Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މީޑިއާގެ އަޑަކީ މުޅި ގައުމެވެ. އެ އަޑު މަރާލައި ކަފުން ކުރުމަކީ މުޅި ގައުމު މަރާލައި ކަފުން ކުރުމެވެ.

މިނިވަން ނޫސްވެރިކަމުގެ ހުވަފެން ދައްކާފައި، ވެރިކަމަށް އައުމަށްފަހު ނޫސްވެރިންގެ އަޑު ކަނޑުވާލަން މަސައްކަތްކުރާ ވެރިކަމެއް މިއީ. ނޫސްވެރިންނަކީ ގައުމުގެ އަޑު ކަމަށްވާއިރު، އެ އަޑު މަރާލުމަކީ މުޅި ގައުމުގެ އަޑު މަރާލުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 11:45
ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ބައެއް ނޫސްވެރިން ދައްކުވައިދޭ ފޮޓޯއެއް: މީޑިއާގެ އަޑަކީ މުޅި ގައުމުގެ އަޑުކަމަށް ގައުމުގެ ރައްޔިތުން ދަނީ ބުނަމުން

ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ބައެއް ނޫސްވެރިން ދައްކުވައިދޭ ފޮޓޯއެއް: މީޑިއާގެ އަޑަކީ މުޅި ގައުމުގެ އަޑުކަމަށް ގައުމުގެ ރައްޔިތުން ދަނީ ބުނަމުން

ނޫސްވެރިންނަކީ ގައުމެއްގެ ރައްޔިތުން އެންމެ އިތުބާރު ކުރާ މައުލޫމާތު ހޯދުމާއި ހިއްސާ ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަމުން އަންނަ ފަރާތެވެ. ނޫސްވެރިކަމަކީ ޚަބަރާއި މަޢުލޫމާތު އެއްކުރުމާއި، ވަޒަންކުރުމާއި، އުފެއްދުމާއި، ހުށަހެޅުމުގެ ޙަރަކާތެވެ.

ނޫސްވެރިކަން އެހެން ހަރަކާތްތަކާއި އުފެއްދުންތަކާ ތަފާތުކުރެވޭނީ ވަކި ސިފަތަކާއި އުސޫލުތަކުންނެވެ. ގިނަ ފަހަރަށް ނޫސް ރިޕޯޓަރުން މަސައްކަތް ކުރަން ޖެހެނީ ހަރުކަށި ސުންގަޑިތަކެއްގެ ދަށުން ކަމަށް ވާއިރު، ފުޅާ ދާއިރާއެއްގައި މައުޟޫއުތަކެއް ރިޕޯޓް ކުރެވޭނެ ގޮތަކަށްކަން ފަހަރުގައި ބަލަން އަދި ކިޔަން ތިބޭ ފަރާތްތަކަށް ވަޒަންކޮށް ފަހުމު ނުކުރެވިދާނެ އެވެ.

ކަން މިހެން ހުރުމާއެކު ގައުމުގެ ވެރިޔަކަށް ހުންނަ ރައީސް، ނޫސްވެރިންނަށް މިނިވަން ނޫސްވެރިކަމުގެ ހުވަފެން ދައްކައި ވެރިކަމަށް އައުމުން ނޫސްވެރިން ތިބޭނީ އުފަލުންތާއެވެ. އެގޮތުން ފެހި ޤާނޫނު އަސާސީ އާއެކު ނޫސްވެރިން ކުރަމުން އައި މަސައްކަތަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ލިބުނު އައު އުއްމީދުތަކާއި އެކު ހަގީގީ މާނަައިގައި އެކަންކަން ތަންފީޒުކުރެވި ނޫސްވެރިން ބާރުވެރިކުރުވާނެ ވެރިއަކަށް ރައީސް މުހައްމަދު މުއިއްޒު ވާނެ ކަމުގެ ފުރިހަމަ އުއްމީދު ނޫސްވެރިން ކުރީ އެ ނޫސްވެރިންނަށް ދިން ފެހި ސިގްނަލާއެކު އެވެ.

ނަމަވެސް ވެރިކަމުގެ އާރާ ބާރު ހަގީގީ މާނައިގައި ރައީސް މުއިއްޒަށް ލިބިވަޑައިގެންނެވުމުން ނޫސްވެރިންނަށް ދިން މިިނިވަން ނޫސްވެރިކަމުގެ ފެހި ސިގްނަލް ރަތަށް ބަދަލުވެގެން ދިޔައެވެ. ނޫސްވެރިންނަށް ދުލާއި ޤަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއްކަމަށް ބުނެ ވައުދު ވުމަށް ފަހުގަ އެވެ.

ނޫސްވެރިންގެ ޒިންމާ އަދާކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުންދޭނެކަމުގައި ބުނަމުން އައި ވެރިކަމުގައި ނޫސްވެރިން ދަތި އަޅުވާ ވައްޓާ ނޫސްތައް ޖޫރިމަނާކޮށް ނުވީތާކަށް ނޫސްތަކުގެ ރަޖިސްޓްރީ ކެންސަލްކޮށް ބަންދުކުރެވޭ ގޮތަށް ވެސް ބިލެއް ފަރުމާކޮށް ރައީސް މުހައްމަދު މުއިއްޒުގެ އަމުރަށް މަޖިލީހަށް ހުށަހެޅީ އެވެ. ނޫސްވެރިންގެ ގަލަމާ ދުލުގައި ތަޅު އަޅުވާ ނުވީތާކަށް އެ ނޫސްވެރިންގެ އަތްފައިގައި ބިޑި އަޅުވާނެ ކަމުގެ އިންޒާރުވެސް ދެމުންނެވެ.

މީޑިޔާ ރެގިއުޅޭޓު ކުރުމުގެ ނަމުގައި މަޖިލީހަށް 52 ސަފްހާގެ ބިލެއް ހުށަހަޅައިގެން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން އެމަނިކުފާނުގެ މުށުތެރެއަށް ލައްވަން ގަދައަޅައި ދަނީ މަސައްކަތް ކުރައްވަމުންނެވެ

ރިޔާސީ ނިޒާމަކުން ތިން ބާރު ވަކިވެފައި އޮތް ވެރިކަމެއްގެ ދިމިގްރާތީ ހުރިހާ ސިފައެއް ވަޅުޖައްސާލުމަށް ފަހު ތިން ބާރު އަތުގެ މުލައްދަނޑިއަށް ނަގާ ބާރުކޮށްލުމަށް ފަހު ޑިމޮކްރެސީގައި ހަަތަރު ވަނަ ބާރުކަމަށް ވާ ނޫސްވެރިކަން ވެސް މުލައްދަނޑީގެ ބާރުން ކޮންޓްރޯލު ކުރަން ރައީސް މުއިއްޒު އެ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ރައީސް މުއިއްޒަކީ ރައްޔިތުންގެ ބާރުވެރިކަމާ އެކު ވެރިކަން ކުރައްވާނެކަމުގެ ވައުދާއެކު ވަޑައިގެންނެވި ވެރިއެއް ނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބުމާ އެކު ފެންނަން ފެށީ ގައުމުގެ ހުރިހާ މިނިވަން މުއައްސަސާތަކަށްވެސް ބާރު ފޯރުވަން ގާނޫނުތަކަށް ބަދަލު ގެނައި މަންޒަރެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި ކޯޓުތައް ވެސް އެމަނިކުފާނުގެ ބާރުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

މުޅި އޮޑީގައި ހަސަނު ދެފައޭ ބުނާ އުސޫލުން މުޅި ސަރުކާރުގެ ބާރުތައް ރައީސް މުއިއްޒުއަށް ދިނުމަށް ފަހު ސަރުކާރު ތެރެއިން ވައްކަމާ ކޮރަޕްޝަން މެކުހަށް ޖެހިއެވެ. ރޯމާ ދުވާލުވެސް ފާޅުގައި ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް ރައްޔިތުންގެ ބިމުންނާ ރައްޔިތުންގެ ފްލެޓުތަކުންނާ މިހެން ގޮސް ވައްކަން ނުކުރާކަށް ދިމާއެއް ނެތެވެ.

އަދުލު އިންސާފު ވަލު ދޮރާށިން ނިކުމެގެެން ގޮސް ގައުމުގައި އިންސާފާ ހަމަ ގެއްލި ރައްޔިތުންނަށް ހައްގު މިންވަރު ނުލިބެއެވެ. މިއީ ގައުމުގެ ހާލަތު ހުރި ގޮތް ކަމަށް ވާއިރު މި ވާހަކަތައް ރައްޔިތުންނާ ހަމައަށް ތިލަ ކޮށްދެނީ ނޫސްވެރިން ކަމަށްވެފައި އެ ނޫސްވެރިންނަކީ ނުފޫޒުން އެއްކިބާވެ މިނިވަން ޒިންމާދާ ނޫސްވެރިކަމެއް ކުރާ ބަޔަކަށް ވުމަކީ ލާޒިމުކަމެވެ.

އެހެން ނަމަވެސް ތިމަ ތިމާމެން ހިތް އެދޭ ގޮތަށް ޚަބަރާ މައުލޫމާތު ގެނެސްދިނުމަކީ އެއީ އަދި ނޫސްވެރިކަމުގެ މިނިވަންކަން ޖަހައިގަންނަން ޖެހޭ ސަބަބެއް ވެސް ނުމެ ނޫންމެއެވެ. ދަރިފުޅު ވޭޕް ބޭނުންކުރުމުން ވޭޕް މަނާކުރި ވާހަކަ އާއި ދޮން ދަރި ބެލްކަންޏަކުން ވެއްޓުނުކަމަށް ބުނާ ހާދިސާތަކުގެ ވާހަތަކާއި ސަރުކާރުގެ ބޮޑެތި ވައްކަމާއި ކޮރަޕްޝަނުގެ ވާކަތަށް ރައްޔިތުންނަށް ތިލަކޮށްދިނުމަކީ ވަކި ވަކި ނޫސްވެރިން ވެރިންގެ ޓާގެޓަކަށް ހަދަންވެސް ޖެހޭ ސަބަބެއް ނޫނެވެ. ގައުމުގެ ހާލަތުގެ ވާހަކަތައް މީޑިއާ ވެރިން ގެނެސްދޭނެ އެވެ. އެކަން ކުރަންވެސް ޖެހެ އެވެ.

ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވާއިރު އެ ރައްޔިތުންގެ އަޑު އިއްވާ ބަޔަކީ ނޫސްވެރިންނެވެ. އެ ރައްޔިތުންގެ އަޑު އިއްވަން ދެން އޮތް މުއައްސަސާ ގަނެލައިގެން ހުންނެވި ރައީސަކަށް އެ ރައްޔިތުންގެ އަޑު ގާތުން އިއްވުމަށް ދެން ތިބޭނެ ބަޔަކީ ނޫސްވެރިންނަށްވާއިރު، ބޭނުންފުޅުވަނީ މީޑިއާތަކުގެ އަޑު ކަނޑުވާލުމަށެވެ.

މަނިކުފާނެވެ. ވަރަށް ސާފުކޮށް ތިލަކޮށް ބުންނަންޏާ ތިޔަ މަކަރުވެރިކަމުން ނޫސްވެރިންގެ އަޑު ކަނޑުވާލައިފި ނަމަ ސަރުކާރު ވެސް ހުއްޓިގެންދާނެ އެވެ. ނޫސްވެރިންގެ އަޑަކީ މުޅި ގައުމުގެ އަޑެވެ. އެ އަޑު ކަނޑުވާލީމާ ކެނޑޭނީ މުޅި ގައުމުގެ އަޑެވެ.

ރައީސް މުހައްމަދު މުއިއްޒުނޫސްވެރިކަންމިނިވަން މީޑިއާކޮރަޕްޝަން ނޫސްވެރިންގެ ޙައްޤުތައްމީޑިއާ ރެގިއުލޭޝަންދުލާއި ގަލަމުގެ މިނިވަންކަންޑިމޮކްރަސީމިނިވަން މުއައްސަސާތައް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު