Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔުމްނު ވެއްޓުނު ޙާދިސާ

ޔުމްނުގެ މައްސަލައިގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅެއް އަޅާފައިވޭތޯ ނުވަތަ ނޫންތޯ މިނިސްޓަރަށް ވިދާޅުވެ ނުދެއްވުނު!

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާއިރު، އެކަމާ ގުޅިގެން ވަކިވަކި ފުލުހުންނަށް ފިޔަވަޅު އެޅިކަން ދާޚިލީ ވަޒީރު އަލީ އިޙުސާނަށް ކަށަވަރުކޮށްދެއްވިފައެއް ނުވޭ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ އެ ހާދިސާއަށް ފަހު ފުލުހުންގެ އިދާރީ ހިންގުމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، ނަމަވެސް ވަކި ފަރާތަކަށް ޑިސިޕްލިނަރީ ފިޔަވަޅު އެޅިކަން އެނގޭނީ އިތުރަށް ބަލައި ޔަޤީންކުރުމަށްފަހު ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އެޕްރީލު 2026 | ބުރާސްފަތި 08:36
 ދާޚިލީ ވަޒީރު އަލީ އިޙުސާން

ދާޚިލީ ވަޒީރު އަލީ އިޙުސާން | ރައީސް އޮފީސް

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އިހުމާލުވި ފުލުހުންނާމެދު ފިޔަވަޅެއް އަޅާފައިވާކަން ނުވަތަ ނޫންކަން ދާޚިލީ ވަޒީރު އަލީ އިޙުސާނަށް ވިދާޅުވެ ނުދެއްވުނެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި، ފުލުހުންގެ އިހުމާލުތަކެއް ހުރިކަމަށް ފާހަގަކޮށްފައިވާއިރު، ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުންގެ އިހުމާލު ތަކާމެދު އަދިވެސް ފިޔަވަޅެއް އަޅާފައިނުވާތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ސުވާލު ކުރުމުން އިހުސާން ވިދާޅުވީ، ފުލުހުންގެ ތެރޭގައި ހިންގާ އެކިއެކި ތަހުގީގުތަކާއި ފުލުހުން ބަލާ މައްސަލަތަކާ ގުޅިގެން ފެންމަތިވާ އެކިއެކި ކަންކަމުގައި ފިޔަވަޅު އެޅުމުގެ ވަކި ނިޒާމުތަކެއް ޤާއިމުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ތަފާތު އެކި ފިޔަވަޅުތައް ހިމެނޭ ކަމަށެވެ. އެގޮތުން އިދާރީ ފިޔަވަޅުތަކާއި، ނަސޭހަތް ދިނުމާއި، ވަޒީފާއިން ވަކި ކުރުން ފަދަ އެތައް ފިޔަވަޅުތަކެއް އޭގެ ތެރޭގައި ހިމެނޭކަން ފާހަގަ ކުރައްވައި އިހުސާން ވިދާޅުވީ، ފިޔަވަޅު އެޅުމަކީ ހަމައެކަނި ވަޒީފާއިން ވަކި ކުރުމެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޙާދިސާއަށް ފަހު ފުލުހުންގެ ތެރޭގައި ވެސް އެކި މައްސަލަތަކާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާ ގޮތަށް ގިނަ ބަދަލުތަކެއް ވަނީ ގެނެވިފައެވެ.

މީގެ ތެރެއިން އަޅުގަނޑުމެން ޖެހޭނީ ސްޕެސިފިކަލީ ބަލާލަން އެއްވެސް ފަރާތަކަށް މިބާވަތުގެ ޑިސިޕްލިނަރީ ފިޔަވަޅު، ހަމަ ޔަޤީނުން ވެސް ފުލުހުން ކަންކަމުގައި މަސައްކަތް ކުރާ ގޮތަށް އިދާރީ ގޮތުން ވަރަށް ގިނަ ބަދަލުތަކެއް ގެނެވިއްޖެ އެ ކޭސްއަށް ފަހުގައި،
 ދާޚިލީ ވަޒީރު އަލީ އިޙުސާން

މިނިސްޓަރ ވިދާޅުވީ، އެ ޙާދިސާއާ ގުޅިގެން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ރަނގަޅު ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަމަށް ވެސް ފުލުހުން ބަލާފައިވާނެ ކަމަށެވެ.

ސްޕެސިފިކަލީ އެ މައްސަލައިގައި ތި ވިދާޅުވި އޭންގަލްއިން އަޅުގަނޑުމެން ތަހުގީގު ކޮށްފައި މިހާތަނަށް އައިއިރު ކޮން ކަންކަމެއްތޯ ކުރެވުނީ އަޅުގަނޑު ޖެހޭނީ ފުލުހުންގެ ފަރާތުން އެ ވާހަކަ ޔަޤީންކޮށްލާފައި ތިބޭފުޅުންނަށް އެ މައުލޫމާތު އަރުވަން. އަޅުގަނޑު ބަލާލާނަން ފުލުހުންގެ ދެން އޮންނަ ޕްރެސް ކޮންފަރެންސެއްގައި މިކަމަށް އެޑްރެސް ކޮށްލެވޭތޯ ތިބޭފުޅުންނަށް.
 ދާޚިލީ ވަޒީރު އަލީ އިޙުސާން

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ހުރި ފިޔަވަޅުތައް އަޅަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ގެ ފަރާތުން ޖަވާބެއް ހޯދުމަށް މަޖިލީހުން ސުވާލުކުރިއިރު އޭރު މިނިސްޓަރު ވިދާޅުވެފައިވަނީ ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުލުހުންގެ ޕްރޮފިޝަނަަލް ސްޓެންޑާޑް ކޮމާންޑްސްގެ ފަރާތުން ތަހުގީގު ފަށާ ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަަސައްކަތް ކުރިއަށް ދާކަމަށެވެ. 

ޔުމްނު ރަޝީދުފުލުހުން-ރައްޔިތުންއިހުސާން

އިތުރަށް ކިޔާލަން

23 އެޕްރީލު 2026

މަޖިލީހުގެ ނައިބު ރައީސް ނާޒިމްއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް ފުލުހުން އެކުލަވާލިކަމަށް ބުނާ ވާހަކަ ވަޒީރު ދޮގު ކުރައްވައިފި

23 އެޕްރީލު 2026
 މަޖިލީހުގެ ނައިބު ރައީސް ނާޒިމްއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް ފުލުހުން އެކުލަވާލިކަމަށް ބުނާ ވާހަކަ ވަޒީރު ދޮގު ކުރައްވައިފި
23 އެޕްރީލު 2026

މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކައަކީ ތާއީދުހޯދަން ރައީސް ދައްކަވާ ވާހަކައެއް ނޫން، އެކަން ކުރާނަން: އިޙުސާން

23 އެޕްރީލު 2026
މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކައަކީ ތާއީދުހޯދަން ރައީސް ދައްކަވާ ވާހަކައެއް ނޫން، އެކަން ކުރާނަން: އިޙުސާން
23 އެޕްރީލު 2026

ދަނާލްގެ ޙާދިސާ: "އައިމް ސޯ ކްލޯސް ޓު ގިވިންގ އަޕް" އޭ ބުނެ ކުރި މެސެޖާ ގުޅިގެން ފުލުހުން އެތަނަށް ދިއުމާ ދޭތެރޭ 4 ގަޑިއިރަށްވުރެ ގިނައިރު ހޭދަވި!

23 އެޕްރީލު 2026
ދަނާލްގެ ޙާދިސާ: "އައިމް ސޯ ކްލޯސް ޓު ގިވިންގ އަޕް" އޭ ބުނެ ކުރި މެސެޖާ ގުޅިގެން ފުލުހުން އެތަނަށް ދިއުމާ ދޭތެރޭ 4 ގަޑިއިރަށްވުރެ ގިނައިރު ހޭދަވި!
19 އެޕްރީލު 2026

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

19 އެޕްރީލު 2026
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
18 އެޕްރީލު 2026

މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކުރުން: ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މައުލޫމާތު ލިބޭ!

18 އެޕްރީލު 2026
މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކުރުން: ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މައުލޫމާތު ލިބޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު