Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި

އެމެރިކާއިން ކަނޑުގެ މަގުން ހުރަސްތައް ކުރިމަތިކުރާތީ، ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ އަސްކަރިއްޔާގެ ދަށަށް ގެނެސްފި. ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމާ ގުޅިގެން ކަނޑުއޮޅި ހުޅުވާލިކަމަށް އީރާނުން ބުނި ނަމަވެސް، އެމެރިކާގެ ބްލޮކޭޑްތައް ހުއްޓާނުލަނީސް އެ ސަރަހައްދު އޮންނާނީ އީރާނުގެ ވަރުގަދަ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި.

ރާއްޖެ އެމްވީ | 18 އެޕްރީލު 2026 | ހޮނިހިރު 09:29
އޮމާންގެ މުސަންދަމް ގަވަރނޭޓްގެ ބޯޑަރު ކައިރީގައިވާ ރައުސުލް ޚައިމާގެ އުތުރު ސަރަހައްދުން ފެންނަ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ކައިރިން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކަނޑުގެ ސަރަހައްދުގައި މުދާ އުފުލާ ބޯޓުތަކެއް ދަތުރުކުރަނީ؛ މި ފޮޓޯ ނަގާފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހު.

އޮމާންގެ މުސަންދަމް ގަވަރނޭޓްގެ ބޯޑަރު ކައިރީގައިވާ ރައުސުލް ޚައިމާގެ އުތުރު ސަރަހައްދުން ފެންނަ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ކައިރިން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކަނޑުގެ ސަރަހައްދުގައި މުދާ އުފުލާ ބޯޓުތަކެއް ދަތުރުކުރަނީ؛ މި ފޮޓޯ ނަގާފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހު. | ރޮއިޓާސް

އެމެރިކާއިން ކަނޑުގެ މަގުން ހުރަސްތައް ކުރިމަތިކޮށް "ފޭރުމުގެ" އަމަލުތައް ހިންގަމުންދާތީ، ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ. އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާއިން އެ ސަރަހައްދު ބަންދުކޮށް، އުޅަނދުފަހަރަށް ހުރަސްއަޅަމުންދާތީ ކަނޑުއޮޅީގެ ކޮންޓްރޯލް އަލުން ނަގަން މަޖުބޫރުވީ ކަމަށެވެ.

ލެފްޓިނަންޓް ކާނަލް އިބްރާހީމް ޒުލްފަގާރީ ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އަދި މަޝްވަރާތަކުގައި އިޚްލާސްތެރިކަން އިސްކުރުމުގެ ގޮތުން، ވަކި އަދަދެއްގެ ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ ބޯޓުފަހަރަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އިސްލާމީ ޖުމްހޫރިއްޔާ އީރާނުން ކުރިން އެއްބަސްވިއެވެ.

ނަމަވެސް، އެމެރިކާއަކީ މީގެ ކުރިން ވެސް އެއްބަސްވުންތަކާ ތަކުރާރުކޮށް ޚިލާފުވެފައިވާ ބައެއްކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، ކަނޑުއޮޅި ބަންދުކުރުމުގެ ނަމުގައި އެމެރިކާއިން އަދިވެސް ދަނީ ފޭރުމުގެ އަމަލުތައް ހިންގަމުން ކަމަށެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި ސަބަބަށްޓަކައި ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް މިހާރު ވަނީ ކުރިން އޮތް ހާލަތަށް ރުޖޫއަކޮށްފައެވެ. އަދި ސްޓްރެޓީޖިކް ގޮތުން މުހިންމު މި ކަނޑުއޮޅި މިހާރު އޮތީ އީރާނުގެ ހަތިޔާރު އެޅި ސިފައިންގެ ވަރުގަދަ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ތަރުޖަމާނު ވިދާޅުވީ، އީރާނުން ފުރައިގެންދާ އުޅަނދުފަހަރަށާއި، އީރާނަށް އަންނަ އުޅަނދުފަހަރަށް އެމެރިކާއިން ކުރިމަތިކުރާ ހުރަސްތައް މުޅިން ހުއްޓާނުލަނީސް، ހޮރްމޫޒް ކަނޑުއޮޅީގެ މަސްރަހު އޮންނާނީ އީރާނުގެ ވަރުގަދަ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.

ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލިކަން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އިއުލާން ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.

އީރާނުން ބުނާ ގޮތުގައި، ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަކީ ސުލްހަ ގާއިމު ކުރަން އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުމުގެ ތެރޭގައި ހިމެނޭ ވަކިނުކުރެވޭނެ މުހިންމު ބައެކެވެ.

ޑޮނަލްޑް ޓްރަމްޕް އޭނާގެ "ޓްރުތް ސޯޝަލް" ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ދުވަހަކުވެސް ބަންދުނުކުރުމަށް އީރާނުން ވަނީ އެއްބަސްވެފައެވެ.

އަދި އީރާނާއެކު ކުރެވޭ މުއާމަލާތްތައް 100 އިންސައްތަ ފުރިހަމަވަންދެން، އެމެރިކާއިން އީރާނަށް އަމާޒުކޮށް ހިންގާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްތައް އެގޮތުގައި ދެމިއޮންނާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވަރަށް އަވަހަށް ކުރިއަށްދާން ޖެހޭނެ ކަމަށާއި، ގިނަ ނުކުތާތަކަކަށް މިހާރުވެސް އެއްބަސްވެވިފައިވާ ކަމަށެވެ.

ނަމަވެސް ޓްރަމްޕްގެ މި ވާހަކަތައް އީރާނުން ވަނީ މުޅިން ދޮގުކޮށްފައެވެ. އީރާނުން ބުނީ ކަނޑުއޮޅި ހުޅުވާލީ ހަމައެކަނި މުދާ އުފުލާ އުޅަނދުފަހަރަށް ކަމަށާއި، އެ އުޅަނދުފަހަރަށް ވެސް ދަތުރުކުރެވޭނީ އީރާނުން ކަނޑައަޅާ ވަކި މަގަކުން، އީރާނުގެ ހުއްދަ ލިބިގެން ކަމަށެވެ.

އީރާން-އެމެރިކާހޮރްމޫޒް ކަނޑުއޮޅިޑޮނަލްޑް ޓްރަމްޕްނޭވަލް ބްލޮކޭޑް

އިތުރަށް ކިޔާލަން

18 އެޕްރީލު 2026

ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުން ޗައިނާގެ ރައީސް ހުންނެވީ އުފާވެފައި: ޓްރަމްޕް

18 އެޕްރީލު 2026
ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުން ޗައިނާގެ ރައީސް ހުންނެވީ އުފާވެފައި: ޓްރަމްޕް
18 އެޕްރީލު 2026

އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް

18 އެޕްރީލު 2026
އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް
17 އެޕްރީލު 2026

އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ އެމެރިކާ އަށް ނާކާމިޔާބުވީ ކީއްވެ؟

17 އެޕްރީލު 2026
އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ އެމެރިކާ އަށް ނާކާމިޔާބުވީ ކީއްވެ؟
17 އެޕްރީލު 2026

ޓްރަމްޕް: ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ

17 އެޕްރީލު 2026
ޓްރަމްޕް: ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ
17 އެޕްރީލު 2026

ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް

17 އެޕްރީލު 2026
ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު