Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯހިޔާވަހިކަން

ލޭންޑްޔޫސް ޕްލޭން ބަދަލުކޮށް، އެގްރީމެންޓްތައް ބާތިލް ކުރަނީ ޕާޓީ ކުދިންނަށް ގޯއްޗާއި ފްލެޓް ތައް ބަހާލަން!

ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ވެގެން ދިޔައިރުވެސް އެމްޑީޕީ ސަރުކާރުން ކަށަވަރު ކޮށްދިން ގެދޮރުވެރިޔާ ފްލެޓްތައް ހައްގުވެރިންނަށް ހަވާލެއް ނުކުރެވުނު. ހުޅުމާލޭ ފޭސް 3 ގެ ލޭންޑް ޔޫސް ޕްލޭން ބަދަލު ކޮށް ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތަކުގެ ރަޖިސްޓްރީ ބާތިލް ކުރުމާއި 400 އެއްހާ ފަރާތަކަށް ދޫކޮށްފައިވާ ފްލެޓްތައް ބާތިލް ކުރުމަށް ވަނީ ނިންމާފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 14:45
އެމްޑީޕީ ސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފްލެޓްގެ އެއްބަސްވުންތައް ބާތިލްކޮށް، އުސޫލުން ބޭރުން ސަރުކާރުން ބޭނުން ބަޔަކަށް ބަހާ ކަމުގެ ތުހުމަތު ގިނަ ފަރާތްތަކަކުން ކުރޭ

އެމްޑީޕީ ސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފްލެޓްގެ އެއްބަސްވުންތައް ބާތިލްކޮށް، އުސޫލުން ބޭރުން ސަރުކާރުން ބޭނުން ބަޔަކަށް ބަހާ ކަމުގެ ތުހުމަތު ގިނަ ފަރާތްތަކަކުން ކުރޭ | ރާއްޖެ އެމްވީ

އެމީހަކަށް ލިބިފައި އޮތް އެއްޗެއް، ލިބިފައި އޮތް ތަނަކުން، ލިބިފައި އޮތް ގޮތަކަށް އަދި އެޔަށް ވުރެ ވެސް ފުރިހަމަ އަށް ދެއްވާނެ ކަމުގެ ވައުދާއިއެކު، ވެރިކަމަށް ވަޑައިގެންނެވި، ރައީސް މުއިއްޒު ރައްޔިތުންނަށް ކެމްޕެއިންގައި ދެއްވި އުއްމީދާއި، ވެވަޑައިގެންނެވި ވައުދުތަކުގެ މަތިން އެމަނިކުފާނު ހަނދުމަފުޅު ނެތެއް ކަމަކު، އެހެން މީހުންގެ ހަނދާނަކުން އެކަމެއް ފިލައިގެން ނުދެ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވަން ވެސް ޖެއްސެވި އެންމެ ބޮޑު މަޅިއަކީ ގޯތި ގެދޮރުގެ ވާހަކަ އެވެ. މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރައްޔިތުންގެ ވިންދާއި އެންމެ ބޮޑަށް ގުޅޭނެ، އެމީހުންގެ އިހްސާސްތަކާއި އެންމެ ބޮޑަށް ކުޅެވޭނެ ވާހަކައަކީ، ގޯތި ގެދޮރުގެ ވާހަކަ ކަން ރައީސް މުއިއްޒު އަށް ވުރެ ބޮޑަށް އެނގިވަޑައިގަންނަވާނެ މީހަކު ވަކި ނުހުންނާނެ އެވެ. 

 ކޮންމެއަކަސް ރައްޔިތުން ޖަޒުބާތުގަ ޖައްސާ އޮޅުވާލި ބޮޑު އޮޅުވާލުމާއެކު މަޖިލީހުގެ މެޖޯރިޓީ ވެސް އެމަނިކުފާނަށް ރައްޔިތުން ދިނީ އެވެ. ގޯތި ގެދޮރު އަވަހަށް ލިބޭނެ ކަމުގެ ފޮނި އުއްމީދުގަ އެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް، އެކި ފަހަރު އެކި ވާހަކަ ދައްކަވަމުން، އެކި ބަހަނާ ދައްކަވަމުން، އެކި އުސޫލު ހައްދަވަމުން، އެކި ގޮތްގޮތަށް ލޭންޑް ޔޫސް ޕްލޭން ހައްދަވަމުން، އާއްމު ރައްޔިތުންގެ ގޯއްޗާއި ފްލެޓްގެ ކަންތައްތައް ފަސްކުރައްވަމުން އެގެންދެވަނީ ސަރުކާރަށް ކޮން ކަމެއް ހާސިލް ނުވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެމްޑީޕީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އުވާލާ، ރަޖިސްޓްރީތައް ބާތިލްކޮށް ލިސްޓްތައް ގަޑުބަޑުކޮށް، އެކިފަހަރު އެކި ތާރީހު ދެއްވާ، އެކި ގޮތައް ވާހަކަ ބަދަލުކުރައްވާ އެއުޅުއްވަނީ އިންތިހާބުތަކާ ދިމާކޮށް ނާޖާއިޒު ފާއިދާ ތަކެއް ނަގަން ކަމަށް ގިނަ ބަޔަލު ދިޔައީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ތުހުމަަތު ކުރަމުންނެވެ. 

ދޮގުގެ ގަނޑުވަރުތަކެއްގެ މައްޗަށް ބިނާ ކުރި، ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ވެގެން ދިޔަ އިރު ވެސް ގެ އެމްޑީޕީ ސަރުކާރުން އެޅި ގެދޮރުވެރިޔާ ފްލެޓްތައް އޭގެ ހައްގު ވެރިންނަށް ހަވާލެއް ނުކުރެވުނެވެ. މާލެ ސަރަހައްދުން އެމްޑީޕީ ސަރުކާރުން ގޯތި ކަށަވަރު ކޮށްދިން އެތަސް ސަތޭކަ އާއިލާ އެއް އަދިވެސް އެތިބީ ވާނުވާގަ އެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އަދިވެސް އަތުކުރި އޮޅާލައިގެން ހުރީ ބޯހިޔާވަހިކަމެއްނެތި، ގޯތި ގެދޮރުގެ ތަނަސްވަކަމެއް ނެތި،ދަތި ހާލުގައި އުޅެމުންދާ އެތައްހާސް ރައްޔިތަކު ގަނަ ތަޅުވާ، ގަން ހިންގުވާ އުއްމީދެއް ނެތް ދިގު އިންތިޒާރެއްގައި ބައިތިއްބުމަށެވެ.

އަނެއްކާ ވެސް ރައީސް މުއިއްޒު މި ވަނީ، އެމްޑީޕީ ސަރުކާރުން އެޅި ގެދޮރުވެރިޔާ ފްލެޓްތައް ލިބުނު ބައެއް ފަރާތްތަކާ އެކު ސަރުކާރުން ހަދާފައިވާ ފްލެޓް ލިބުނު ކަމުގެ އެއްބަސްވުން  ބާތިލު ކޮށް އެ ފަރާތްތަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް ލިޔުން ފޮނުވަން ފަށާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓް ލިބި އެއްބަސްވުން ހަދާފައިވާ 400 އެއްހާ ފަރާތައް ފްލެޓް ކެންސަލް ކޮށް އެފްޑީސީ އިން ލިޔުން ފޮނުވުމަށް ވަނީ ނިންމާފަ އެވެ. 

އަނެއްކޮޅުން ހުޅުމާލެ ފޭސް 3 ގެ ލޭންޑް ޔޫސް ޕްލޭން އަސް ބަދަލު ގެނެސް އެ ސަރަހައްދުން ރައްޔިތުންނަށް ދުކޮށްފައިވާ ގޯތިތަކުގެ ރަޖިސްޓްރީ ބާތިލް ކުރުމަށް ވެސް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ. މިކަމާ ގުޅިގެން ގާނޫނީ ދާއިރާގަ ހަރަކާތްތެރިވާ ފުންނާބު އުސް ބޭފުޅުން ވެސް ވަނީ ކަންބޮޑުވުން ފާލުކުރައްވާފަ އެވެ. ޤާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ ކޮންމެ ސަރުކާރަކުން ރަޖިސްޓްރީގެ އެއްބަސްވުން ދިނަސް ދައުލަތުގެ ނިޝާން ޖަހާ ސިއްކަ ޖަހާފައިވާ ރަޖިސްޓްރީ އަކީ ދައުލަތް ހިންގާ ސަރުކާރު ބަދަލުވީމަ ބޭނުންހާ ގޮތަކަށް ބަދަލު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެކަމަށް ޤާނޫނީ އެކަށީގެންވާ ސަބަބެއް އޮންނަން ޖެހޭނެ ކަމަށާއި މި ވަގުތު މިނިސްޓްރީ އިން ބުނާ ހާލަތަކީ އެފަދަ ހާލަތެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެންނަނީ ކަމަށް ބުނެ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ކަންތައްތަކެއް ހުރި ކަމަށް ވެސް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މި ވެރިކަމުގައި ލޭންޑް ޔޫޒް ޕްލޭނަށް ބަދަލެއް ގެންނަ ކޮންމެ ފަހަރަކު ނާޖާއިޒް މަންފާތަކެއް ނަގާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.  

ކޮންމެއަކަސް ފްލެޓާއި ގޯތީގެ އެއްބަސް ވުން ތައް ބާތިލް ކުރާ ވަރަކަށް، އަނެއްކޮޅުން ލިޔުން ދޫކުރާ ކަމީ މިއަދު އެއްމެން ވެސް ދަންނަ ބޮޑު ސިއްރެކެވެ. އަދި މިގޮތަށް ފްލެޓާއި ގޯތި ސަރުކާރުގެ ތެރެއިން ކަށަވަރު ކުރެވޭ އެތައް ގޮތެއް އޮންނަ ކަމުގެ ވާހަކަ ވެސް ރަށުތެރޭގައި ބާރަށް ދެކެވެ އެވެ. ނިކަމެތި ރައްޔިތުންގެ ބޯހިޔާވަކި ކަމުގެ ހައްގު ފޭރިގަތުމަށް ފަހު އެ ގޯތިތަކާއި ފްލެޓްތައް އެ ބަހާލަނީ ސަރުކާރަށް ސަނާ ކިޔާ މީހުންނަށް ދެވޭ ހަދިޔާ އެއްގެ ގޮތުގަ އެވެ. އިންތިހާބުތަކާ ދިމާކޮށް ވޯޓަށް ނުފޫޒު ފޯރުވުމަށް މިހާރު ރައީސް މުއިއްޒު ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަކީ ވެސް އެމްޑީޕީ ސަރުކާރުން ނިކަމެތި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިން ގޯތިތަކާއި ފްލެޓް ތަކެވެ. 

ސަތޭކަ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ރައީސް މުއިއްޒުގެ ސަރުކާރުން ފެންފޮދަކާނުލާ ދިރުވާލާފަ ވާއިރު ހަގީގީ މާނައިގައި މި ދިވެހިރާއްޖޭގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާ ކަމީ މިއަދުގެ ހިތާމެރި ހަގީގަތެވެ. ސަރުކާރަށް 2 އަހަރު ވެގެން ގޮސްފައިވާއިރު ސަރުކާރުން ވެފައިވާ ތަރައްގީގެ ބޮޑު އެއްވެސް ވައުދެއްގައި އަމަލީ ސިފަޖެހިފައި ނުވާއިރު، ރައީސް މުއިއްޒު ގެންދަވަނީ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ކަށަވަރު ކޮށްދިން ބޯހިޔާވަހިކަން ވެސް ޕާޓީ ކުދިންނަށް ބަހާލަމުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. 

ހުޅުމާލޭ ފޭސް 3ފަހި ދިރިއުޅުން ކޯޕަރޭޝަންގެދޮރުވެރިޔާ ސްކީމްބިންވެރިޔާ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައި ނަމަވެސް ކޯޓު މެދުވެރި ނުވެ އެގްރީމެންޓަށް ބަދަލު ގެނެވޭނެ ޖާގަ އެއް ނެތް: ހުޅުމާލެ ފޭސް 3 ޔޫނިއަން

ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައި ނަމަވެސް ކޯޓު މެދުވެރި ނުވެ އެގްރީމެންޓަށް ބަދަލު ގެނެވޭނެ ޖާގަ އެއް ނެތް: ހުޅުމާލެ ފޭސް 3 ޔޫނިއަން

29 ޖެނުއަރީ 2026
މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި

މުއިއްޒުގެ ވައުދާ ޚިލާފުވެ، ފްލެޓް އެއްބަސްވުންތައް ބާތިލު ކޮށް ލިޔުން ފޮނުވަން ފަށައިފި

29 ޖެނުއަރީ 2026
ދިރާސީ އައު އަހަރު ފެށެންވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ޓަވަރުތަކަކަށް ވަދެވޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްވި ޔަގީންކަން ތޮޅިޔަށް

ދިރާސީ އައު އަހަރު ފެށެންވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ޓަވަރުތަކަކަށް ވަދެވޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްވި ޔަގީންކަން ތޮޅިޔަށް

27 ޖެނުއަރީ 2026
 ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރި، ސްކޫލެއް ހުޅުވައި އެއީ ރައީސް މުއިއްޒުގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއްކަން ދައްކާ ހަގީގަތް އޮޅުވާލަން ދައުލަތުގެ މީޑިޔާ އިން މަސައްކަތް ކޮށްފި

ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރި، ސްކޫލެއް ހުޅުވައި އެއީ ރައީސް މުއިއްޒުގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއްކަން ދައްކާ ހަގީގަތް އޮޅުވާލަން ދައުލަތުގެ މީޑިޔާ އިން މަސައްކަތް ކޮށްފި

27 ޖެނުއަރީ 2026
ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފެށި ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިންމާލައިފި

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފެށި ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިންމާލައިފި

25 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު