Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ރޭންކިން

ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް

އިންޑިއާ ވަނީ ރޭންކިންގައި ދުނިޔޭގެ 101 ވަނަ އަށް ޖެހިލާފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 16:29
ރާއްޖޭ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު

ރާއްޖޭ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު

ފީފާ ކޮކާކޯލާ ރޭންކިންގްގައި ދިވެހި ރާއްޖެ 11 ދަރަޖަ ފަހަތަށް ވެއްޓުނުއިރު، އިންޑިއާ 31 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފި އެވެ.

ބުރާސްފަތި ދުވަހު ނެރުނު ފީފާ ރޭންކިންގްގައި ރާއްޖެއަށް 151 ވަނައިގައި އޮތް އިރު، އިންޑިއާ ވަނީ 101 ވަނަ އަށް ޖެހިލާފައެވެ.

އިންޑިއާގެ މި ކުރިއެރުމަކީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ފަހަކަށް އައިސް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ. އިންޑިއާ ދުނިޔޭގެ ރޭންކިންގައި އެންމެ އުހަށް ގޮސްފައިވަނީ 1996 ވަނަ އަހަރެވެ. އެފަހަރު އެގައުމު ވަނީ ދުނިޔޭގެ 94 ވަނަ މަގާމު ހޯދާފައެވެ.

ރޭންކިންގައި ރާއްޖެ 11 ދަރަޖަ ފަހަތަށް ވެއްޓިފައިވާއިރު، އޭޝިއާ ސަރަހައްދުގައި ރާއްޖެއަށް ލިބިފައިވަނީ 27 ވަނަ އެވެ. އެހެންނަމަވެސް އިންޑިއާ ވަނީ އެގައުމު ހޯދި ބޮޑު ކުރިއެރުމާއެކު އޭޝިއާގެ 11 ވަނަ މަގާމަށް ޖެހިލާފައެވެ.

ސަރަހައްދުގެ އެއްވަނަ އިންޑިއާ އަށް ލިބުނުއިރު، ދެވަނަ ލިބުނީ ރާއްޖެއަށެވެ. ތިންވަނަ ލިބުނީ ދުނިޔޭގެ 164 ވަނައިގައި އޮތް ބޫޓާނަށެވެ. އެޓީމު ވަނީ ރޭންކިންގައި 13 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. ހަތަރުވަނަ 170 ވަނައާ އެކު ނޭޕާލްއަށް ލިބުނުއިރު، ފަސްވަނަ ލިބުނީ ފަސްވަނަ ލިބުނީ 193 ވަނައާއެކު ބަންގްލަދޭޝްއަށެވެ. ހަވަނަ 197 ވަނައާއެކު ސްރީލަންކާއަށް ލިބިފައިވާއިރު، 201 ވަނައާއެކު ފުލަށް ގޮސްފައިވަނީ ޕާކިސްތާނެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނަ އާޖެންޓީނާއަށް ގެއްލިފައިވާއިރު، ބްރެޒިލް ވަނީ އެމަގާމު ހޯދާފައެވެ. އެގޮތުން ދެވަނަ އާޖެންޓީނާ އަށް ލިބިފައިވާއިރު، ތިންވަނަ ލިބިފައިވަނީ ޖަރުމަނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު