Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކްސް

އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ

ސާއިދު ވަނީ އޮލިމްޕިކްސް އިން ވެސް ރަނގަޅު ކާމިޔާބެއް ހޯދާފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 7 މާރިޗު 2017 | އަންގާރަ 17:55
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

އޭޝިޔާގެ އެންމެ ބާރު ދުވުންވެރިން ވާދަކުރާ އޭޝިއަން ގްރޭންޑް ޕްރިކްސްއިން ރާއްޖޭގެ އެންމެ ބާރު ދުވުންވެރިޔާ ހަސަން ސާއިދަށް ފުރުސަތު ލިބިއްޖެ އެވެ.

މިމުބާރާތަށް އެތްލީޓުން ހޮވަނީ އޭޝިއަން އެތްލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން އެތްލީޓުން ބައިނަލްއަގްވާމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީއަށް ބެލުމަށްފަހު އެވެ. މިއީ ދިވެހި ރާއްޖޭގެ ތާރީހުގައި ވެސް އޭޝިއަން ގްރޭޑް ޕްރިކްސް އެތްލެޓިސް މުބާރާތަށް ދިވެހި އެތްލީޓަކު ހޮވުނު ފުރަތަމަ ފަހަރެވެ.

ތިން ލެގަކަށް ބަހާލައިގެން އަންނަ އޭޕްރީލް މަހު ޗައިނާއާއި ޓައިޕޭގައި އޮންނަ އޭޝިއަން ގްރޯން ޕްރީއަކީ އޭޝިޔާގެ އެންމެ ބާރު ދުވުންތެރިން ހޮވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގައި އޭޝިއާގައި މިވަގުތު އެންމެ ފާހަގަ ކޮށްލެވޭ ދުވުންތެރިން ދުވާނެއެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެއް ތަމްރީން ސެންޓަރު ކަމަށްވާ ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި 2012 ވަނަ އަހަރުން ފެށިގެން ތަމްރީން ހަދަމުން އަންނަ ސާއިދަށް މި ސެންޓަރުން ފުރަތަމަ ފުރުސަތު ހޯދައި ދިނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީންނެވެ. އެއަށް ފަހު ވޭތުވެދިޔަ ހަތަރު އަހަރު އޭނާ ތަމްރީންތައް ފުރިހަމަކޮށްފައި ވަނީ އައި.އޭ.އޭ.އެފްގެ ސްކޮލަޝިޕްގެ ތެރެއިންނެވެ.

އެތްލެޓިކްސް އިން ގައުމީ ގިނަ ރެކޯޑުތަކެއް އާކޮށްފައިވާ ސާއިދު ވަނީ ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދީ އެ ގޭމްސްގެ 200 މީޓަރު ދުވުމުންނާއި މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގެ ޕްރިލިމިނަރީ ބުރު ފަހަނަ އަޅައި އެއްވަނަ ބުރުގައި މިދިޔަ އަހަރު ސާއިދު ވަނީ ވާދަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި
16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް ދަތުރުކޮށްފި

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް ދަތުރުކޮށްފި
02 މެއި 2017

އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ

02 މެއި 2017
އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ
30 އެޕްރީލު 2017

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

30 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު
19 އެޕްރީލު 2017

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ

19 އެޕްރީލު 2017
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު