Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ. ރަސްމާދޫ

ރަސްމާދޫގައި ގޯތި ދޫކުރުމަށް ބިމެއް ނެތް، ހައުސިންގ ޔުނިޓް މަޝްރޫއަށް ވާނުވާ ނޭނގޭ: ކައުންސިލްގެ ރައީސް އާސިފް

ރަސްމާދޫގައި ބިން ފުރިފައިވުމުގެ ސަބަބުން ގޯތި ދޫކުރުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ފްލެޓް އެޅުން ކަމަށް އެ ރަށު ކައުންސިލުންގެ ރައީސް އާސިފް ވިދާޅުވި. ރަށުގައި 50 ހައުސިންގ ޔުނިޓް އެޅުމަށް ރައީސް ވައުދުވެވަޑައިގެންފައިވީ ނަމަވެސް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 2 މެއި 2026 | ހޮނިހިރު 07:39
ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވާހަކަ ދައްކަވަނީ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރ. ރަސްމާދޫގައި ބަންޑާރަ ގޯތި ދޫކުރުމަށް ބިން ނެތް ކަމަށާއި، ހައުސިންގ ޔުނިޓް މަޝްރޫއަށް ވާނުވާ ނޭނގޭ ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އާސިފް ވިދާޅުވީ، އެރަށުގެ ބިން ފުރިފައިވާ ކަމަށާއި، ގޯތި ދޭނެ ބިން ނެތް ކަމަށެވެ.

މިހާރު ރަށުގައި އޮތް ބިން އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ކުރުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް އެބިން ތަކުގައި ފްލެޓު އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އާސިފް ވިދާޅުވީ 22 ޖެނުއަރީ 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގަންނަވާ ވަރަށް އަވަހަށް އެރަށުގައި ހައުސިންގ ޔުނިޓް މަޝްރޫއެއް ހިންގަވައިދެއްވާނޭ ކަމަށް ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް އެ މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ. 

އާސިފް ވިދާޅުވީ، އެރަށުގައި ބޯހިޔާވަހިކަމާއި، ބިމުގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި، މިމައްސަލައަށް އަވަސް ހަލެއް ބޭނުންވާ ކަމަށެވެ. 

ގޯތި އަސްލުގައި ދެވޭކަށް ނެތް. ގާތްގަނޑަކަށް މިހާރު ޕްލޭން ހެދިފައި އޮތް ގޮތުން 16 ވަރަކަށް ގޯތި މިދެވެން އިނީ. ބިން އަނެހެން އެއްކޮށް ފުރިފައި. ދެން އަޅުގަނޑުމެން ކައުންސިލްގެ ވިސްނުމެއް ނެތް ހަގީގަތުގައި ގޯތި ދިނުމެއް. ދެން އަސްލުގައި ބެލީ ފްލެޓު އަޅައިގެން ގިނަ ބަޔަކަށްވާނެ ގޮތަކަށް ބިންތައް ރަނގަޅު ގޮތުގައި ބޭނުން ކުރަން. ދެން އެގޮތުން 50 ހައުސިން ޔުނިޓް ގެ މަސައްކަތެއް މިސަރުކާރުން 2025 ވަނަ އަހަރު ފެބްރުއަރީ މަހު 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މިކޮޅަށް އައިސްފައި ދެންނެވި އެމަސައްކަތް ވެސް ކުރިއަށްދާނޭ. އޭރު ވެސް އަޅުގަނޑުމެން ވާނީ ބިން ދައްކާފައި. ބަޔަކާ ވެސް ހަވާލު ކުރެވިފައި އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ.  
ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް

ރަސްމާދޫ ހައުސިން މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އާސިފް ވިދާޅުވެފައިވާއިރު،  22 ޖެނުއަރީ 2025 ގައި ރައީސް މުއިއްޒު އެރަށަށް ވަޑައިގަންނަވައި ވިދާޅުވީ، 2025 ވަނަ އަހަރު ފާސްކޮށްގެން ތަންފީޒު ކުރާ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ އާ މަޝްރޫއުތަކުގައި ވެސް، މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމަށް ކަމަށެވެ.

އެހެންކަމުން ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ތެރެއިން، ރަސްމާދޫ ހައުސިން ޔުނިޓް މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިސްކަންދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ރ. ރަސްމާދޫމުހައްމަދު އާސިފްހައުސިން ޔުނިޓު މަޝްރޫޢުބޯހިޔާވަހިކަން

އިތުރަށް ކިޔާލަން

01 މެއި 2026

ރަސްމާދޫގެ ފެން ވަނީ ތަޣައްޔަރުވެފައި، މިދިޔަ ސަރުކާރުގައި %70 ނިންމާފައިވާ ފެނުގެ މަޝްރޫއު އަވަހަށް ނިންމަން ޖެހޭ: ކައުންސިލްގެ ރައީސް އާސިފް

01 މެއި 2026
ރަސްމާދޫގެ ފެން ވަނީ ތަޣައްޔަރުވެފައި، މިދިޔަ ސަރުކާރުގައި %70 ނިންމާފައިވާ ފެނުގެ މަޝްރޫއު އަވަހަށް ނިންމަން ޖެހޭ: ކައުންސިލްގެ ރައީސް އާސިފް
01 މެއި 2026

މިދިޔަ އަހަރުގެ މެއި މަހު ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުހިނގާ: ކައުންސިލް

01 މެއި 2026
މިދިޔަ އަހަރުގެ މެއި މަހު ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް ނުހިނގާ: ކައުންސިލް
28 އެޕްރީލު 2026

ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް

28 އެޕްރީލު 2026
ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް
26 އެޕްރީލު 2026

"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި

26 އެޕްރީލު 2026
"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި
23 އެޕްރީލު 2026

18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.

23 އެޕްރީލު 2026
 18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު