Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކަރަންޓު ބިލް

ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!

ރަމަޟާން މަހުގެ ކަރަންޓު ބިލުތަކަށް ސަރުކާރުން ދިން ޑިސްކައުންޓަށް ފަހު، މި މަހުގެ ބިލުތައް އާދަޔާ ހިލާފަށް ބޮޑުވުމުން އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި މައްސަލައާ ގުޅިގެން ފެނަކަ އާއި ސްޓެލްކޯއިން ބުނެފައިވަނީ ބިލުތައް ބޮޑުވަނީ ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށާއި، ބޭނުންނުކުރާ ހިދުމަތަކަށް ބިލު ނުކުރާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2026 | ބުރާސްފަތި 13:28
ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން މުޒާހަރާ ކުރަނީ.

ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން މުޒާހަރާ ކުރަނީ. | ސޯޝަލް މީޑިއާ

ރަމަޟާން މަހުގެ ކަރަންޓު ބިލަށް ދިން ބޮޑު ޑިސްކައުންޓާއެކު، ފަހުން ލިބުނު ބިލު ގަބޫލުނުކުރެވޭ މިންވަރަށް ބޮޑުވެފައިވާތީ އާއްމު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ. 

މިދިޔަ ރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލަށް އެންމެ ބޮޑުވެގެން އަރާނީ 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ 14 ނޮވެންބަރު 2025 ގަ އެވެ. ނަމަވެސް މިކަމާ ގުޅިގެން އޭރު ވެސް ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ޑިސްކައުންޓް ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ. އަދި ކަންބޮޑުވުންފާޅު ކުރި އާއްމު  ރައްޔިތުން އޭރު ބުނަމުންދިޔައީ  ޑިސްކައުންޓް ދީފި ކަމަށްވާނަމަ ދެން އަންނަ މަހެއް ބިލު ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑުވާނެ ކަމަށެވެ. 

Advertisement - newsAdvertisement

މާލެ ސަރަހައްދަށް ސްޓެލްކޯއިން ކަރަންޓު ފޯރުކޮށްދޭއިރު، އަތޮޅުތެރެއަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިންނެވެ.

ރައްޔިތުންގެ މިކަންބޮޑުވުންތަކަށް ބެލުމެއް ނެތި ރަމަޟާން މަހުގެ ބިލުން ވަނީ ބޮޑު ޑިސްކައުންޓެއް ދީފަ އެވެ. އަދި އެއާއެކު ކަރަންޓު ބިލުގައި ހިމަނައިގެން ވެމްކޯއަށް ދައްކަންޖެހޭ 150 ރުފިޔާ ވެސް ދެއްކީ ސަރުކާރުންނެވެ.

ރޯދަމަހުގެ ބިލުތަކަށް ފަހު އަދި ސްޓެލްކޯއިން ބިލުތައް ނުފޮނުވި ނަމަވެސް ފެނަކައިން ފޮނުވި ބިލުތަކުގެ އަގުތައް ބޮޑުވެ މީހުން ވަނީ ނުރުހުންފާޅު ކުރަން ފަށާފަ އެވެ. 

އެގޮތުން ރ. އަނގޮޅިތީމު ރައްޔިތުން ވަނީ ކަރަންޓު ބިލު ބޮޑުވެފައިވާތީ އެރަށުގެ ފެނަކަ އޮފީސް ކުރި މައްޗަށް އެއްވެ އަޑު އުފުލާފަ އެވެ. މިއީ އޮޅުވާލުމެއް ކަމަށާއި، މިވަރުގެ ބިލެއް ނާރާނެ ކަމަށް އެމީހުން ބުނެ އެވެ. އަދި އަލުން ކަރަންޓު ބިލުތަކުގެ ރީޑީންގ ނެގުމަށް ވެސް އެމީހުން ގޮވާލާފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން ބުނީ މިސަރުކާރުން ރައްޔިތުން ހަނާ ކުރަމުންދާ ކަމަށާއި، އަސާސީ ޚިދުމަތްތައް ނުލިބި ރައްޔިތުން ބިކަ ކުރަމުންދާ ކަމަށެވެ.  ކަރަންޓު ބިލަކީ ބޮޑު ސްކޭމެއް ކަމަށާއި، ރައްޔިތުންގެ ފައިސާއިން މަސް ކޭސް ބަހާފައި ކަރަންޓު ބިލުން ފޭރެނީ ކަމަށް އެމީހުން ބުނެ އެވެ. 

މީގެ އިތުރުން ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރި މީހެއް ބުނީ، އެގޭބިސީގެ ކަރަންޓު ބިލަށް ދުވަހަކު ވެސް 3000 ރުފިޔާ ނާރާ ކަމަށާއި، އަބަދުވެސް ލިބެނީ 1000 ރުފިޔާއަށް ވުރެ ކުޑަ ބިލު ކަމަށެވެ. ނަމަވެސް ރަމަޟާން މަހު ދިން ޑިސްކައުންޓާއެކު ބިލު ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑުވެ 3000ށް ވުރެ މަތީގެ ބިލެއް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.

ފެނަކައިން ގޭބިސީތަކަށް ފޮނުވާފައި ހުރި ކަރަންޓު ބިލުތައް.

ސޯޝަލް މީޑިއާގައި ބިލްތަކުގެ ސްކްރީންޝޮޓްތައް ދައުރުވަމުންދާއިރު، ފެނަކައިން ބުނީ ބިލު ކުރަނީ ހޯދާ ޚިދުމަތްތަކަށް ކަމަށެވެ.

1446 ވަނަ ރަމަޟާން މަހުގެ ވެސް މިސަރުކާރުން ކަރަންޓު ބިލުން ޑިސްކައުންޓް ދީފައިވެފައިވެ އެވެ. އަދި ޖެހިގެން އައި މަހު ކަރަންޓު ބިލުތައް ގަބޫލު ނުކުރެވޭ މިންވަރަށް ބޮޑުވި މައްސަލަ ފެންމެތިވި އެވެ. ކަރަންޓު ބިލާއި ފެން ބިލުން ސަރުކާރުން ވައްކަން ކުރާ ކަމުގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ސްޓެލްކޯއިންނާއި، އެމްޑަބްލިޔުއެސްސީ އަދި ފެނަކައިން މިކަން ދޮގު ކުރެ އެވެ.

ނުހޯދާ ޚިދުމަތަކަށް ބިލު ނުކުރާ ކަމަށާއި، އެގޮތަށް ތުހުމަތުތައް ކުރަނީ ބިލް ހަދާ މެކޭނިޒަމް ނޭނގޭތީ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. އެއީ ހޫނު މޫސުމާ ދިމާކޮށް ކަރަންޓާއި ފެން ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށް އެ އިދާރާތަކުން ބުނެ އެވެ. 

ސްޓެލްކޯފެނަކައެމްޑަބްލިޔުއެސްސީ ކަރަންޓު ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮންފަނުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީގެ ހުރިހާ ރުޅިއެއް ބޭލީ ފެނަކަ އެސިސްޓެންޓް މެނޭޖަރަށް

ދޮންފަނުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީގެ ހުރިހާ ރުޅިއެއް ބޭލީ ފެނަކަ އެސިސްޓެންޓް މެނޭޖަރަށް

21 އެޕްރީލު 2026
އިހަވަންދޫގައި ވެސް އިންތިޚާބާ ގުޅިގެން ގިނަ ބަޔަކަށް ވަޒީފާ ދިން، ފެނަކައިގައި އެކަނި ވެސް ގާތްގަނޑަކަށް 160 މުވައްޒަފުން ތިބޭނެ: އިންތިޚާބީ ރައީސް އަލީ ފަވާޒު

އިހަވަންދޫގައި ވެސް އިންތިޚާބާ ގުޅިގެން ގިނަ ބަޔަކަށް ވަޒީފާ ދިން، ފެނަކައިގައި އެކަނި ވެސް ގާތްގަނޑަކަށް 160 މުވައްޒަފުން ތިބޭނެ: އިންތިޚާބީ ރައީސް އަލީ ފަވާޒު

19 އެޕްރީލު 2026
މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގެ ބަދަލުގައި އިސްކަންދެނީ ސިޔާސީ ބަދަލުހިފުމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް: ކުޑޫ

މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގެ ބަދަލުގައި އިސްކަންދެނީ ސިޔާސީ ބަދަލުހިފުމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް: ކުޑޫ

17 އެޕްރީލު 2026
ކުންފުނިތަކުގެ ވެރިން ބަދަލުކުރުމުގެ ސިލްސިލާ ބޮޅު: ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރި ފަހުމީ އެމްޑަބްލިއުއެސްސީއަށް!

ކުންފުނިތަކުގެ ވެރިން ބަދަލުކުރުމުގެ ސިލްސިލާ ބޮޅު: ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރި ފަހުމީ އެމްޑަބްލިއުއެސްސީއަށް!

14 އެޕްރީލު 2026
ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ބޭފުޅުން ވެސް މިސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަނީ ލަދުވެތިކަމާއެކު!

ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ބޭފުޅުން ވެސް މިސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަނީ ލަދުވެތިކަމާއެކު!

13 އެޕްރީލު 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު