރިމިނަލް ކޯޓްހައިކޯޓުގެ ފަނޑިޔާރުން

އިތުރަށް ކިޔާލަން

10 އެޕްރީލު 2026

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

10 އެޕްރީލު 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
09 އެޕްރީލު 2026

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ

09 އެޕްރީލު 2026
އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ
09 އެޕްރީލު 2026

ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްސަލަ: ދެން އޮތީ ޙުކުމް ކުރުން!

09 އެޕްރީލު 2026
ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްސަލަ: ދެން އޮތީ ޙުކުމް ކުރުން!
07 އެޕްރީލު 2026

ރާއްޖެ އަށް ދެ ކިލޯ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފި

07 އެޕްރީލު 2026
ރާއްޖެ އަށް ދެ ކިލޯ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފި
07 އެޕްރީލު 2026

ނައުޝާދުގެ މަރު: ހުރީ ހަމައެކަނި ޤަރީނާތަކެއް، ދިފާއުން އުފައްދާ ޝައްކުތައް ދައުލަތަށް ނަފީކޮށް ނުދެވުނު!

07 އެޕްރީލު 2026
ނައުޝާދުގެ މަރު: ހުރީ ހަމައެކަނި ޤަރީނާތަކެއް، ދިފާއުން އުފައްދާ ޝައްކުތައް ދައުލަތަށް ނަފީކޮށް ނުދެވުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު