Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސޮލިޑާރިޓީ ގޭމްސް

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ

ރާއްޖެއިން ބައިވެރިވަނީ 5 ކުޅިވަރުން 15 އެތުލީޓުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 19 އެޕްރީލު 2017 | ބުދަ 13:38
މިދިޔަ އަހަރު ބޭއްވި އޮލިމްޕިކް ގޭމްސްގައި ބައިވެރިިވި ދިވެހި އެތުލީޓުން

މިދިޔަ އަހަރު ބޭއްވި އޮލިމްޕިކް ގޭމްސްގައި ބައިވެރިިވި ދިވެހި އެތުލީޓުން

އަޒަރްބައިޖާންގެ ބަކޫގައި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖޭގެ ފަސް ކުޅިވަރަކުން ޖުމްލަ 15 އެތުލީޓުން ބައިވެރިވާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ބުނެފިއެވެ.

ރާއްޖެއިން މި ގޭމްސްގައި ބައިވެރިވާ ފަސް ކުޅިވަރަކީ ސްވިމިންގ، ޓޭބަލް ޓެނިސް، ޓެނިސް، އެތުލެޓިކްސް އަދި ޝޫޓިން އެވެ.

ޖުމްލަ 15 އެތުލީޓުން ހިމެނޭ މި ޑެލިގޭޓްގެ ޗެފް ޑެ މިޝަންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސައީދު މުހައްމަދެވެ. އަދި ޑެޕިއުޓީ ޗެފް ޑެ މިޝަންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯ މެމްބަރު މުއުމިނާ އާދަމެވެ.

މީގެ އިތުރުން މިފަހަރުގެ ގޭމްސްގެ މެޑިކަލް އޮފިސަރަކަށް ހަމަޖައްސާފައި ވަނީ ގިނަ ގޭމްސްތަކެއްގައި އެ މަގާމު ފުރާފައިވާ މަޝްހޫރު ޑޮކްޓަރ މުހައްމަދު ފަޔާޒް ރިޒާ އެވެ. މުބާރާތުގެ ޗެފް ޑެ މިޝަންގެ ދެ ބޭފުޅުން ގޭމްސްއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހު ކަމަށް އޮލިމްޕިކް ކޮމެޓީން މައުލޫމާތުދެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނީ މި މަގާމުތަކަށް މީހުން ހޮވާފައި ވަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވި އެމްއޯސީގެ 2 ވަނަ އެގްޒެގެޓިވް ކޮމެޓީގެ ބައްދަލުވުމުގައި ކަމަށެވެ.

މިއަހަރުގެ ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 12 އިން 22 ގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
19 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް

19 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް
19 މާރިޗު 2017

ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި

19 މާރިޗު 2017
ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި
14 މާރިޗު 2017

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު