Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުގެ އަދަބު

މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކައަކީ ތާއީދުހޯދަން ރައީސް ދައްކަވާ ވާހަކައެއް ނޫން، އެކަން ކުރާނަން: އިޙުސާން

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ގާނޫނު ނެގެހެއްޓުމަށްޓަކައި މި ސަރުކާރުން ކުރާނެ ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އިޙްސާން ވިދާޅުވެއްޖެ. މިކަމާ ގުޅޭ ޚާއްޞަ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މަރުގެ ޙުކުމް ނިހާއީވެފައިވާ މައްސަލަތަކުގައި އިންސާފުވެރިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ވަޒީރު ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އެޕްރީލު 2026 | ބުރާސްފަތި 05:47
ދާޚިލީ ވަޒީރު އަލީ އިޙްސާން

ދާޚިލީ ވަޒީރު އަލީ އިޙްސާން | ރައީސް އޮފީސް

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރައްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ރައްޔިތުންގެ ތާއީދު ހޯދުމުގެ ނިޔަތުގައެއް ނޫން ކަމަށާއި، މި ސަރުކާރުން އެކަން ކުރާނެކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކޯޓުގެ 3 މަރުޙަލާއިން ޙުކުމް ނިހާއީ ޙުކުމް އިއްވާފައި ހުންނަ ފަރާތްތަކުގެ އިތުރުން، ޑްރަގް މައްސަލަތަކުގައި ވެސް މަރުގެ އަދަބު ދެވޭގޮތަށް ދާދި ފަހުން ޤާނޫނަށް ބަދަލު ގެނެސްފައިވާއިރު، މަރުގެ އަދަބާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސް ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި އެ މަސައްކަތްތައް ހުއްޓާލުމަށް ރާއްޖެއާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ 10 ޖަމިއްޔާއަކުން ގޮވާލާފައިވެއެވެ.

އެކަމާ ގުޅޭގޮތުން ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒު މަރުގެ ޙުކުމުގެ ވާހަކަ ދައްކަވަމުން ގެންދަވަނީ ރައްޔިތުންގެ ތާއީދު ހޯއްދެވުމުގެ ނިޔަތުގައެއް ނޫން ކަމަށާއި، އެކަން ކުރާނީ ޤާނޫނު ނެގެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

  އަޅުގަނޑުމެން މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކަ މި ދައްކަނީ އަދި އެކަން ކުރާނީވެސް އެއީ ރާއްޖޭގެ ޤާނޫނުތަކުގައި އެކަން އޮތް ގޮތަށް ވާތީވެ، ރާއްޖޭގެ ޤާނޫނު ނަގަހައްޓައި ޤާނޫނުގައި އޮތް ގޮތަށް އެކަންކަން ކުރުމަށްޓަކައި
ދާޚިލީ ވަޒީރު އަލީ އިޙްސާން

މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒަކީ ރާއްޖޭގެ ޤާނޫނަށް ތަބާވާ އަދި ރާއްޖޭގެ ޙުކުމްތައް ތަންފީޒު ކުރައްވާނެ ބޭފުޅެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ސްޓޭންޑަކީ އެކަންކަން ތަންފީޒު ކުރުން ކަމަށެވެ. އަދި ވިދާޅުވީ، ޤާނޫނަށް ބަދަލު އަންނަންދެން އެކަންކަން ދެމި އޮންނާނީ އެގޮތަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، 3 މަރުޙަލާއިން މަރުގެ ޙުކުމް ނިހާއީ ވެފައިވާ މައްސަލަތައްވެސް އެބަހުރި ކަމަށާއި، އިންސާފުވެރިކަމާއެކު އެކަންކަން ކުރުމަށް ޤާނޫނީ ގޮތުން ކަށަވަރު ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް އައިސްފައިވާ މައްސަލަތަކަށް ބަލާއިރު، އަދުލު އިންސާފުން ބޭރުން ކޮށްފައިވާ މަރުގެ ޙުކުމެއް ފާހަގަވާން ނެތްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މަރުގެ ހުކުމްއިހުސާންއަލީ އިހުސާން

އިތުރަށް ކިޔާލަން

23 އެޕްރީލު 2026

ދަނާލްގެ ޙާދިސާ: "އައިމް ސޯ ކްލޯސް ޓު ގިވިންގ އަޕް" އޭ ބުނެ ކުރި މެސެޖާ ގުޅިގެން ފުލުހުން އެތަނަށް ދިއުމާ ދޭތެރޭ 4 ގަޑިއިރަށްވުރެ ގިނައިރު ހޭދަވި!

23 އެޕްރީލު 2026
ދަނާލްގެ ޙާދިސާ: "އައިމް ސޯ ކްލޯސް ޓު ގިވިންގ އަޕް" އޭ ބުނެ ކުރި މެސެޖާ ގުޅިގެން ފުލުހުން އެތަނަށް ދިއުމާ ދޭތެރޭ 4 ގަޑިއިރަށްވުރެ ގިނައިރު ހޭދަވި!
20 އެޕްރީލު 2026

މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: މަސްއޫދު އުމުރަށް ޖަލަށްލައި 1.25 މިލިއަން ރުފިޔާގެ ބަދަލުދޭން ޙުކުމްކޮށްފި

20 އެޕްރީލު 2026
މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: މަސްއޫދު އުމުރަށް ޖަލަށްލައި 1.25 މިލިއަން ރުފިޔާގެ ބަދަލުދޭން ޙުކުމްކޮށްފި
23 މާރިޗު 2026

މަރުގެ ޙުކުމާ ގުޅޭ ހުރިހާ ޤާނޫނީ އުސޫލެއް ތައްޔާރަށް ހުރިކަމަށް ކުރިން ޝަހީމް ވިދާޅުވެފައިވޭ، ނަމަވެސް ރައީސް މިއަދު ވިދާޅުވީ އެ މަސައްކަތް ސުމަކުން ފަށާ ވާހަކަ!

23 މާރިޗު 2026
މަރުގެ ޙުކުމާ ގުޅޭ ހުރިހާ ޤާނޫނީ އުސޫލެއް ތައްޔާރަށް ހުރިކަމަށް ކުރިން ޝަހީމް ވިދާޅުވެފައިވޭ، ނަމަވެސް ރައީސް މިއަދު ވިދާޅުވީ އެ މަސައްކަތް ސުމަކުން ފަށާ ވާހަކަ!
21 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން

21 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން
12 މާރިޗު 2026

ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން

12 މާރިޗު 2026
ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު