Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޝާ ޑޮކިއުމަންޓްރީ

އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި

18 ޖޫން 2026 | ބުރާސްފަތި 08:24

އަދަދު ނޫހުގެ އެޑިޓަރުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަނގަބަންދު އަމުރު އިސްތިއުނާފު ކުރުމަށް ހުސައިން ފިޔާޒް މޫސާ ހުށަހެޅި މައްސަލަ ހައިކޯޓުން މިހާރު ވަނީ ބަލައިގަނެފައި. މި މައްސަލައިގެ އަޑުއެހުން 2026 ޖޫން 29 އަށް ތާވަލުކޮށްފައިވާއިރު، މީގެ ކުރިން އެމްޖޭއޭ އިން ހުށަހެޅި މައްސަލަ ބޭރުކޮށްލީ ގާނޫނީ ހައިސިއްޔަތު ނެތް ކަމަށް ބުނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖޫން 2026 | ބުރާސްފަތި 08:24
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް | ހައި ކޯޓް

 

އަދަދު ނޫހުން ތައްޔާރުކޮށް ނެރުނު ޑޮކިއުމަންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރު ނުވަތަ އަނގަބަންދު އަމުރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ހައިކޯޓުން މިހާރު ނިންމާފައިވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހަށެވެ.

މި މައްސަލައަކީ އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއަކާ ގުޅިގެން، އެ ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށް ދައުވާ އުފުލައި، އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން މައުލޫމާތު ފެތުރުން މަނާކޮށް ނެރުނު އަމުރާ ގުޅޭ މައްސަލައެކެވެ. މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ދައުވާ ލިބޭ ހުސައިން ފިޔާޒް މޫސާގެ ފަރާތުންނެވެ.

މި އަމުރު ބާތިލުކުރުމަށް އެންމެ ފުރަތަމަ ހައިކޯޓަށް ހުށަހެޅީ ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ. ނަމަވެސް އެ ފަހަރު ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން އޭރު ނިންމި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ގެގް އަމުރު ނިސްބަތްވާ އަސްލު މައްސަލައިގައި ހިމެނޭ ޚަޞްމަކަށް އެމްޖޭއޭ ނުވާތީ، އެ ޖަމިއްޔާއަށް އެ އަމުރު އިސްތިއުނާފު ކުރުމުގެ ގާނޫނީ ހައިސިއްޔަތު ނެތް ކަމަށެވެ.

އެމްޖޭއޭ އިން ހުށަހެޅި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން، މި މައްސަލައިގައި ސީދާ ދައުވާ އުފުލާފައިވާ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ފަރާތުން މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން، ހައިކޯޓުން މިހާރު މި ވަނީ އެ މައްސަލަ ބަލައިގަނެ، މައްސަލަ ތާވަލުކޮށްފައެވެ.

މި މައްސަލައަކީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ކޯޓުން ނެރެފައިވާ މި އަމުރުގެ ސަބަބުން، ކަމާގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އަދަދު ނޫސްހުސައިން ފިޔާޒް މޫސާހައްސާން މުހައްމަދުހައި ކޯޓުކްރިމިނަލް ކޯޓްއެމްޖޭއޭ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

17 ޖޫން 2026

ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު

17 ޖޫން 2026
ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު
17 ޖޫން 2026

ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި

17 ޖޫން 2026
ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި
17 ޖޫން 2026

ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި

17 ޖޫން 2026
ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި
16 ޖޫން 2026

ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި

16 ޖޫން 2026
ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި
14 ޖޫން 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

14 ޖޫން 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ
14 ޖޫން 2026

އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ

14 ޖޫން 2026
އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ
14 ޖޫން 2026

މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފި، ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ

14 ޖޫން 2026
މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފި، ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ
13 ޖޫން 2026

މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް ސުހާ

13 ޖޫން 2026
މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް ސުހާ
11 ޖޫން 2026

ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ

11 ޖޫން 2026
ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ
11 ޖޫން 2026

ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!

11 ޖޫން 2026
ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް