Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ެގެދޮރުވެރިޔާ ފްލެޓު

ގެދޮރުވެރިޔާ ފްލެޓުތަކުން ކުނި ނަގައި ސާފު ކޮށްދޭން ޖެހޭ، އެއީ ސަރުކާރުގެ ޒިންމާ އެއް: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ފްލެޓުތަކަށް ބަދަލުވާ ނިކަމެތި އާއިލާތަކަށް ބޮޑު އަގު ދީގެން ކުނި އުކާލުމަކީ ދަތި ކަމެއް ކަމަށް. މި ސަރުކާރަށް ރައްޔިތުންގެ ހާލަތާއި އިހުސާސްތައް ނޭނގޭ ކަމަށާއި، ރައްޔިތުންނަށް ސަރުކާރުން އެހީތެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި. އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްނަމަ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ހުރިހާ އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 14:44
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

މިސަރުކާރުން ގެދޮރުވެރިޔާ ފްލެޓުތަކުން ކުނި ނަގައި ސާފު ކޮށްދޭން ޖެހޭ ކަމަށާއި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ޒިންމާ ނަގަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިބްރާހިމް ރަޝީދު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިމާރާތް ކުރި ގެދޮރުވެރިޔާ ފްލެޓުތައް ގޮނޑުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެއްވެސް ކަހަލަ ރަނގަޅު އިންތިޒާމެއް ހަމަ ޖައްސާފައިނުވާ ކަމަށާއި، ރައްޔިތު މީހާ އަށް ލުއި ފަސޭހަވާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އިބްރާހިމް ރަޝީދު ވިދާޅުވީ ކުނި އުކުމަކީ ފްލެޓުގެ ވެރިން ކުރަން ޖެހޭ މަސައްކަތެއް ކަމަށް ބުނެ، އެފްޑީސީން ޒިންމާއިން ބަރީއަ ނުވެވޭނެ ކަމަށާއި، އަލަށް ތަނަކަށް އާއިލާތަކަކުން ބަދަލުވާއިރު، ކުނި އުކާލެވޭ ފަސޭހަ ގޮތެއް ހަމަ ޖައްސައިދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ގެދޮރުވެރިޔާ ފްލެޓުތަކަށް ބަދަލުވަނީ ފަތުރުވެރިން ނޫން ކަމަށެވެ. 

ފްލެޓުތަކަށް ބަދަލުވާ ގިނަ އާއިލާތަކަކީ ވަރަށް ހާލުގައި ދިރިއުޅުމަށްފަހު ބަދަލުވާ އާއިލާތަކެއްކަން ފާހަގަކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ ކުނި އުކާލަ ދެނީ ބޮޑު އަގު ދީގެން ކަމަށާއި، އެފައިސާއިން ކުނި އުކުމަށްވުރެ މުހިންމު ކަންކަން ކުރަން ހުންނަ ކަމަށެވެ. އަދި މިސަރުކާރަށް ރައްޔިތުންގެ ހާލަތާއި ވިންދު ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކުނި އުކަނީ ބޮޑު އަގެއް ދީގެން. ހަގީގަތުގައި މިސަރުކާރަށް ރައްޔިތުންގެ ހިތުގެ ވިންދެއް ނޭނގޭ. ރައްޔިތުންގެ ހާލަތެއް ވެސް ނޭނގޭ. މިހާރު ފަހި ދިރިއުޅުން ކޯޕްރޭޝަންގެ 4000 ފްލެޓުގެ ތެރެއިން ބާކީ 200 ފްލެޓު ފިޔަވައި ހުރިހާ ފްލެޓަކަށް މީހުން ވައްދައިފި. އެއީ އަނެއްހެން ދަންނަވަންޏާ 3،800 އާއިލާ. 2،300 އާއިލާ ބްރިޖުގެ އެއްކޮޅުން އަނެއް ކޮޅަށް އަތުރާލަބަލަ. މާލޭގެ ބްރިޖުން ފެށިގެން ހުޅުމާލޭ ފޭސް-2 3،000 އާއިލާ އަތުރާލީމާ ސިފަ ވަނީ ކިހިނެއް. 3،000 އާއިލާ މި ވަންނަނީ އެތަނަށް. ހިޖުރަ ކުރަނީ. ވަރަށް ނިކަމެތި ހާލަތުގައި ވަންނާނެ ތަން ނެތި ކުއްޔަށް ހިފައިގެން ތިބި ބައެއް އޭނާ ނިދާ ގޮދަނޑި ގަނޑާ ، ގެންގުޅޭ ތަށި ކޮޅާ މިއެއްޗެހި ހިފައިގެން ހިޖުރަ ކުރަނީ. ރެފިއުޖީން ގޮތަށް. ދައުލަތެއް ވިންދެއް ހުރި ނަމަ ނުވަތަ ރައްޔިތުންގެ އިހުސާސްއެއްހުރި ނަމަ އެކަން ކުރެވޭނަމަ މިތާގައި އޮންނާނެ ޑިޒާސްޓަރ މެނޭޖްމަންޓު. އެތަން ދިޔަ ރައްޔިތުންނަކީ ކުނި އުކޭ ފަދަ ހާލަތެއްގައި ތިބި ބައެއް ނޫން. އަގަޔާ އަތާ ދިމާ ނުވާ ރައްޔިތުން ގިނައިން ތިބީ. ސަރުކާރެއްގެ ޒިންމާއެއް އެއީ އެމީހުންނަށް އެހީތެރިވުން. އެމީހުންނަށް އެއްޗެހި އުފުލާ ދިނުން 
މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު 

އެފްޑީސީ އަދި އެޗްޑީސީއަށް އިޝާރަތް ކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ މަސައްކަތް ކުރަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ނޫން ކަމަށެވެ. ކުނި އަޅާނަމަ ފްލެޓު އެއްބަސްވުން ބާތިލް ކުރާނެ ކަމުގެ އިންޒާރު ދިން ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި، ފްލެޓުތަކަކީ ރައްޔިތުންގެ ފައިސާއިން އިމާރާތް ކޮށްފައިވާ ތަންތަން ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އިބްރާހިމް ރަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްނަމަ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ހުރިހާ އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީ ވެރިކަމެއް ގެނައުމަށް ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އޭނާ ގޮވާލެއްވި އެވެ.  

އިބްރާހިމް ރަޝީދުފަހި ދިރިއުޅުން ކޯޕަރޭޝަންގެދޮރުވެރިޔާ ފްލެޓްގެދޮރުވެރިޔާ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ގެދޮރުވެރިޔާ ފްލެޓު ސަރަހައްދު ކުނި ގޮނޑަކަށް: މުޅި ސަރަހައްދުން ދުވާ ވަހުން ނޯށްދަމާ ނުލެވޭ!

ގެދޮރުވެރިޔާ ފްލެޓު ސަރަހައްދު ކުނި ގޮނޑަކަށް: މުޅި ސަރަހައްދުން ދުވާ ވަހުން ނޯށްދަމާ ނުލެވޭ!

09 ފެބުރުއަރީ 2026
ގެދޮރުވެރިޔާ ފްލެޓުތައް ގޮނޑުވެ، ޓަވަރުތަކުގެ ތިރީގައި ''ފުޅަ'' ފެތުރެނީ

ގެދޮރުވެރިޔާ ފްލެޓުތައް ގޮނޑުވެ، ޓަވަރުތަކުގެ ތިރީގައި ''ފުޅަ'' ފެތުރެނީ

09 ފެބުރުއަރީ 2026
ވަކި ގޮތަކަށް ކުނި ނައްތާނުލާނަމަ ފްލެޓް އެއްބަސްވުން ބާތިލް ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމުން އަލީ ހުސައިން ގެ ރައްދެއް އެފްޑީސީ އަށް!

ވަކި ގޮތަކަށް ކުނި ނައްތާނުލާނަމަ ފްލެޓް އެއްބަސްވުން ބާތިލް ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމުން އަލީ ހުސައިން ގެ ރައްދެއް އެފްޑީސީ އަށް!

08 ފެބުރުއަރީ 2026
ލޭންޑްޔޫސް ޕްލޭން ބަދަލުކޮށް، އެގްރީމެންޓްތައް ބާތިލް ކުރަނީ ޕާޓީ ކުދިންނަށް ގޯއްޗާއި ފްލެޓް ތައް ބަހާލަން!

ލޭންޑްޔޫސް ޕްލޭން ބަދަލުކޮށް، އެގްރީމެންޓްތައް ބާތިލް ކުރަނީ ޕާޓީ ކުދިންނަށް ގޯއްޗާއި ފްލެޓް ތައް ބަހާލަން!

30 ޖެނުއަރީ 2026
މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި

މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު