Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ. ހޯރަފުށި

ހޯރަފުށީގެ ތަރައްގީގެ ހުރިހާ ވައުދެއް ''ޖަމަލު ފޮޑިއަށް ވަނީ ބަދަލުވެފައި'' ، އިންތިޚާބާ ދިމާކޮށް އާދަޔާ ހިލާފު ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއު ވެސް ފެށި!

18 އެޕްރީލު 2026 | ހޮނިހިރު 08:56

ހއ. ހޯރަފުށީގެ ތަރައްގީއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާތީ އެރަށު ކައުންސިލްގެ ރައީސް ވަހީދު ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ވަހީދު ވިދާޅުވީ އިންތިޚާބާ ދިމާކޮށް ބިން ހިއްކުމުގެ މަޝްރޫއު ފެށި ނަމަވެސް، މިހާރު އެ މަސައްކަތް ހުއްޓިފައިވާ ކަމަށް. މީގެ އިތުރުން އައު އައިސްޕްލާންޓެއް ގާއިމް ކުރުމާއި، ޒަމާނީ ބަށިކޯޓު، ވޯޓަރސްޕޯޓް ސެންޓަރުގެ އިތުރުން ފިޒިޔޮތެރަޕީ ސެންޓަރެއް ގާއިމް ކުރުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 18 އެޕްރީލު 2026 | ހޮނިހިރު 08:56
ފަށާއިރު ޕްރޮގްރާމްގައި އެރަށުގެ ކައުންސިލް ރައީސް މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ.

ފަށާއިރު ޕްރޮގްރާމްގައި އެރަށުގެ ކައުންސިލް ރައީސް މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހއ. ހޯރުފުށީގެ ތަރައްގީއަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ''ޖަމަލު ފޮޑިއަށް ބަދަލުވެފައިވާ ކަމަށާއި، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ތިން އިންތިޚާބާ ދިމާކޮށް އާދަޔާ ހިލާފު ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއު ވެސް ފެށި ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަހީދު ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ތިން އިންތިޚާބާ ދިމާކޮށް މުޅި ރާއްޖޭގައި އާދަޔާ ހިލާފު ކަންކަން ހިނގި ގޮތަށް އެރަށުގައި ވެސް ގިނަ ކަންކަން ކުރިއަށް ގެންދިޔަ ކަމަށެވެ.

އެގޮތުން އެންމެ އާދަޔާ ހިލާފު ގޮތަކަށް ކުރިއަށް ގެންދިޔައީ ބިން ހިއްކުމުގެ މަޝްރޫއު ކަމަށާއި، މިހާރު އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި އިންތިޚާބުގައި ހިނގި އެންމެ އާދަޔާ ހިލާފު ކަންތަން ދަންނަވަންތޯ.  ހޯރަފުށީގެ ބިން ހިއްކުމުގެ ވާހަކަ. އަޅުގަނޑު އޭރު ވެސް ދެންނެވިން ހުޅަނގު ފަރާތުގައި އޭރު ވެސް ހައިމާކު ގެންގޮސްފައި ހާކާލާފައި ނުބަޗައްޗޭ. ހަމައެހެންމެ ބަންކަރަންގެ ޚިދުމަތަށް ހެދި ގޮތަށް  ރައްޔިތުންނަށް އޮޅުވާލުމެއްގެ ތެރެއިން ބިން ހިއްކަނީ އޭ ކިޔާފައި ނުފަށައްޗޭ.  މިއަދު ވެސް އަޅުގަނޑުމެންނަށް ފެނޭ  އެސަރަހައްދުގައި ވެލި ބަސްތާތަކެއް ޖަހާފައި  ޕްރޮޖެކްޓްގެ ބޯޑު އެތަނުގައި ބަހައްޓާފައި ހުރިތަން. އޭރު އަޅުގަނޑުމެން އުންމީދު ކުރީ ހަމަ ދެންމެ ދެންމެ ފަށާފާނެހެން.  އެހެންނަމަވެސް މިއަދުގެ ހާލަތަކީ އެ ބަސްތާތަށް އެތަނުގައި ބެހެއްޓި ގޮތަށް ހުރީ. އެހެންނަމަވެސް އަޅުގަނޑުމެން މިކައުންސިލްގައި ބާކީ މިއޮތް ދުވަސްތަކުގައި ވެސް ހަމަ ސަރުކާރަށް ރީތި ގޮތުގައި ޕްރެޝަރ ކުރާނަން މި ދަންނަވާ ތަރައްގީގެ މަޝްރޫއުތައް ވީހާ ވެސް އަވަހަށް ފެށުމަށްޓަކައި. 
ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު

މީގެ އިތުރުން ވަހީދު ވިދާޅުވީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ރަށު ތަރައްގީ އަށް ރައީސް މުއިއްޒު ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށެވެ.

އެގޮތުން އައު އައިސްޕްލާންޓެއް ގާއިމް ކުރުމާއި، ޒަމާނީ ބަށިކޯޓު، ވޯޓަރސްޕޯޓް ސެންޓަރުގެ އިތުރުން ފިޒިޔޮތެރަޕީ ސެންޓަރެއް ގާއިމް ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކުރީ ސަރުކާރުގެ މަޝްރޫއުތަކާއެކު، ހުރިހާ ވައުދެއް ޖަމަލު ފޮޑިއަށް ވެފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

މުހައްމަދު ވަހީދު ހއ. ހޯރަފުށި

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 އެޕްރީލު 2026

ހޯރަފުށީގެ ތަރައްގީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި، 12.5 މިލިއަން ރުފިޔާގެ ބޮޓްލިން ޕްލާންޓު ވެސް ދަބަރަށްވެ ގެއްލިގެން ދިއުމުގެ ބިރުއެބައޮތް: ވަހީދު

17 އެޕްރީލު 2026
ހޯރަފުށީގެ ތަރައްގީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި، 12.5 މިލިއަން ރުފިޔާގެ ބޮޓްލިން ޕްލާންޓު ވެސް ދަބަރަށްވެ ގެއްލިގެން ދިއުމުގެ ބިރުއެބައޮތް: ވަހީދު
28 މާރިޗު 2026

ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި

28 މާރިޗު 2026
ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި
23 މާރިޗު 2026

އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް

23 މާރިޗު 2026
 އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް
15 މާރިޗު 2026

ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

15 މާރިޗު 2026
ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
19 ފެބުރުއަރީ 2026

މަރާލާނެކަމަށް ބުނެ ބިރުދެއްކި މީހަކު 15 ދުވަހަށް ބަންދުކޮށްފި

19 ފެބުރުއަރީ 2026
މަރާލާނެކަމަށް ބުނެ ބިރުދެއްކި މީހަކު 15 ދުވަހަށް ބަންދުކޮށްފި
28 ޑިސެމްބަރު 2025

ހޯރަފުށީ އެއަރޕޯޓުގެ ސެކިއުރިޓީ އަށް ވަޅިން ބިރުދައްކާ އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީސް ފަޅާލައިފި

28 ޑިސެމްބަރު 2025
ހޯރަފުށީ އެއަރޕޯޓުގެ ސެކިއުރިޓީ އަށް ވަޅިން ބިރުދައްކާ އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީސް ފަޅާލައިފި
31 އޮކްޓޯބަރު 2025

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

31 އޮކްޓޯބަރު 2025
ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް
21 އޮކްޓޯބަރު 2025

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

21 އޮކްޓޯބަރު 2025
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
05 ސެޕްޓެމްބަރު 2025

ނޫސްވެރިކަމުގެ މިނިވަންކަން ކޮންޓްރޯލް ކުރާ ބިލަކީ މި ސަރުކާރުގެ މުނާފިގުކަން ދައްކުވައިދޭ މިސާލެއް: ވަހީދު

05 ސެޕްޓެމްބަރު 2025
ނޫސްވެރިކަމުގެ މިނިވަންކަން ކޮންޓްރޯލް ކުރާ ބިލަކީ މި ސަރުކާރުގެ މުނާފިގުކަން ދައްކުވައިދޭ މިސާލެއް: ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް