Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ބީޗް ސޮކާ 2017

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

މުބާރާތުގެ ގޯލްޑެން ބޯލް ލިބުނީ އިރާންގެ މުހައްމަދު އަހްމަދްޒާދީ އަށް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 8 މެއި 2017 | ހޯމަ 04:16
ބްރެޒިލް އިން މުބާރާތުގެ ތަށި އުފުލާލަނީ

ބްރެޒިލް އިން މުބާރާތުގެ ތަށި އުފުލާލަނީ

ފީފާ ބީޗް ސޮކާ 2017 ގައި ޓަހިޓީ ބަލިކުރުމަށްފަހު، ބްރެޒިލް އިން މުބާރާތުގެ ތަށި ފަސްވަނަ ފަހަރަށް އުފުލާލައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ޓަހިޓީއާ ވާދަކޮށް ބްރެޒިލް އިން މެޗު ކާމިޔާބުކުރީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ބަހާމަސްގައި ޖުމްލަ 3،500 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗު ފެށިގެން 14 ވަނަ ސިކުންތުގައި ބްރެޒިލް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަރަސިނިއޯ އެވެ.

މި ލަނޑަށްފަހުވެސް ބްރެޒިލް އިން ދިޔައީ ޓަހިޓީގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން 6 ވަނަ މިނެޓުގައި މަރަސިނިއޯގެ އެހީތެރިކަމާއެކު ޑަޗިނިއާ ކާމިޔާބުކުރި ލަނޑުން ބްރެޒިލް އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.

ބްރެޒިލް އިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 17 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި މަރަސިނިއޯ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޑަޗިނިއާގެ އެހީތެރިކަމާއެކުގައެވެ.

ބްރެޒިލްގެ ހަތަރުވަނަ ލަނޑު 29 ވަނަ މިނެޓުގައި ޑަޓީނާ ކާމިޔާބުކުރިއިރު، ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 31 ވަނަ މިނެޓުގައި ޑެނިއަލްއެވެ. އޭގެ ދެ މިނެޓުފަހުން ޑެނިއަލް ވަނީ ބްރެޒިލްގެ ހަވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ އިޓަލީއާ ވާދަކޮށް 3-5 ގެ ނަތީޖާއަކުން ކުރިހޯދައިގެން އިޓަލީއެވެ. އިރާން ހޯދި މި ކާމިޔާބީއަކީ އޭޝިއާ ޓީމެއް މުބާރާތުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މުބާރާތުގެ ގޯލްޑެން ބޯލް އިރާންގެ މުހައްމަދު އަހްމަދްޒާދީ އަށް ލިބުނު އިރު، ސިލްވާ ބޯލް ލިބުނީ ބްރެޒިލްގެ މަރުސީނިއޯ އަށެވެ. އަދި ބްރޯންޒް ބޯލް ލިބުނީ ބްރެޒިލްގެ ޑަޗިނިއާ އަށެވެ.

މުބާރާތުގެ ގޯލްޑެން ސްކޯރާއަކަށް އިޓަލީގެ ގެބްރިއެލް ގޯރީ ހޮވުނުއިރު، ގޯލްޑެން ގްލޯވް ލިބުނީ އިރާންގެ ފޭމަން ހުސެއިނީ އަށެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ބްރެޒިލް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް

ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް

06 އެޕްރީލު 2017
ގައުމީ ބީޗް ވޮލީ ޓީމު ތައިލެންޑަށް ފުރައިފި

ގައުމީ ބީޗް ވޮލީ ޓީމު ތައިލެންޑަށް ފުރައިފި

04 އެޕްރީލު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު