Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގއ. ކޫއްޑޫ

ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި

ގއ. ކޫއްޑޫ ކައިރިއަށް ފީނަން ގޮސް އުޅުނު ސްޕެއިންގެ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުން، ލިބުނު ބޮޑެތި ޒަޚަމްތަކާ ގުޅިގެން، އޭނާގެ އެއް ފައި ވަނީ ބުރިކޮށްފައި. މި ހާދިސާގައި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ފުލުހުން ދަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2026 | ބުރާސްފަތި 04:23
އޭޑީކޭ ހޮސްޕިޓަލް، އެ ފަތުރުވެރިޔާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި.

އޭޑީކޭ ހޮސްޕިޓަލް، އެ ފަތުރުވެރިޔާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި. | ރާއްޖެއެމްވީ

ގއ. ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅެނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި އެވެ. 

ފުލުހުން ބުނީ، ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެގެން 11 އޭޕްރީލް 2026  ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި ހާދިސާގައި އަނިޔާވެފައި ވަނީ ސްޕެއިން އަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށެވެ. އޭނާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައި.ސީ.ޔޫ. ގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ އަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައި ވާއިރު، އެ މީހާގެ އެއް ފަޔަށް، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ބުރިކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މިހާދިސާއާ ގުޅޭގޮތުން ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ފަތުރުވެރިޔާ ރާއްޖެއަށް އައީ އަނބިމީހާއާއެކު ހަނީމޫން ދަތުރަކަށެވެ.  އަދި އޭނާއަށް މިހާރު ފަރުވާދެމުންދަނީ އޭޑީކޭ ގައި ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. 

މީގެކުރިން ވެސް ރާއްޖޭގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް މިޔަރު ހަމަލާދީގެން އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ފަތުރުވެރިން ވެސް ހިމެނޭއިރު، ފީނަށް ގޮސް އުޅޭއިރު، ޚާއްޞަކޮށް މިޔަރު ޕޮއިންޓުތަކުގައި ހަރަކާތްތެރިވެ އުޅޭއިރު، ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.  

ގއ. ކޫއްޑޫސްޕެއިންމިޔަރު ހަމަލާއޭޑީކޭ ހޮސްޕިޓަލްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޫއްޑޫއިން ތެޔޮ ހުސްވެ މަސްވެރިން މަހަށް ނުފުރިފައި

ކޫއްޑޫއިން ތެޔޮ ހުސްވެ މަސްވެރިން މަހަށް ނުފުރިފައި

12 އެޕްރީލު 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

10 އެޕްރީލު 2026
އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ

09 އެޕްރީލު 2026
ޓްރަމްޕްގެ އިންޒާރާ އެކު، އިންސާނީ ބޮޑު ކާރިސާއަކާ ގާތްވި: ސްޕެއިންގެ ފޮރިން މިނިސްޓަރު

ޓްރަމްޕްގެ އިންޒާރާ އެކު، އިންސާނީ ބޮޑު ކާރިސާއަކާ ގާތްވި: ސްޕެއިންގެ ފޮރިން މިނިސްޓަރު

08 އެޕްރީލު 2026
މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ހޯދައިފި

މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ހޯދައިފި

07 އެޕްރީލު 2026

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު