Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީޑިއާ އެހީގެ އުސޫލު

އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އާއްމުކޮށްފި

މި އަހަރު ދައުލަތު ގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ އެއީ ބަޖެޓުގެ އަންދާޒާ ކުރާ އާމްދަނީ ގެ 0.1 ޕަސެންޓު. މީޑިއާތަކަށް ދައުލަތުން މާލީ އޭހީދޭނެ އުސޫލު މީ ގެ ކުރިން އެކުލަވާލީ ޔޫތު މިނިސްޓްރީން. އާ އުސޫލު އެކުލަވާލީ އަލަށް އުފެއްދި މޯލްޑިވިސް މީޑިއާ ކޮމިޝަނުން.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ޑިސެމްބަރު 2025 | ބުރާސްފަތި 14:22
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ. އަލަށް އެކުލަވާލި ކޮމިޝަން އެކުލަވާލީ ވެސް މިޑިއާތަކުގެ މާބޮޑު ހިއްސާ އެއް ނެތި.

މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ. އަލަށް އެކުލަވާލި ކޮމިޝަން އެކުލަވާލީ ވެސް މިޑިއާތަކުގެ މާބޮޑު ހިއްސާ އެއް ނެތި.

އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އާއްމުކޮށްފި އެވެ.

ބުރާސްފަތި ދުވަހު އާއްމު ކުރި އާ އުސޫލުގައި ބުނެފައި ވަނީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ އަހަރު ދުވަސްވެފައިވާ ހުރިހާ މީޑިއާއަކަށް އެހީދިނުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީޑިއާތަކަށް ދައުލަތުން މާލީ އޭހީދޭނެ އުސޫލު މީގެ ކުރިން އެކުލަވާލީ ޔޫތު މިނިސްޓްރީންނެވެ. އެ އުސޫލުގައި ހިމަނާފައި ވަނީ ފަހަރެއް ގެ މަތިން ފައިސާ ދޫކުރާ ގޮތަށެވެ. އޭރު އެ ވުޒާރާ އިން އެކުލަވާލި އުސޫލުގައިވާ ގޮތުން އެހީ ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާތާ 3 އަހަރުވެފައިވާ މީޑިއާ އަކަށް ވުން ހިމެނެ އެވެ.

30 އޮކްޓޯބަރ 2025ގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ނިންމި ނަމަވެސް އެކަން އިއުލާން ކުރިތާ 24 ގަޑި އިރު ނުވަނީސް އެ ނިންމުން ކެންސަލްކޮށްފައި ވެ އެވެ. އޭރު އުސޫލު އެކުލަވާލި ގޮތަށް ބަލާ އިރު  މީޑިއާތަކަށް ފަންޑު ދޭން ނިންމި ޔޫތް މިނިސްޓްރީ ގެ ވަޒީރު، އިބްރާހިމް ވަހީދު ގެ  މަސްލަހަތު ހިމެނޭ މީޑިއާ އަށް އެންމެ ގިނައިން ފައިސާ ލިބޭ ގޮތަށް ނިންމާފައިވެ އެވެ. 

މީ ގެ އިތުރުން ގްރާންޓް ދިނުމު ގެ ޕްރޮސެސްގައި އުޅުއްވި ސްޓޭޓް މިނިސްޓަރު އަލީ ޝަމާން ހިންގަވާ އެއް އައުޓްލެޓަކަށް 1.34 މިލިއަން ރުފިޔާ ދިނުމަކީ މި މަރުހަލާ އާއި މެދު ސުވާލު އުފެދުނު އަނެއް ސަބަބެވެ.  ހަމައެހެންމެ ފައިސާ ލިބޭ މީޑިއާ ގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަރަބި ބަހުން ނެރުއްވާ މާލްދީފް އޮންލައިން ވެސް ހިމެނެ އެވެ. އެހެންކަމުން އެ އުސޫލު އޭރު އުވާލީ އާއްމުން ގެ ފަރާތުން ކުރިމަތިވި އިންތިހާ ފާޑުކިޔުންތަކަށް ފަހުގަ އެވެ. 

އާ އުސޫލުގައި އެހީ ލިބުމުގެ އެއް ޝަރުތަކީ ޖެނުއަރީ 2024 އިން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް އާއި އެކު މެދުކެނޑުމެއް ނެތި ހިންގާ ތަނަކަށް ވުމެވެ. މާކްސް ދިނުމުގައި ބަލަން ހަމަޖެހިފައި ވަނީ މީޑިއާ ގެ އުމުރާއި، މުވައްޒަފުން ގެ އަދަދު ހިމެނެ އެވެ.

މީޑިއާތަކަށް ފައިސާ ދޭ އުސޫލު
މީޑިއާތަކަށް ފައިސާ ދޭ އުސޫލު

އާ އުސޫލުގައި މީޑިއާ ހައުސް ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ބަލާ މާރކްސް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި  އިދާރީ މަސައްކަތްތައް ހަރުދަނާ ކުރުމާއި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން ކުރާ މަސައްކަތު ގެ އިތުރުން ޕަބްލިކް ސާވިސް ކޮންޓެންޓު ގެ ދާއިރާ އިން ކޮންމެ ދާއިރާ އަކުން 5 މާކްސް ދިނުމަށް ހަމަޖެހިފައި ވެ އެވެ.

މި އަހަރު ދައުލަތު ގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ އެއީ ބަޖެޓު ގެ އަންދާޒާ ކުރާ އާމްދަނީ ގެ 0.1 ޕަސެންޓެވެ.

މީޑިއާޔޫތު މިނިސްޓްރީމާލީ އެހީތެރިކަންމޯލްޑިވްސް މީޑިއާ ކޮމިޝަންނޫސްވެރިން

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފައިސާ ދީ ޚަލާސްކޮށްފައިވާ ކަމަށް ބުނެ އެންސްޕާ އިން ދޮގުހަދައިފި

02 ޑިސެމްބަރު 2025
ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފައިސާ ދީ ޚަލާސްކޮށްފައިވާ ކަމަށް ބުނެ އެންސްޕާ އިން ދޮގުހަދައިފި
02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
29 ނޮވެމްބަރު 2025

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި
31 އޮކްޓޯބަރު 2025

ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން ތިބީ އަޅުވެތި ކޮށްފައި، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތިވެއްޖެ: ޔާމީން

31 އޮކްޓޯބަރު 2025
ކުކުޅު ކޮށްޓަށް ކާއެތިކޮޅު އަޅާންހެން ކާންދީގެން މަޖިލިސް މެންބަރުން ތިބީ އަޅުވެތި ކޮށްފައި، ފައިސާ ދީގެން މީޑިއާ ވެސް އަޅުވެތިވެއްޖެ: ޔާމީން
31 އޮކްޓޯބަރު 2025

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025
ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު