Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ. ހޯރަފުށި

ހޯރަފުށީގެ ތަރައްގީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި، 12.5 މިލިއަން ރުފިޔާގެ ބޮޓްލިން ޕްލާންޓު ވެސް ދަބަރަށްވެ ގެއްލިގެން ދިއުމުގެ ބިރުއެބައޮތް: ވަހީދު

17 އެޕްރީލު 2026 | ހުކުރު 08:49

ކުރީގެ ސަރުކާރުގައި ހޯރަފުށީގައި ހިންގި އެއާޕޯޓާއި، މަގު ހެދުމާއި، ބޮޓްލިންގ ޕްލާންޓް ފަދަ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ ސަބަބުން ރަށުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނުކަން ކައުންސިލް ރައީސް ފާހަގަކުރެއްވި. ނަމަވެސް ވެރިކަން ބަދަލުވުމާއެކު ނިމިފައިވާ ބައެއް އިމާރާތްތައް ބޭނުންނުކޮށް ވީރާނާވާން ދޫކޮށްލާފައިވާތީ، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް މެދުކެނޑިފައިވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 17 އެޕްރީލު 2026 | ހުކުރު 08:49
ފަށާއިރު ޕްރޮގްރާމްގައި ހއ. ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ.

ފަށާއިރު ޕްރޮގްރާމްގައި ހއ. ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި ހއ. ހޯރަފުށީގެ ތަރައްގީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށް ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވަހީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެރަށް ރައްޔިތުން ބޭނުންވާ ތަރައްގީ ލިބިފައިވާ ކަމަށާއި، ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު، މަޝްރޫއުތައް ހުއްޓި، ތަރައްގީގައި ވަރަށް ނިކަމެތި ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިދިޔަ ސަރުކާރުގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ ހޯރަފުށީ އެއާޕޯޓުގެ މަޝްރޫއަކީ ޝަރަފުވެރި މަޝްރޫއެއް ކަމަށާއި، އެމަޝްރޫއާއެކު މުޅި ރަށުގެ އިގްތިސާދު އެކުއެކީގައި ބަދަލުވެފައިވާ ކަމަށެވެ. ގެސްޓްހައުސް ވިޔަފާރި ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލު އެތައް ގުނައަކުން ރަނގަޅުވި ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ވަހީދު ވިދާޅުވީ މޫދަށް އެރި، ކުޅިވަރު ކުޅެވޭނެ ގޮތަށް ބީޗްތަކެއް ތަރައްގީ ކުރެވުނު ކަމަށާއި،  އައުޓްޑޯ ޖިމްއާއި، ވޮލީ ކޯޓު އަދި ޓާފް ދަނޑެއް ތަރައްގީ ކުރެވުނު ކަމަށެވެ. ފޭސް-1 މަގުތައް ޒާމާނީ ފެންވަރަށް ތަރައްގީ ކޮށް، ރަށުން އައިސް ލިބޭ ގޮތް ހެދުމަށްޓަކައި އައިސްޕްލާންޓެއް ގާއިމް ކުރެވުނު ކަމަށާއި، ޖޭޖޭ ޔުނިޓެއް ގާއިމް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 12.5 މިލިއަން ރުފިޔާގެ ބޮޓްލިން ޕްލާންޓެއް ތަރައްގީ ކުރެވުނު ކަމަށާއި، ނަމަވެސް މިހާރު އެއިމާރާތް ދަބަރަށް ވާން ދޫކޮށްލާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ. 

ބޮޓްލިންގ ޕްލާންޓެއް އެންމެ މިޒަމާނު ފެންވަރަށް ތަރައްގީ ކުރެވިއްޖެ. ޚިދުމަތާ ހަމައަށް ގެނެސްދެވުނު. އެހެންނަމަވެސް ސަރުކާރު ބަދަލުވުމާ ހަމައަށް އަދިވެސް އެތަނުގައި އުޅުނު މުވައްޒަފުން ކަނޑާ އެއްލާލި ގޮތަށް އެތަން ހުރީ ދަނބަރަށްވާން ދޫކޮށްލާފައި. ބައްލަވާ މިދައްކަނީ 12.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ވާހަކަ އެނގޭތޯ. އަދި ހަމައެހެންމެ އަޅުގަނޑުމެންގެ މިރަށުގައި ބާވެ ވީރާނަވަމުން ދިޔަ ހުރިހާ އިމާރާތްތައް އައު އިމާރާތްތަކަށް އަޅުގަނޑުމެންނަށް ބަދަލު ކޮށްލެވުނު. އަދި ކޮބާ ޚާއްސަކޮށް ހޯރަފުށީ އެއާޕޯޓު. އެއީ އަޅުގަނޑުމެންގެ އެންމެ ޝަރަފުވެރި ޕްރޮޖެކްޓް. އެއާޕޯޓު ވެސް އަޅުގަނޑުމެންނަށް އެ ނިންމާލެވުނީ. މިއަދު ރޭގަނޑުގެ ދަތުރުތަކާއި ދުވާލުގެ ދަތުރުތަކާ ފަތުރުވެރިން ހޯރަފުއްޓަށް މިދަތުރުކުރަމުންދާ މަންޒިލަކަށް މިބަދަލުވީ އެއާޕޯޓުގެ ސަބަބުން.

މީގެ އިތުރުން ވަހީދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ފެނަކަ އައު އޮފީސް އިމާރާތް ނިންމާލި ނަމަވެސް ވެރިކަން ބަދަލުވުމާއެކު އެ މަޝްރޫއު ހުއްޓިފައިވާ ކަމަށާއި، އެ އިމާރާތް ވީރާނާވާން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިތުރަށް ތަރައްގީ ނުގެނެވި، ރައްޔިތުންނަށް ޚިދުމަތް ނުދެވި ފާއިތުވެގެންދާ ހުރިހާ ދުވަހެއް ޒިންމާ މިސަރުކާރުން ނަގަން ޖެހޭ ކަމަށެވެ. 

ހއ. ހޯރަފުށިހޯރަފުށީ އެއަރޕޯޓްމުހައްމަދު ވަހީދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 މާރިޗު 2026

ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި

28 މާރިޗު 2026
ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި
23 މާރިޗު 2026

އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް

23 މާރިޗު 2026
 އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް
15 މާރިޗު 2026

ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

15 މާރިޗު 2026
ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
19 ފެބުރުއަރީ 2026

މަރާލާނެކަމަށް ބުނެ ބިރުދެއްކި މީހަކު 15 ދުވަހަށް ބަންދުކޮށްފި

19 ފެބުރުއަރީ 2026
މަރާލާނެކަމަށް ބުނެ ބިރުދެއްކި މީހަކު 15 ދުވަހަށް ބަންދުކޮށްފި
02 ފެބުރުއަރީ 2026

ހޯރަފުށީ އެއަރޕޯޓްގެ ލަގެޖް ސްކޭން ކުރާ މެޝިނު ހަލާކުވެފަ ހުންނަތާ 5 މަސް ދުވަސް: ސީނިއަރ މެނޭޖަރ އަހުމަދު ވަލީދު

02 ފެބުރުއަރީ 2026
ހޯރަފުށީ އެއަރޕޯޓްގެ ލަގެޖް ސްކޭން ކުރާ މެޝިނު ހަލާކުވެފަ ހުންނަތާ 5 މަސް ދުވަސް: ސީނިއަރ މެނޭޖަރ އަހުމަދު ވަލީދު
28 ޑިސެމްބަރު 2025

ހޯރަފުށީ އެއަރޕޯޓުގެ ސެކިއުރިޓީ އަށް ވަޅިން ބިރުދައްކާ އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީސް ފަޅާލައިފި

28 ޑިސެމްބަރު 2025
ހޯރަފުށީ އެއަރޕޯޓުގެ ސެކިއުރިޓީ އަށް ވަޅިން ބިރުދައްކާ އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން އޮފީސް ފަޅާލައިފި
31 އޮކްޓޯބަރު 2025

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

31 އޮކްޓޯބަރު 2025
ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް
21 އޮކްޓޯބަރު 2025

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

21 އޮކްޓޯބަރު 2025
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
05 ސެޕްޓެމްބަރު 2025

ނޫސްވެރިކަމުގެ މިނިވަންކަން ކޮންޓްރޯލް ކުރާ ބިލަކީ މި ސަރުކާރުގެ މުނާފިގުކަން ދައްކުވައިދޭ މިސާލެއް: ވަހީދު

05 ސެޕްޓެމްބަރު 2025
ނޫސްވެރިކަމުގެ މިނިވަންކަން ކޮންޓްރޯލް ކުރާ ބިލަކީ މި ސަރުކާރުގެ މުނާފިގުކަން ދައްކުވައިދޭ މިސާލެއް: ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް