Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނާލްގެ ޙާދިސާ

ދަނާލްގެ ޙާދިސާ: "އައިމް ސޯ ކްލޯސް ޓު ގިވިންގ އަޕް" އޭ ބުނެ ކުރި މެސެޖާ ގުޅިގެން ފުލުހުން އެތަނަށް ދިއުމާ ދޭތެރޭ 4 ގަޑިއިރަށްވުރެ ގިނައިރު ހޭދަވި!

އެމްއެންޔޫ ދަނާލުގައި އަންހެން ކުއްޖަކު މަރުވި ހާދިސާގައި ފުލުހުން އަމަލުކުރި ގޮތުގެ ޓައިމްލައިން ދާޚިލީ ވަޒީރު ހާމަކުރެއްވިއިރު، އެ ކުއްޖާ އެހީއަށް އެދި ފޮނުވި މެސެޖުތަކަށް ފުލުހުން އިޖާބަދިނުމުގައި ލަސްތަކެއް ހުރިކަން ވަނީ ފާހަގަވެފައި. މި މައްސަލައިގައި ފުލުހުންގެ ރެސްޕޮންސް ދިޔަގޮތް ތަޖުރިބާކާރުން މެދުވެރިކޮށް ރިވިއުކުރަމުންދާ ކަމަށާއި، ދަނާލަށް ފުލުހުން ދިޔުމަށްފަހު ކޮޓަރި ހޯދުމުގައި ވަގުތު ހޭދަވީ މައުލޫމާތު ސާފުކުރުމުގައި ދިމާވި ދަތިތަކާ ގުޅިގެން ކަމަށް ވަޒީރު ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އެޕްރީލު 2026 | ބުރާސްފަތި 05:28
ދާޚިލީ ވަޒީރު އަލީ އިޙުސާން

ދާޚިލީ ވަޒީރު އަލީ އިޙުސާން | ރައީސް އޮފީސް

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ މާލޭގެ ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި ފުލުހުން އެ ޙާދިސާ ހިނގި ތަނަށް ދިއުމަށް ގިނަ އިރުތަކެއް ހޭދަވިކަން ދާޚިލީ ވަޒީރު އަލީ އިޙުސާން ހިއްސާކުރެއްވި ޓައިމްލައިންއިން ހާމަވެއްޖެއެވެ.

ދަނާލްގައި ހިނގި ޙާދިސާއާ ގުޅޭގޮތުން މިނިސްޓަރ ހިއްސާކުރެއްވި ޓައިމްލައިނަށް ބަލާއިރު، އެންމެ ފުރަތަމަ އަންހެން ކުއްޖާ ކުރި މެސެޖާއި ފުލުހުންގެ ކޮމާންޑު ސެންޓަރަށް އެކަމުގެ ރިޕޯޓު ކުރުމާ ދެމެދު 4 ގަޑިއިރު ހޭދަވެފައިވާކަން އެނގެއެވެ. އަދި އޭނާ ވައިބަރ މެދުވެރިކޮށް މެސެޖު ކުރަމުންދިޔައިރު ފުލުހުންގެ ފަރާތުން ރިޕްލައިއެއް ނައިސްވެސް ވަގުތުތަކެއް ހޭދަވެގެން ދިޔައެވެ.

އެހެންވެ އެކަމާ ގުޅޭގޮތުން ރާއްޖެޓީވީން ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ، މިބާވަތުގެ މައްސަލަތައް ބަލާ ޕްރޮފެޝަނަލް ފަރާތްތަކުން މި ޓައިމްލައިން ރިވިއު ކުރާނެ ކަމަށާއި، ފުލުހުންގެ ފަރާތުން މައްސަލައަށް އެޓެންޑުވެފައިވާ ގޮތްވެސް ބަލާނެ ކަމަށެވެ. އަދި ކަމުގެ ތަޖުރިބާކާރުން ބަލަންޖެހޭ ކަންކަން ބެލުމުން، އެކަމުގެ ތަފްސީލު ފަހުން ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބާވަތުގެ ކަންކަން ރިވިއުކުރާ ޕްރޮފެޝަނަލް ފަރާތްތަކުން މި ޓައިމްލައިންވެސް ރިވިއު ކުރާނެ އަދި އަޅުގަނޑުމެންގެ ރެސްޕޮންސް ދިޔަގޮތްވެސް ބަލާނެ، އެކްސްޕާޓުންގެ ފަރާތުން އެ ފީޑްބެކް ލިބުނީމަ އަޅުގަނޑުމެން ތިބޭފުޅުންނަށް ދަންނަވާނަން ޓައިމްލައިންގައި ރެސްޕޮންޑް ކުރެވިފައިވާ ގޮތް އިނގޭތޯ
ދާޚިލީ ވަޒީރު އަލީ އިޙުސާން

މީގެ އިތުރުން، ދަނާލަށް ފުލުހުން އެރޭ ދަންވަރު 1:08 ގައި ގޮސްފައިވާއިރު، އެ ކުއްޖާ ހުރި ކޮޓަރި ހޯދިފައިވަނީ އޭގެ އިރުތަކެއް ފަހުން 1:32 ގައެވެ. އެކަމާ ގުޅިގެން ރާއްޖެޓީވީން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ، އެއީ ދަންވަރުގެ ވަގުތަށް ވުމާއެކު، އެތަނުގައި ހުރި މުވައްޒަފުގެ ފަރާތުން ގުޅަންޖެހޭ ފަރާތްތަކަށް ގުޅައި ހޯދަންޖެހޭ މައުލޫމާތު ހޯދުމަށް ވަގުތުތަކެއް ހޭދަވީ ކަމަށެވެ.

އޭގައި 1:32 އާ ހިސާބަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު އެގަޑީގައި ދަންވަރުގެ ވަގުތު ވީމަ އެގަޑީގައި އެތާ ތިބި، ހުރި މުވައްޒަފެއްގެ ފަރާތުން ލިބުނު އެހީތެރިކަމާ އަދި އެ މުވައްޒަފު ގުޅަންޖެހޭ ފަރާތްތަކަށް ގުޅައިގެން އެ މައުލޫމާތު ހޯދުމަށް ދިޔަ ވަގުތު ގޮސްފައިވަނީ
ދާޚިލީ ވަޒީރު އަލީ އިޙުސާން

މިނިސްޓަރ ހިއްސާ ކުރެއްވި ޓައިމްލައިނަށް ބަލާއިރު، އޭނާ އެންމެ ފުރަތަމަ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓަށް މެސެޖެއް ކޮށްފައިވަނީ އެރޭ 20:40 ގައެވެ. މެސެޖުގައި އޮތީ "އައިމް ސޯ ކްލޯސް ޓު ގިވިންގ އަޕް" އެވެ. ފުލުހުން އެއަށް ޖަވާބު ދީފައިވަނީ އޭގެ 9 މިނެޓު ފަހުން 20:49 ގައެވެ. އޭގެ ފަހުން އަނެއްކާވެސް އެ ކުއްޖާ އިތުރު މެސެޖުތަކެއް ފުލުހުންނަށް ކޮށްފައިވެއެވެ. އެގޮތުން އޭނާގެ ހިޔާލުތަކުގެ މައްޗަށް ކޮންޓްރޯލެއް ނެތް ކަމަށާއި، އޭނާ މިހާރު ރަނގަޅު ކަމަށާއި، ހިނގާލަން ދަނީކަމަށް ބުނެވެސް މެސެޖުކޮށްފައިވެއެވެ. ނަމަވެސް އެ މެސެޖުތަކަށް ފުލުހުންގެ ފަރާތުން ޖަވާބެއް ދީފައެއް ނުވެއެވެ.

އޭގެ ފަހުން އަނެއްކާވެސް އެރޭ ދަންވަރު 12:38 ގައި އޭނާ ވަނީ "އައި އޭމް ގޯން" ޖަހާފައި މެސެޖެއް ކޮށްފައެވެ. އެއީ އޭނާ ފުލުހުންނަށް ކުރި ފަހު މެސެޖެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ކޮމާންޑް ސެންޓަރަށް ގުޅައި އެތަނަށް ގޮސްދިނުމަށް އެދިފައިވަނީ އެރޭ ދަންވަރު 01:03 ގައެވެ.

 

 

 

އިހުސާންހޯމްލޭންޑް ސެކިއުރިޓީދަނާލްގައި ހިނގި ޙާދިސާ

އިތުރަށް ކިޔާލަން

21 މާރިޗު 2026

އިރާނުން ތަންތަނަށް ޙަމަލާދީފިއޭ ކިޔަމުންދަނީ ޤައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް އެމެރިކާއިން ހިންގާ ޕްރޮޕަގެންޑާގެ ދަށުން: ސްޓޭޓް މިނިސްޓަރ ސިއްދީޤު

21 މާރިޗު 2026
އިރާނުން ތަންތަނަށް ޙަމަލާދީފިއޭ ކިޔަމުންދަނީ ޤައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް އެމެރިކާއިން ހިންގާ ޕްރޮޕަގެންޑާގެ ދަށުން: ސްޓޭޓް މިނިސްޓަރ ސިއްދީޤު
21 މާރިޗު 2026

މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ ސްޓޭޓް މިނިސްޓަރު ސިއްދީޤު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ!

21 މާރިޗު 2026
މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ ސްޓޭޓް މިނިސްޓަރު ސިއްދީޤު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ!
21 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން

21 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން
12 މާރިޗު 2026

ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން

12 މާރިޗު 2026
ހަނގުރާމައެއް ފެށުމުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތޭ ޤައުމުގެ ވެރިޔާ ވިދާޅުވި ހިސާބުން އެނގުނީ ސަރުކާރު އެފަދަ ޙާލަތަކަށް ތައްޔާރު ނޫންކަން: އިޙުސާން
05 މާރިޗު 2026

ހަނގުރާމައަށް ދިޔަ ބައެއްގެ ތެރެއިން ތުރުކީގެ ޖަލެއްގައި ތާށިވެފައި ހުރި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ އަނބުރާ ރާއްޖެ ގެނެސްފި

05 މާރިޗު 2026
ހަނގުރާމައަށް ދިޔަ ބައެއްގެ ތެރެއިން ތުރުކީގެ ޖަލެއްގައި ތާށިވެފައި ހުރި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ އަނބުރާ ރާއްޖެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު