Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަން ރައީސް މުއިއްޒު އުފައްދަވައިފި

ބްރޯޑްކާސްޓަރުންނާއި ނޫސްތައް ޖޫރިމަނާ ކުރެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2025 | ހުކުރު 05:41
މީޑިއާ ކޮންޓްރޯލް ކުރާތީ ނޫސްވެރިން ބޭއްވި އިހުތިޖާޖު ކަވަރުކުރަން ހުރި ރާއްޖެޓީވީގެ ނޫސްވެރިޔާ އެ ސަރަހައްދުން ގަދަކަމުން ފުލުހުން ގެންދަނީ

މީޑިއާ ކޮންޓްރޯލް ކުރާތީ ނޫސްވެރިން ބޭއްވި އިހުތިޖާޖު ކަވަރުކުރަން ހުރި ރާއްޖެޓީވީގެ ނޫސްވެރިޔާ އެ ސަރަހައްދުން ގަދަކަމުން ފުލުހުން ގެންދަނީ

ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތަކާއި މަޖިލިސް މެންބަރުންނަށް އާމްދަނީ އާއި ނުބައްދަލު ފައިސާ ލިބެމުންދާތީ އެވާހަކަތައް އާންމުންނާއި ހަމައަށް ނުގެނެވޭ ގޮތަށް ހެދި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނުގެ ދަށުން ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.

މަޖިލީހުގެ ގަވާއިދާ ހިލާފަށް ޕީއެންސީގެ ސުޕަރމެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ހުށަހެޅި މީޑިއާ ކޮންޓްރޯލް ކުރާ ބިލު ފާސްކުރީ އަންގާރަ ދުވަހުއެވެ. މީޑިއާތައް ކޮންޓްރޯލް ކުރެއްވުމަކީ އެއްވެސް އިރެއްގައި ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވުމަށްފަހު، ސަރުކާރުގެ ވައްކަމުގެ ވާހަކަތައް ދައްކާ މީޑިއާތަކުގައި ތަޅު އަޅުވާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވީ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

މި ގާނޫނު ތަސްދީގު ކުރުމާއެކު ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ވަނީ އުވިފައެވެ. އަދި ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު" އާއި ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" ވެސް އުވިއްޖެއެވެ.

އަދި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނުގެ 4 ވަނަ މާއްދާއާއި އެއްގޮތަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސް މުއިއްޒު ވަނީ އުފައްދަވާފައެވެ.

މި ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ސަރުކާރުން އަންގައިގެން ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާއި، މީޑިއާތަކާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކޮށް، އެ ކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކުން ހިލާފުވި ހިލާފުވުން ބަލައި، މި ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅެއެވެ.

މި ގާނޫނުގައި ދޮގު މައުލޫމާތާއި ހަބަރު ނުފެތުރުން ހިމެނޭ އިރު، ދޮގު ހަބަރު ކަނޑައަޅަނީ މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނުންނެވެ. މި ކޮމިޝަން ވެގެންދަނީ މަޖިލީހުން ބޭނުންވެއްޖެ ހާލަތެއްގައި މެންބަރުން ވަކިކުރެވޭ ގޮތަށް ކޮމިޝަނުގެ މައްޗަށް ނުފޫޒު އޮންނަ ކޮމިޝަނެކެވެ.

މީގެ އިތުރުން އެކި ފަރާތްތަކުގެ އަމިއްލަ މަޢުލޫމާތު މީޑިއާގައި މަސައްކަތްކުރާ މީހުން ހޯދަންވާނީ މުޖުތަމަޢުގެ މަޞްލަޙަތެއް އެކަމުގައި ހިމެނޭ ކަމަށްވާނަމަ ކަމަށް ބުނެފައިވެއެވެ. އަދި އެފަދަ މަޢުލޫމާތު ހޯދުމުގައި އަދި ބޭނުންކުރުމުގައި އެ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށާއި، އެ ފަރާތުގެ އަމިއްލަ އަބުރަށާއި ގަދަރަށް އަބަދުމެ އިހުތިރާމް ކުރަންވާނެ ކަމަށް ގާނޫނުގައި ބުނެއެވެ.

މި ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަން މަޖުބޫރުވެގެންދެއެވެ. އެގޮތުން 53 ވަނަ މާއްދާގައި ބުނަނީ މި ޤާނޫނުގައި ބަޔާންވެގެންވާ ކަމަކާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ހޯދުމަށް ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ އިދާރާގައި ކޮމިޝަނުން އެދިއްޖެނަމަ، އެދުނު ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި، އެ ނޫހުގެ ނުވަތަ މަޖައްލާގެ މަސްއޫލުވެރިޔާ އެ މަޢުލޫމާތު ކޮމިޝަނަށް ދޭންވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ކޮމިޝަނުން އަމިއްލަ އިސް ނެގުމުގެ މަތިން މައްސަލަތައް ބެލުމާއި، ހެކިބަސް ނެގުމާއި، ގުޅުންހުރި ފަރާތްތައް ކޮމިޝަނަށް ހާޒިރުކުރުމާއި، ޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތައް ކޯޓު އަމުރެއްގެ ދަށުން ހޯދުމާއި، ބެލުމާއި، ބޭނުންވެއްޖެނަމަ، އެ ލިޔުންތައް ކޮމިޝަނަށް ގެނައުމުގެ ބާރުވެސް މި ކޮމިޝަނަށް ލިބިގެންވެއެވެ. އަދި ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތައް ހޯދުމަށާއި، ބެލުމަށާއި، ބޭނުންވެއްޖެނަމަ، އެ ލިޔުންތައް ކޮމިޝަނަށް ގެނައުމަށް ފުލުހުންގެ އެހީތެރިކަމަށް ކޮމިޝަނުން އެދެވިދާނެ ކަމަށް މި ގާނޫނުގައި ބުނެފައިވެއެވެ.

މި ގާނޫނުގައި ބުނެފައިވަނީ ސުލޫކީ މިންގަނޑުތަކާއި ހިލާފުވެއްޖެނަމަ 50،000 ރުފިޔާއާއި 250،000 ރުފިޔާއި ދެމެދުގެ އަދަދަކުން ބްރޯޑްކާސްޓަރު ޖޫރިމަނާކުރެވިދާނެއެވެ. އަދި ޕްރޮގްރާމްގެ ޝެޑިއުލްގެ ބައެއް ވަގުތީގޮތުން މެދުކަނޑާލުމަށް އެންގުމާއި، ލައިސަންސް ބާޠިލުކުރުމަށް ކޯޓަށް ހުށަހެޅުމަށްފަހު، ކޯޓުން ނިންމާ ގޮތެއްގެމަތިން ލައިސަންސް ބާޠިލުކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެއެވެ. އަދި މިކަމަށް 30 ދުވަހުގެ މުއްދަތެއްދީ އެ މުއްދަތުގައި ކޯޓުން ގޮތެއް ނިންމަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ނޫސް ނުވަތަ މަޖައްލާއަކުން މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާއައި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.

މި ގާނޫނުގެ ދަށުން ލިޔާ ލިޔުމެއްގެ ސަބަބުން ނޫސްވެރިޔާއަށް ފިޔަވަޅުއެޅެއެވެ. އަދި މި ގާނޫނުގެ ދަށުން ހަބަރުގެ ތެދު ދޮގު ކަނޑައެޅުމުގެ ބާރު ސީދާ ކޮމިޝަނަށް ލިބިގެންވާއިރު، ކޮމިޝަނުން ބޭއްނުންވެއްޖެނަމަ ތެދު ދޮގަކަށް ހަދައި އަދި ދޮގު ތެދަކަށް ހެދުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.

ރައީސް މުއިއްޒުމީޑިއާ ކޮންޓްރޯލްމީޑިއާ ކޮމިޝަންނޫސްވެރިކަންމަޖިލީސްކޮރަޕްޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު