Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުން ޗައިނާގެ ރައީސް ހުންނެވީ އުފާވެފައި: ޓްރަމްޕް

18 އެޕްރީލު 2026 | ހޮނިހިރު 06:37

ޗައިނާ އަށް ކުރައްވާ ދަތުރުފުޅާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޗައިނާގެ ރައީސްއާ ބައްދަލު ކުރެއްވުމަކީ ވަރަށް ޚާއްސަ ބައްދަލުވުމަކަށް ވެގެންދާނެ ކަމަށާއި، އަދި އެއީ ތާރީޚީ ބައްދަލުވުމަކަށް ވެސް ވާނެ ކަަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އެޕްރީލު 2026 | ހޮނިހިރު 06:37
އެމެރިކާގެ ރައީސް އާއި ޗައިނާގެ ރައީސް.

އެމެރިކާގެ ރައީސް އާއި ޗައިނާގެ ރައީސް. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފައި އޮތުމަށް ފަހު، އަލުން ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ހުންނެވީ ވަރަށް އުފާވެފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅި މިހާރު ހުޅުވިފައިވާ ކަމަށާއި، އެކަމާ ޗައިނާގެ ރައީސް އުފާ ކުރައްވާ ކަަމަށެވެ. ހޮރްމޫޒް ކަނޑު އޮޅި އަކީ ބައިނަލްއަޤުވާމީ ވިޔަފާރިގައި މުހިންމު ދައުރެއް އަދާ ކުރާ ތަނެއް ކަަމަށާއި، އެ ކަނޑު އޮޅި ހުޅުވިފައި އޮތުމަކީ ޗައިނާ އަށް ވެސް މުހިންމު ކަމެއް ކަމަށެވެ. 

ޗައިނާ އަށް ކުރައްވާ ދަތުރުފުޅާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޗައިނާގެ ރައީސްއާ ބައްދަލު ކުރެއްވުމަކީ ވަރަށް ޚާއްސަ ބައްދަލުވުމަކަށް ވެގެންދާނެ ކަމަށާއި، އަދި އެއީ ތާރީޚީ ބައްދަލުވުމަކަށް ވެސް ވާނެ ކަަމަށެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، ޗައިނާގެ ރައީސްއާ ބައްދަލު ކުރައްވަން އޭނާ ހުންނެވީ ވަރަށް އިންތިޒާރުގައި ކަމަށެވެ. 

ޓްރަމްޕް އިތުރަށް ވިދާޅުވީ ޗައިނާގެ ރައީސްއާ އެކު ހުންނެވުމަށް އޭނާ ވަރަށް ބޮޑަށް ތަކުރާރު ކުރައްވާ ކަަމަށާއި، އެ ބައްދަލުވުމުގައި ވަރަށް ގިނަ ކަންކަން ހާސިލު ކުރެވޭނެ ކަަމަށެވެ. އެެމެރިކާ އާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ދާއިރާ އިން ފެށިގެން، އެކި މައްސަލަ ތަކުގައި މަޝްވަރާ ކުރެވޭނެ ކަަމަށް ވެސް ބެލެވެ އެވެ. 

އެމެރިކާ އާއި ޗައިނާ އަކީ ދުނިޔޭގެ އެންމެ ބާރުގަދަ ދެ އިޤްތިޞާދެވެ. މި ދެ ޤައުމުގެ ދެ މެދުގައި ވިޔަފާރޫގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމަކީ ދުނިޔޭގެ އިޤްތިޞާދަށް ވެސް ފައިދާ ހުރި ކަމެއް ކަމަށް މާހިރުން ދެކެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-ޗައިނާ ގުޅުންހޮރްމޫޒް ކަނޑުއޮޅިއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޗައިނާގެ ރައީސް ޝީ ޖީންޕިންގް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 އެޕްރީލު 2026

އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް

18 އެޕްރީލު 2026
އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް
17 އެޕްރީލު 2026

އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ އެމެރިކާ އަށް ނާކާމިޔާބުވީ ކީއްވެ؟

17 އެޕްރީލު 2026
އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ އެމެރިކާ އަށް ނާކާމިޔާބުވީ ކީއްވެ؟
17 އެޕްރީލު 2026

ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް

17 އެޕްރީލު 2026
ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް
15 އެޕްރީލު 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާގެ ދެ ވަނަ ބައްދަލުވުން ވަރަށް އަވަހަށް އޮންނާނެ: ޓްރަމްޕް

15 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާގެ ދެ ވަނަ ބައްދަލުވުން ވަރަށް އަވަހަށް އޮންނާނެ: ޓްރަމްޕް
13 އެޕްރީލު 2026

އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން
13 އެޕްރީލު 2026

އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތައް ހުއްޓުވުމަށް އެމެރިކާއިން ރާވާފައިވާ ބްލޮކޭޑްގައި ބައިވެރިނުވާނެ ކަމަށް ނޭޓޯގެ ގައުމުތަކުން ބުނެފި

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތައް ހުއްޓުވުމަށް އެމެރިކާއިން ރާވާފައިވާ ބްލޮކޭޑްގައި ބައިވެރިނުވާނެ ކަމަށް ނޭޓޯގެ ގައުމުތަކުން ބުނެފި
13 އެޕްރީލު 2026

އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކުރަން އެމެެރިކާއިން ނިންމި ނިންމުމަށް އިޒްރޭލުން ތާއީދު ކޮށްފި

13 އެޕްރީލު 2026
އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކުރަން އެމެެރިކާއިން ނިންމި ނިންމުމަށް އިޒްރޭލުން ތާއީދު ކޮށްފި
13 އެޕްރީލު 2026

ކޮންމެ ފަދަ ފިއްތުމެއް ކުރިމަތިވި ނަމަވެސް، އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ: ބޮޑުވަޒީރު

13 އެޕްރީލު 2026
ކޮންމެ ފަދަ ފިއްތުމެއް ކުރިމަތިވި ނަމަވެސް، އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ: ބޮޑުވަޒީރު
13 އެޕްރީލު 2026

އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި

13 އެޕްރީލު 2026
އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި
13 އެޕްރީލު 2026

ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

13 އެޕްރީލު 2026
ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް