Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާގެ ޚިޔާނާތް

ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

ތުހުމަތުތައް ދޮގުކުރައްވާ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 30 އެޕްރީލު 2017 | އާދީއްތަ 18:24
 ޝެއިޚް އަހުމަދު އަލް ފަހަދް އަލް ސަބާހު ތުހުމަތުތައް ދޮގު ކުރައްވާ

ޝެއިޚް އަހުމަދު އަލް ފަހަދް އަލް ސަބާހު ތުހުމަތުތައް ދޮގު ކުރައްވާ

ފީފާގެ ވަރަށް އިސް މަޤާމެއްގައި ހުންނެވި ޝެއިޚް އަހުމަދު އަލް ފަހަދް އަލް ސަބާހު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފަހަދް އިސްތިއުފާ ދެއްވާފައި މިވަނީ ފީފާގެ އެތެރޭގައި ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކެއްގައި މަކަރު ހަދާފައިވާކަމަށް ކުރެވުނު ތުހުމަތު ދޮގުކުރިތާ އެއް ދުވަސް ފަހުންނެވެ.

ފީފާގެ މައްސަލައާއި ގުޅިގެން ކޯޓުން އާންމުކޮށްފައިވާ ބައެއް ޑޮކިއުމަންޓްތަކުގައިވާ ގޮތުން ފީފާގެ އޮޑިޓް ކޮމިޓީގައި ހިމެނޭ ރިޗަޑް ލައި ހިންގާފައިވާ ރިޝްވަތުގެ މުއާމަލާތްތަކާއި ފަހަދްއާ ވަނީ ގުޅިފައެވެ.

ރިޝްވަތު ހިފުމުގެ ތުހުމަތުގައި މަޤާމުން އެކަހެރިކުރެވިފައިވާ ރިޗަޑްވަނީ އޭނާ 950,000 އެމެރިކާ ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ކޯޓުގައި އިއުތިރާފްވެފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން ކުވައިތުގައިވެސް ނުފޫޒްގަދަ ކުޅިވަރު ޝަޚްސިއްޔަތެއް ކަމަށްވާ ޝެއިޚް އަހުމަދު އަލް ފަހަދް ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެފަދަ ގޯހެއް ހެދުމުގައި އެއްވެސް ގޮތަކަށް ބައިވެރިވެފައިނުވާނެ ކަމަށެވެ.

ފީފާގެ ރޫލިން ކައުންސިލާއި އޭޝީއާގެ އޮލިމްޕިކް ކައުންސިލްގެ ރައީސްކަން ކުރައްވާ ފަހަދް ވިދާޅުވެފައިވަނީ އޭނާއާ ގުޅޭ ގޮތުން މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އަޑު އަޑުއިވުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ.

ރިޗަޑްގެ މައްސަލައިގައި ކޯޓުން ހާމަކޮށްފައިވާ ލިޔެކިޔުންތަކުގައިވެސް ސީދާ ފަހަދުގެ ނަމެއް ނެތެވެ. ނަމަވެސް އެ ލިޔެކިޔުންތަކުގައި ފީފާ އާ ކުވައިތު ފުޓުބޯޅަ އެސޯސިއޭޝަންގެ އިތުރުން އޭޝީއާގެ އޮލިމްޕިކް ކައުންސިލްގެ އިސް އޮފިޝަލަކު ހިމެނޭ ކަމަށް ބުނެފައިވެއެވެ.

މަޤާމުން އިސްތިއުފާ ދެއްވަމުން ނެރުނު ބަޔާނުގައި ފަހަދް ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވުމަކީ ފީފާއަށް އެންމެ ރަނގަޅު ގޮތް ކަމަށާއި އެކަމަކު އެފަދަ ބޮޑު ގޯހެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވާ ކަމަށެވެ.

ކުރެވިފައި ތުހުމަތުތަކަކީ ދޮގެއް ސާބިތުކޮސްދިނުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ފަހަދް ވިދާޅުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

08 މެއި 2017
ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

04 މެއި 2017
ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް

ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް

06 އެޕްރީލު 2017
ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017
އައިސީސީގެ ޗެއާމަން ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައިފި

އައިސީސީގެ ޗެއާމަން ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައިފި

15 މާރިޗު 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު