Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު"ފީފާ ދަ ބެސްޓް" އެވޯޑް

މިފަހަރުވެސް "ފީފާ ދަ ބެސްޓް" އަށް ވާދަކުރަނީ ރޮނާލްޑޯއާއި މެސީ އަދި ނޭމާ

23 ސެޕްޓެމްބަރު 2017 | ހޮނިހިރު 03:40

މި ތިން ކުޅުންތެރިންވަނީ މީގެ ކުރިންވެސް މި އެވޯޑަށް ވާދަކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 03:40
މި އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން

މި އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ތިން ކުޅުންތެރިން އިއުލާނު ކޮށްފިއެވެ.

ފީފާއިން ވަނީ މީގެކުރިން މި އެވޯޑަށް ވާދަ ކުރާ 23 ކުޅުންތެރިންގެ ލިސްޓެެއް އިއުލާނު ކޮށްފައެވެ. އެހެނަސް ހުކުރު ދުވަހު އެ އިދާރާއިން އިއުލާނު ކޮށްފައިވަނީ މި 23 ކުޅުންތެރިންގެ ތެރެއިން މި އެވޯޑަށް ވާދަކުރާ ފައިނަލް ތިން ކުޅުންތެރިންނެވެ.

މިއަހަރުގެ އެވޯޑަށް ވެސް ވާދަކުރަނީ 2015 ވަނަ އަހަރުވެސް މި އެވޯޑަށް ވާދަކުރި ތިން ކުޅުންތެރިންނެވެ. އެގޮތުން މިދިޔަ އަހަރުވެސް މި އެވޯޑު ކާމިޔާބު ކުރި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ އިތުރުން ނޮމިނޭޓްވެފައި ވަނީ ހަމަ އެ ޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު ނޭމާއެވެ.

ރިޕޯޓުތައް ބުނާގޮތުން މި އަހަރު ވެސް މި އެވޯޑު ހޯދާނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާވަނީ މިދިޔަ ސީޒަނުގައި ރެއާލްއާއެކު ސްޕެނިޝް ލަލީގާ އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އޭނާއާ ވާދަކުރާ ދެ ކުޅުންތެރިން ކަމަށްވާ ނޭމާ އަދި މެސީއަށް ކާމިޔާބު ކުރެވިފައިވަނީ ސްޕެނިޝް ކޮޕާ ޑެލްރޭއެވެ.

ފީފާއިން ވަނީ ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރަށް ވާދަކުރާ ކުޅުންތެރިން ވެސް އިއުލާނު ކޮށްފައެވެ. އެގޮތުން މި އެވޯޑަށް މިފަހަރު ވާދަކުރާނީ ބަޔާން މިއުނިކްގެ މެނުއެލް ނޯޔާ އާއި ޖުވެންޓަސްގެ ޖިއަންލުއީޖީ ބުފަންގެ އިތުރުން ރެއާލް މެޑްރިޑްގެ ކޭލާ ނަވާސްއެވެ.

ފީފާއިން ވަނީ އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން ވެސް އިއުލާނު ކޮށްފައެވެ. މިއަހަރު މި އެވޯޑަށް ވާދަކުރަނީ އެމެރިކާގެ ކާލީ ލިއޮޑްއާއި ވެނެޒުއޭލާގެ ޑޭނާ ކަސްޓަލޯނާސްގެ އިތުރުން ބާސާ އަދި ނެދަލޭންޑްސްގެ ލިއެކޭ މާޓިންސްއެވެ.

ފީފާގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަ ކުރަނީ ރެއާލްއަށް ޗެމްޕިއަންސް ލީގު އަދި ލަލީގާ ކާމިޔާބު ކޮށްދިން ޒައިނުއްދީން ޒިދާންއާއި ޖުވެންޓަސްއަށް އިޓަލީގެ ލީގާއި ކޮޕާ ޑެ އިޓާލިއާ ކާމިޔާބު ކޮށްދިން މަސިމޯ އަލެގްރީގެ އިތުރުން ޗެލްސީއަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިން އެންޓޯނިއޯ ކޮންޓޭއެވެ.

މި އެވޯޑުތަކަށް ހޮވޭ ފަރާތްތަށް އިއުލާނު ކުރެވިގެން ދާނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ލަންޑަންގައި ބޭއްވޭ ހަފްލާއެއްގައެވެ.

އިތުރަށް ކިޔާލަން

10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
08 މެއި 2017

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

08 މެއި 2017
ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި
04 މެއި 2017

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

04 މެއި 2017
ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް
30 އެޕްރީލު 2017

ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

30 އެޕްރީލު 2017
ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި
19 އެޕްރީލު 2017

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ

19 އެޕްރީލު 2017
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ
06 އެޕްރީލު 2017

ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް

06 އެޕްރީލު 2017
ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް
07 މާރިޗު 2017

އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ

07 މާރިޗު 2017
އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް