Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އީރާން ހަނގުރާމަ

އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ އެމެރިކާ އަށް ނާކާމިޔާބުވީ ކީއްވެ؟

އީރާނުގެ އަސްކަރީ ގާބިލްކަމާއި އެ ގައުމުގެ ދާޚިލީ އެއްބައިވަންތަކަން ވަޒަންކުރުމުގައި އެމެރިކާއަށް ހެދުނު ގޯސް އަންދާޒާތަކުގެ ސަބަބުން، ރޭވި ގޮތާ ޚިލާފަށް ހަނގުރާމަ ދިގުލައިގޮސް އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި. ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާއި، ތެލުގެ އަގު އުފުލުމުގެ އިތުރުން، އެމެރިކާގެ އަސްކަރީ ނިންމުންތަކަށް އައި ލޮޅުންތަކުގެ ސަބަބުން އެ ގައުމުގެ ހަނގުރާމައިގެ މަގްސަދުތައް ހާސިލެއް ނުވި. އެހެންކަމުން، ބައިނަލްއަގުވާމީ ފިއްތުންތަކާއެކު އެމެރިކާއަށް މަޖުބޫރުވީ އީރާނުން ހުށަހެޅި ޝަރުތުތަކަށް އެއްބަސްވެ މަޝްވަރާގެ މޭޒަށް ދިއުމަށް.

ރާއްޖެ އެމްވީ | 17 އެޕްރީލު 2026 | ހުކުރު 10:58
2026 ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުން ބަހްރައިންގެ ވެރިރަށް މަނާމާގެ ބައެއް އިމާރާތްތަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކާ ގުޅިގެން، އެތަނުން އިމާރާތެއްގައި ރޯވެފައިވާ އަލިފާންގަނޑުގެ މަންޒަރެއް.

2026 ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުން ބަހްރައިންގެ ވެރިރަށް މަނާމާގެ ބައެއް އިމާރާތްތަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކާ ގުޅިގެން، އެތަނުން އިމާރާތެއްގައި ރޯވެފައިވާ އަލިފާންގަނޑުގެ މަންޒަރެއް. | ގެޓީ އިމޭޖަސް

އީރާނާއި އިޒްރޭލާ ދެމެދު 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައަށްފަހު ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން މަސްރަހު ފިނިވުމުގެ ބަދަލުގައި، ފެނިގެންދިޔައީ ކުރިމަތިލުންތައް މުޅިން އާ ހަރުފަތަކަށް ފުޅާވެގެންދިޔަ ތަނެވެ. ތެހެރާނާއި ވޮޝިންޓަނާ ދެމެދު ނުތަނަވަސްކަމާއެކު މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ދިޔައީ ބޮޑުވަމުންނެވެ. އެންމެ ފަހުން، ވައިޓް ހައުސްއިން ނިންމީ އުންމީދީ އަންދާޒާތަކެއްގެ މައްޗަށް ބިނާކޮށް، އީރާނާއެކު ކުޑަ ހަނގުރާމައަކަށް ގޮސް، އެ ގައުމު އަވަހަށް ފަހަތަށް ޖެއްސުމަށެވެ.

ނަމަވެސް، ހަނގުރާމައިގެ މައިދާނުން ފެނިގެންދިޔައީ އެ އަންދާޒާތަކާ މުޅިން ތަފާތު މަންޒަރެކެވެ. ކުރު އަދި ކޮންޓްރޯލް ކުރެވޭނެ ހަނގުރާމައެއްގެ ގޮތުގައި ރޭވި ކަންކަން ބަދަލުވެގެންދިޔައީ 40 ދުވަހުގެ ދިގުދެމިގެންދިޔަ އެމެރިކާ ވަރުބަލިކުރުވި ހަނގުރާމައަކަށެވެ. މީގެ ސަބަބުން އެމެރިކާގެ މަގްސަދުތައް ހާސިލްނުވުމުގެ އިތުރުން، އަސްކަރީ، އިގްތިސާދީ އަދި ސިޔާސީ ގޮތުން ބޮޑެތި ގެއްލުންތަކެއް އެމެރިކާއަށް އުފުލަން ޖެހުނެވެ. މިތަނުގައި އުފެދޭ މުހިންމު ސުވާލަކީ، ކުރިން ކުރެވުނު އަންދާޒާތަކާއި ހަގީގަތާ ދެމެދު މިހާ ބޮޑު ފަރަގެއް އައީ ކީއްވެގެން ހެއްޔެވެ؟ 

1- 12 ދުވަހުގެ ހަނގުރާމައިގެ ތަޖުރިބާ ހުރިހާ ހާލަތަކަށް ފެތޭނެ ކަމަށް ބެލުން:

އިޒްރޭލާއެކު ކުރި ކުރު ހަނގުރާމައިގައި އީރާނުން އަމަލުކުރި ގޮތަށް މިފަހަރުވެސް އަމަލުކުރާނެ ކަމަށް ވޮޝިންޓަނުން ހީކުރިއެވެ. ނަމަވެސް ހަނގުރާމައިގައި މިފަހަރު އެމެރިކާގެ ބައިވެރިވުން މާ ބޮޑެވެ. އެއާއެކު އީރާނުން އެ ގައުމުގެ ރައްދު ދޭނެ ގޮތް ބަދަލުކޮށް، ހޮރްމޫޒް ކަނޑުއޮޅީގެ ބޭނުން ހިފިއެވެ. ފެބްރުއަރީ 12 ގައި އެމެރިކާގެ ސިޗުއޭޝަން ރޫމްގައި ބޭއްވި ބައްދަލުވުމެއްގެ ރިޕޯޓްތައް ބުނާގޮތުން، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ކީން، ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ އިންޒާރު ދެއްވިއެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕް އެކަން ގަބޫލެއް ނުކުރެއްވިއެވެ. ޓްރަމްޕް ހީކުރެއްވީ އެ ހިސާބަށް ދިއުމުގެ ކުރިން އީރާނުން އަމާންދޭނެ ކަމަށެވެ. އެކަމަކު އަމަލީ މައިދާނުގައި ހޮރްމޫޒް ކަނޑުއޮޅި ބަންދުވުން ވެގެންދިޔައީ އެމެރިކާގެ އިގްތިސާދީ އަދި އަސްކަރީ ހިސާބުތައް މުޅިން ގަޑުބަޑުކޮށްލި ކަމަކަށެވެ.

2- އީރާނުގެ ވިސްނުމަށް ގެނެސްފާނެ ބަދަލު ދެނެގަނެވިފައި ނެތުން:

އެމެރިކާއިން ހީކުރީ އީރާނުގެ މައިގަނޑު އަމާޒަކަށް ވާނީ އިޒްރޭލު ކަމަށެވެ. ނަމަވެސް މިފަހަރު ތެހެރާނުން އަމާޒު ހިފީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. ޔޫއޭއީ، ބަހްރައިން، ކުވެއިތު، ގަތަރު، ސައުދީ އަރަބިއްޔާ އަދި އުރުދުންގައި ހުރި މަރުކަޒުތައް އީރާނުގެ ހަމަލާތަކުގެ ލިސްޓަށް އެރިއެވެ.

3- އީރާނުގެ އަސްކަރީ އަދި ދިފާއީ ގާބިލްކަން ވަޒަންކުރުމުގައި ހެދުނު ގޯސްތައް:

މިސައިލް ޓެކްނޮލޮޖީއާއި، ހަމަލާ ދިނުމުގެ ގާބިލުކަމާއި، ވައިގެ ދިފާއީ ނިޒާމަށް އީރާނުން ގެނެސްފައިވާ ކުރިއެރުންތައް ވޮޝިންޓަނުގެ ހިސާބުތަކުގައި އެކަށީގެންވާ ވަރަށް ހިމަނާފައެއް ނުވެއެވެ. އީރާނުގެ ދިފާއީ ނިޒާމުން އެމެރިކާގެ ފައިޓަރު ޖެޓްތައް ވައްޓާލާނެ ކަމަކަށް ނުވަތަ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އެޑްވާންސް ރާޑަރުތައް އީރާނުގެ މިސައިލްތަކުން ހަލާކުކޮށްލާނެ ކަމަކަށް އެމެރިކާއަކުން ގަބޫލެއް ނުކުރެއެވެ. ހަނގުރާމައިގެ މައިދާނުން ފެނުނީ އީރާނުގެ ހަމަލާދިނުމާއި ދިފާއީ ގާބިލްކަން އިންތިހާއަށް ކުރިއަރާފައިވާ ތަނެވެ. މީގެ ސަބަބުން އެމެރިކާގެ އެއާފޯސްއަށް ބޮޑެތި ގެއްލުންތަކެއްވެ، ވައިގެ ސަރަހައްދުގައި އެމެރިކާއަށް އޮތް ބާރުވެރިކަމަށް ގޮންޖެހުންތަކާ ކުރިމަތިވިއެވެ.

4- އީރާނުގެ ދާޚިލީ ހާލަތާ މެދު ކުރެވުނު ނުބައި އަންދާޒާތައް:

ވޮޝިންޓަނުން ގަބޫލުކުރި އެއް ކަމަކީ ހަނގުރާމައާއެކު އީރާނުގެ އެތެރޭގެ މަސްރަހު ގަޑުބަޑުވެ، ސަރުކާރު ވެއްޓޭނެ ކަމަށެވެ. ޑިސެމްބަރު މަހުގެ އިންޓެލިޖެންސް ރިޕޯޓްތަކަށް ބިނާކޮށް ޓްރަމްޕަށް ގަބޫލުކުރެވުނީ، މުހިންމު މީހުން މަރާލުމާއި އާންމުންގެ މުޒާހަރާތައް އިތުރުކުރުމުން އީރާނަށް ކެތްނުކުރެވޭނެ ކަމަށެވެ. ނަމަވެސް އަމަލީ ގޮތުން ފެނުނީ ހަނގުރާމައިގެ ސަބަބުން އީރާނުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އިތުރުވެ، އެމެރިކާ އާ ދެކޮޅުވެރިކަމުގެ ރޫހު ވަރުގަދަވި ތަނެވެ. މީގެ ސަބަބަކީ އީރާނުގެ ތާރީޚީ އައިޑެންޓިޓީ އާއި، ގައުމަށް ދިމާވާ ނުރައްކާތަކުގައި ރައްޔިތުން އެކަތިގަނޑަކަށް ވުމުގެ ސިފައެވެ. ވޮޝިންޓަނަށް އޮޅުނީ "ގައުމުގެ ދިފާއުގައި ކުރާ ހަނގުރާމަ" އާއި "ސިޔާސީ މުޒާހަރާ" އާ ދެމެދު އޮތް ތަފާތެވެ.

5- "އެކްސިސް އޮފް ރެސިސްޓެންސް" ގެ ބާރު ވަޒަން ނުކުރެވުން:

އީރާނަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުން އަދާކުރާނީ ކުޑަ ދައުރެއް ކަމަށް އެމެރިކާއިން ހީކުރި ނަމަވެސް، އެ ޖަމާއަތްތަކުގެ މެދުގައި އޮތް ވަރުގަދަ ގުޅުމުގެ ސަބަބުން ހަނގުރާމައިގެ މައިދާން އިންތިހާއަށް އުނދަގޫވިއެވެ. މި ޖަމާއަތްތަކުން އެމެރިކާއާ ދެކޮޅަށް އެއް ފްރަންޓެއްގައި މަސައްކަތް ކުރިއިރު، ނޭޓޯގެ ގައުމުތަކަށް އެމެރިކާއަށް އެދެވޭ އެހީތެރިކަމެއް ނުދެވުނެވެ. މީގެ ސަބަބުން ބޮޑެތި ކާރިސާތަކުގައި އެމެރިކާގެ ބާރުގަދަ އިއްތިހާދުތަކުގައި ރެނދުއަޅާފައިވާކަން ހާމަވިއެވެ.

6- އެތެރެއާއި ބޭރުން ކުރިމަތިވި ފިއްތުންތައް އިތުރުވުން:

ހަނގުރާމަ ދިގުލައިގެން ދިއުމާއެކު އެމެރިކާގެ އެތެރެއިން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ކުރިން ޓްރަމްޕަށް ތާއީދުކުރި މީޑިއާތަކާއި ޓަކާ ކާލްސަން ފަދަ ފަރާތްތަކުގެ ފާޑުކިޔުންތަކުގެ އިތުރުން، އާންމުންނަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން މުޒާހަރާ ކުރިއެވެ. ހާއްސަކޮށް "މިނާބް" ސްކޫލަށް ދިން ހަމަލާގެ ސަބަބުން، ދުނިޔޭގެ ކުރިމަތީގައާއި އެމެރިކާގެ ތެރޭގައި މި ހަނގުރާމައިގެ އިންސާނީ އަދި އަޚްލާގީ ސައްހަކަން ގެއްލިގެންދިޔައެވެ.

މީގެ އިތުރުން، ހަނގުރާމަ ސަރަހައްދަށް ފެތުރިގެން ދިއުމުގެ ސަބަބުން ތެލުގެ އަގު 120 ޑޮލަރަށްވުރެ މައްޗަށް އަރައި، 200 ޑޮލަރަށް އަގު އުފުލިދާނެ ކަމުގެ ބިރު ބޮޑުވިއެވެ. މީގެ ސަބަބުން އެމެރިކާގެ އާންމު އާއިލާތަކަށް އިގްތިސާދީ ގޮތުން ބޮޑެތި ތަކްލީފުތަކެއް އުފުލަން ޖެހުނެވެ. ބައިނަލްއަގުވާމީ މައިދާނުގައި، ބަހްރައިނުން ހުށަހެޅި ގަރާރު ރަޝިއާއާއި ޗައިނާއިން ވީޓޯ ކުރުމާއި، ހުޅަނގުގެ ބައެއް ބައިވެރިން އަމިއްލަ ގޮތްތަކެއް އިޚްތިޔާރު ކުރުމުން، ވޮޝިންޓަނަށް މި ހަނގުރާމައިގެ ސިޔާސީ އަގު ވަރަށް ބޮޑުވިއެވެ.

7- އެމެރިކާގެ އަސްކަރީ ކޮމާންޑުގައި ޚިޔާލު ތަފާތުވުން އުފެދުން:

ކޮމާންޑަރުންގެ މެދުގައި އޮތް ޚިޔާލުތަފާތުވުންތައް އިންތިހާއަށް ބޮޑުވިއެވެ. ހަނގުރާމައިގެ މެދުތެރެއިން އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހިމެނޭހެން އިސް ޖެނެރަލުންތަކެއް މަގާމުން ވަކިކުރުމަކީ ޕެންޓަގަންއަށް އައި ބޮޑު ލޮޅުމެކެވެ. މިއީ ހަމައެކަނި އިދާރީ ބަދަލެއް ނޫނެވެ. މިއީ ޒަމާނީ އަސްކަރީ އުސޫލުތައް ފެއިލްވެ، ކުރިއަށްދާނެ ގޮތެއް ނޭނގި މަގު ބަންދުވުމުގެ ނަތީޖާއެވެ. މީގެ ސަބަބުން ހަނގުރާމައިގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، އީރާނުން ކަންކުރާނެ ގޮތް ދެނެގަތުމުގައި ހެދުނު ގޯސްތަކާއި، ދާޚިލީ އަދި ބައިނަލްއަގުވާމީ ފިއްތުންތައް ބޮޑުވުމާއެކު އެމެރިކާއަށް މަޖުބޫރުވީ 40 ދުވަހަށްފަހު އީރާނުން ހުށަހެޅި ޝަރުތުތަކާއެކު މަޝްވަރާ ފެށުމަށެވެ. އެއީ އެ ވަގުތު އޮތް ހަމައެކަނި ހަގީގީ ގޮތެވެ.

ނަތީޖާއެއްގެ ގޮތުން، މި ހަނގުރާމަ ވެގެން ގޮސްފައިވަނީ ސްޓްރެޓެޖިކް ގޮތުން މަގު ބަންދުވުމުގެ ސާފު މިސާލަކަށެވެ. އެއީ ކުރިން ކުރެވުނު އުންމީދީ އަންދާޒާތަކާއި ހަނގުރާމައިގެ މައިދާނުގެ ހަގީގަތާ ދެމެދު އޮތް ބޮޑު ފަރަގުގެ ސަބަބުން ކަންކަން މުޅިން ބަދަލުވެގެންދިޔަ ދިޔުމެވެ.

މިއީ ކުރިއަށް އޮތް އަހަރުތަކުގައި ވޮޝިންޓަނުގެ ސްޓްރެޓެޖީ ކަނޑައަޅާ ފަރާތްތަކުން ތަކުރާރުކޮށް ދިރާސާކޮށް، ބަހުސް ކުރާނެ ތަޖުރިބާއެކެވެ.

އީރާން-އެމެރިކާއީރާން-އިޒްރޭލްޑޮނަލްޑް ޓްރަމްޕްހޮރްމޫޒް ކަނޑުއޮޅި

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް: ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ

ޓްރަމްޕް: ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ

17 އެޕްރީލު 2026
ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް

ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް

17 އެޕްރީލު 2026
ސަރަހައްދީ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއިން ވައުދުތަކާ ޚިލާފުވުން: އީރާން

ސަރަހައްދީ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއިން ވައުދުތަކާ ޚިލާފުވުން: އީރާން

17 އެޕްރީލު 2026
އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހަވާލުކުރަން އެއްބަސްވެއްޖެ: ޓްރަމްޕް

އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހަވާލުކުރަން އެއްބަސްވެއްޖެ: ޓްރަމްޕް

17 އެޕްރީލު 2026
އީރާން ހަނގުރާމަ ހުއްޓުވުުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ބޭރު ކޮށްލައިފި

އީރާން ހަނގުރާމަ ހުއްޓުވުުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ބޭރު ކޮށްލައިފި

16 އެޕްރީލު 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު