Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ

އީރާނުގެ ބަނދަރުތަކަށް ވަދެނިކުމެވާ އުޅަނދުތައް ހުއްޓުވުމަށް އެމެރިކާއިން އެޅި ބްލޮކޭޑް ފުރިހަމައަށް ތަންފީޒުކުރަމުންދާކަން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައި. މި ބްލޮކޭޑާ ޚިލާފުވާން މަސައްކަތްކުރި އުޅަނދުތަކަށް އިންޒާރުދީ އަނބުރާ ފޮނުވާލާފައިވާއިރު، ދެ ގައުމުގެ ދެމެދުގައި ފުރިހަމަ އެއްބަސްވުމަކަށް އާދެވެންދެން މި ފިޔަވަޅު ދަމަހައްޓާނެ ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައި. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި އީރާނުގެ ކޮންމެ ބަނދަރެއްގެ ހަރަކާތްތައް އެމެރިކާ ސިފައިން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންން.

ރާއްޖެ އެމްވީ | 18 އެޕްރީލު 2026 | ހޮނިހިރު 10:11
ޢަރަބި ކަނޑުގައި ދަތުރުކުރަމުންދާ ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރުގައި، ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ އެނައުންސްމެންޓެއް ދެނީ. ފެބްރުއަރީ 7، 2026.

ޢަރަބި ކަނޑުގައި ދަތުރުކުރަމުންދާ ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރުގައި، ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕަރ އެނައުންސްމެންޓެއް ދެނީ. ފެބްރުއަރީ 7، 2026. | ރޮއިޓާސް

އީރާނުގެ ހުރިހާ ބަނދަރުތަކެއް އެމެރިކާ ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށުގައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އިސް ޖެނެރަލަކު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ ހުކުރު ދުވަހު ވިދާޅުވީ، އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ އުޅަނދުފަހަރު ހުއްޓުވުމަށް އެމެރިކާ ސިފައިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދުކުރުން ފުރިހަމައަށް ތަންފީޒު ކުރަމުންދާ ކަމަށެވެ. އަދި ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި މި ބްލޮކޭޑް ދެމެހެއްޓުމުގެ ގާބިލުކަން އެމެރިކާ ސިފައިންގެ ކިބައިގައި ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވީ، އީރާނުގެ ކޮންމެ ބަނދަރެއްގައި އޮތް ކޮންމެ އުޅަނދަކަށް އެމެރިކާ ސިފައިން ވަރަށް ގާތުން ފާރަވެރިވަމުންދާ ކަމަށެވެ.

އެމެރިކާގެ ސިފައިންނަށް އީރާނުގެ ހުރިހާ ބަނދަރެއް ފެންނަ ކަމަށާއި، ބޭނުންވާ މުއްދަތަކަށް މި ބްލޮކޭޑް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގައި އިއުލާންކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލާނެ ކަމަށް އީރާނުން ހުކުރު ދުވަހު ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ފުރިހަމަ އެއްބަސްވުމަކަށް އާދެވެންދެން، އެމަނިކުފާނު އަމުރުކުރައްވާފައިވާ ބްލޮކޭޑް ދެމިއޮންނާނެ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު މި ބްލޮކޭޑް އަމަލީގޮތުން ތަންފީޒުކުރަން ފެށި ފަހުން، އެ އަމުރާ ޚިލާފުވާން 19 އުޅަނދެއް މަސައްކަތް ކުރި ކަމަށް ކޫޕާ ވިދާޅުވިއެވެ. ނަމަވެސް އެމެރިކާ ސިފައިން ދިން އިންޒާރުތަކާ ގުޅިގެން އެ އުޅަނދުތައް ވަނީ އަނބުރާ ބަނދަރަށް ވަދެފައެވެ. ހުކުރު ދުވަހު ކޫޕާ އިތުރަށް ވިދާޅުވީ، އެމެރިކާ ސިފައިންގެ ލޮލުގައި އަޅައިނުގަނެ އެއްވެސް އުޅަނދަކަށް ފިލައިގެން ނުދެވޭނެ ކަމަށެވެ.

މީގެ އިތުރުން، ބްލޮކޭޑްގެ ސަރަހައްދުގެ އެތެރެއާއި ބޭރުންވެސް ޝައްކުކުރެވޭ ބައެއް އުޅަނދުތައް އެމެރިކާގެ އަސްކަރިއްޔާއިން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެއިން ކޮންމެ އުޅަނދެއްގެ ހަރަކާތްތައް އެމެރިކާ ސިފައިން ދަނީ ބަލަމުންނެވެ.

މަސްދަރު: އަލްއަރަބިއްޔާ

އީރާން-އެމެރިކާސެންޓްރަލް ކޮމާންޑްއެޑްމިރަލް ބްރެޑް ކޫޕާހޮރްމޫޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

18 އެޕްރީލު 2026

ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން

18 އެޕްރީލު 2026
ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން
18 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި

18 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި
18 އެޕްރީލު 2026

ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުން ޗައިނާގެ ރައީސް ހުންނެވީ އުފާވެފައި: ޓްރަމްޕް

18 އެޕްރީލު 2026
ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުން ޗައިނާގެ ރައީސް ހުންނެވީ އުފާވެފައި: ޓްރަމްޕް
18 އެޕްރީލު 2026

އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް

18 އެޕްރީލު 2026
އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް
17 އެޕްރީލު 2026

އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ އެމެރިކާ އަށް ނާކާމިޔާބުވީ ކީއްވެ؟

17 އެޕްރީލު 2026
އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ އެމެރިކާ އަށް ނާކާމިޔާބުވީ ކީއްވެ؟
17 އެޕްރީލު 2026

ޓްރަމްޕް: ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ

17 އެޕްރީލު 2026
ޓްރަމްޕް: ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ
17 އެޕްރީލު 2026

ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް

17 އެޕްރީލު 2026
ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް
17 އެޕްރީލު 2026

ސަރަހައްދީ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއިން ވައުދުތަކާ ޚިލާފުވުން: އީރާން

17 އެޕްރީލު 2026
ސަރަހައްދީ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއިން ވައުދުތަކާ ޚިލާފުވުން: އީރާން
17 އެޕްރީލު 2026

އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހަވާލުކުރަން އެއްބަސްވެއްޖެ: ޓްރަމްޕް

17 އެޕްރީލު 2026
އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހަވާލުކުރަން އެއްބަސްވެއްޖެ: ޓްރަމްޕް
16 އެޕްރީލު 2026

އީރާން ހަނގުރާމަ ހުއްޓުވުުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ބޭރު ކޮށްލައިފި

16 އެޕްރީލު 2026
އީރާން ހަނގުރާމަ ހުއްޓުވުުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ބޭރު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު