Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިޔަރު ހަމަލާ

ކޫއްޑޫ ކައިރީގައި ޑައިވް ކުރަނިކޮށް މިޔަރެއް ހަމަލާދީ ފައި ބުރިވި ސްޕެއިންގެ ޑޮކްޓަރު، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އެ ބިރުވެރި ހާދިސާގެ ތަޖުރިބާ ފުރަތަމަ ފަހަރަށް ހިއްސާކޮށްފި

ގއ. ކޫއްޑޫ ކައިރީގައި ޑައިވް ކުރަނިކޮށް މިޔަރެއް ހަމަލާދީ ފައި ބުރިވި ސްޕެއިންގެ ޑޮކްޓަރު، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް އެ ބިރުވެރި ހާދިސާގެ ތަޖުރިބާ ފުރަތަމަ ފަހަރަށް ހިއްސާކޮށްފި. މި ހާދިސާގައި ލިބުނު ބޮޑު އަނިޔާއާއެކު އޭނާގެ ފުރާނަ ސަލާމަތްވީ ކުއްލި އޮޕަރޭޝަނަކަށް ފަހު ކަމަށްވާއިރު، މިހާރު ހާލަތު އަންނަނީ ރަނގަޅުވަމުން. މި ހާދިސާ ހިނގުމުގައި ޑައިވް އިންތިޒާމުކުރި ފަރާތުގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އާއިލާއިން މައްސަލަ ހުށަހަޅާފައިވާއިރު، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން.

ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 16:56
ބޯޖާ އާއި އާނާ ސޫސާ ހޮސްޕިޓަލުގައި ނަގާފައިވާ ފޮޓޯ އެއް.

ބޯޖާ އާއި އާނާ ސޫސާ ހޮސްޕިޓަލުގައި ނަގާފައިވާ ފޮޓޯ އެއް. | ޑައިވްނެޓް

މި މަހުގެ ކުރީކޮޅު އަލަތު އަނބިމީހާ އާނާއާއެކު ރާއްޖޭގައި ހަނީމޫން ހޭދަކުރަމުން ދަނިކޮށް، މިޔަރެއް ހަމަލާދީ ފައި ބުރިވި ސްޕެއިންގެ ޑައިވަރު ބޯޖާ ގާސިއާ ސޫސާ އެ ބިރުވެރި ހާދިސާގެ ތަޖުރިބާ ހިއްސާކޮށްފިއެވެ.

އުމުރުން 31 އަހަރުގެ އަންހެނުންގެ ބަލިތަކާ ބެހޭ ޑޮކްޓަރެއް ކަމަށްވާ ސޫސާ، މި ހާދިސާގައި ލިބުނު ބޮޑު އަނިޔާ އާއި އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ މިންވަރަށް ލޭ ބޭރުވުމާ ގުޅިގެން، މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ހޯދަމުންނެވެ. އޭނާގެ ފައި ބުރިކޮށްލަން ޖެހުނު ނަމަވެސް، މިހާރު އޭނާގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް އަމިއްލަ ރަށް ކަމަށްވާ އަލިކާންޓޭއަށް ދިއުމަށްޓަކައި ވައިގެ މަގުން ދަތުރުކުރުމުގެ ހުއްދަ އަދި ޑޮކްޓަރުން ދީފައެއް ނުވެއެވެ.

Advertisement - newsAdvertisement

މި ހާދިސާ ހިނގާފައިވަނީ ގއ. ކޫއްޑޫގައި ހުންނަ މަސް ފެކްޓްރީ ކައިރީގައި އޮންނަ "ޝާކް އެލީ" ނަމަކަށް ކިޔާ ސަރަހައްދެއްގައެވެ. އެ ސަރަހައްދަކީ އުކާލާ މަސްކުނި ކެއުމަށްޓަކައި ގިނަ އަދަދެއްގެ މިޔަރު އެއްވާ ތަނެކެވެ. އޭޕްރީލް 11 ވަނަ ދުވަހު މި ހާދިސާ ހިނގިއިރު، އޭގެ ކުރީގެ ދުވަސްތަކުގައި އެތަނަށް މަސްކުނި އުކާލާފައި ނުވާތީ، ދޯނިން ޑައިވަރުން މޫދަށް ފުންމާލި ވަގުތު މިޔަރުތައް ތިބީ ވަރަށް ބޮޑަށް ކެއުމަށް ކެތްމަދުވެފައި ކަމަށް ބެލެވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސޫސާއަށް ހަމަލާދީފައިވަނީ މިޔަރުގެ ބާވަތެއް ކަމަށްވާ "ބުލް ޝާކް" އެކެވެ.

މި ހާދިސާއާ ގުޅިގެން ސޫސާ އަށް އަތޮޅުގެ ސިއްހީ މަރުކަޒެއްގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އޭނާ ވަނީ މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައެވެ. މި ދެމަފިރިން ރާއްޖޭގައި ތިބީ ކޫއްޑޫއާ ގާތްގަނޑަކަށް 7 ކިލޯމީޓަރު ދުރުގައި އޮންނަ ދަ ރެސިޑެންސް މޯލްޑިވްސް (ފަޅުމާފުށި-ދިގުރަށް) ރިސޯޓުގައެވެ.

ކައިވެންޏަށް މަހެއް ފުރުމާ ގުޅިގެން އޭޕްރީލް 28 ވަނަ ދުވަހު ސޫސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ދިރިއުޅުމުގައި މިފަދަ ބޮޑު އިމްތިހާނަކާ މިހާ އަވަހަށް ކުރިމަތިލާން ޖެހޭނެ ކަމަށް ހީކުރީ ކާކު ހެއްޔެވެ؟ އޭޕްރީލް 11 ވަނަ ދުވަހު އަހަރެމެން ކުރިމަތިލީ ދިރިއުޅުމުގެ އެންމެ އަނިޔާވެރި އަދި ބިރުވެރި ހާދިސާއާއެވެ." އޭނާ އިތުރަށް ބުނެފައިވަނީ، ބައެއް ވަގުތުތަކަކީ އިންސާނާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލާ ވަގުތުތަކެއް ކަމަށާއި، ދިރިއުޅުމަކީ ކިހާ ނާޒުކު އެއްޗެއްކަން އެނގިގެންދިޔަ ނަމަވެސް، ހުރިހާ ކަމެއް ބަނަވެފައިވާ ވަގުތު ވެސް ހިތްވަރު ލިބިގަންނާނެ ގޮތް ވެސް ދަސްވި ކަމަށެވެ. އަދި މި ހުރިހާ ކަމަކަށްފަހު ޔަގީންވާ ކަމަކީ، މިފަދަ ދަތި ވަގުތެއްގައި އޭނާގެ އަނބިމީހާއަށް ވުރެ ވަކިން ރަނގަޅު ބައިވެރިއަކު ނުހުންނާނެ ކަން ކަމަށް ވެސް އޭނާ ބުންޏެވެ.

ބޯޖާ އަދި އާނާ ސޫސާ ދާދި ފަހުން ބޭއްވި އެމީހުންގެ ކައިވެނީގެ ހަފުލާގެ ތެރެއިން.
ބޯޖާ އަދި އާނާ ސޫސާ ދާދި ފަހުން ބޭއްވި އެމީހުންގެ ކައިވެނީގެ ހަފުލާގެ ތެރެއިން.

އޭނާގެ ފުރާނަ ސަލާމަތްކުރުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ސޫސާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ވީހާވެސް އަވަހަކަށް ސްޕެއިންއަށް އެނބުރި ގޮސް، އާ ދިރިއުޅުމެއް ބިނާކުރުމުގެ މަސައްކަތް ފެށުމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާ ހިނގިއިރު މޫދުގައި ނެތް ނަމަވެސް، އެ ބިރުވެރި މަންޒަރު ލޮލުން ދުށް އޭނާގެ އަނބިމީހާ އާނާ، އެ ޑައިވް އިންތިޒާމުކުރި ފަރާތުގެ އިހުމާލު އޮތް ކަމަށް ބުނެ ރަސްމީކޮށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ބޯޖާ ގާސިއާ ސޫސާކޫއްޑޫއޭޑީކޭ ހޮސްޕިޓަލްދަ ރެސިޑެންސް މޯލްޑިވްސްމިޔަރު ހަމަލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި

ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި

16 އެޕްރީލު 2026
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

22 ސެޕްޓެމްބަރު 2025
ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ

ފީނަންގޮސް އުޅުނު މީހެއްގެ ގަޔަށް ލޯންޗެއް އަރައި އަތް ބުރިވެއްޖެ

14 މެއި 2025
ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ

ބަދިގެ ތެރެއަށް ދުން ލީކުވެ އަނބުރައިގަތް 7 މީހަކަށް ފަރުވާދެނީ

13 މެއި 2024

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު