Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަހި ދިރިއުޅުން ކޯޕަރޭޝަން

ވަކި ގޮތަކަށް ކުނި ނައްތާނުލާނަމަ ފްލެޓް އެއްބަސްވުން ބާތިލް ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމުން އަލީ ހުސައިން ގެ ރައްދެއް އެފްޑީސީ އަށް!

އެފްޑީސީ އިން ހަދާފައިވާ ފްލެޓްތަކަށް ބަދަލުވާއިރު އުފެދޭ ބޮޑެތި ކުނި އުކާލުމުގައި ގަވާއިދާ ހިލާފުވާނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ. ނަމަވެސް ކުނި ނައްތާލުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކަށް ނުވާތީ، އެ ސަބަބާ ހުރެ އެއްބަސްވުން ބާތިލު ނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވި. މި މައްސަލައިގައި އާންމުންގެ ކަންބޮޑުވުންތައް ހުރިއިރު، ކުނި އުކާލުމަށް ލުއި އިންތިޒާމެއް ހަމަޖެހިފައި ނެތުމުން ދަތިތަކާ ކުރިމަތިވާކަން ގިނަ ބަޔަކު ފާހަގަކުރޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 08:36
ގާނޫނީ ވަކީލް އަލީ ހުސެއިން - ވަކި ގޮތަކަށް ކުނި ނައްތާލުމަކީ ފްލެޓް އެއްބަސްވުމުގެ ޖައުހަރީ މާއްދާ އެއް ނޫންކަމަށް އޭނާ ވިދާޅުވި

ގާނޫނީ ވަކީލް އަލީ ހުސެއިން - ވަކި ގޮތަކަށް ކުނި ނައްތާލުމަކީ ފްލެޓް އެއްބަސްވުމުގެ ޖައުހަރީ މާއްދާ އެއް ނޫންކަމަށް އޭނާ ވިދާޅުވި | ރާއްޖެއެމްވީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަކި ގޮތަކަށް ކުނި ނައްތާނުލާނަމަ ފްލެޓް އެއްބަސްވުން ބާތިލުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނުމުން އެކަމަށް ގާނޫނީ ވަކީލް އަލީ ހުސައިން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. 

ފަހި ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ގަވާއިދާ ޚިލާފަށް ކުނި އުކާ ކަމަށާ ބޮޑެތި ކުނި އުކާލުމުގައި ވެސް އަމަލުކުރަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް އެފްޑީސީ ގެ މެނޭޖިންގް ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ ބައެއް މީޑިއާ ތަކަށް ވިދާޅުވެފަ އެވެ. ހަމްދާން ވިދާޅުވީ މިގޮތަށް އަމަލުކުރާ ފަރާތްތަކަށް މިހާރު ވެސް ފިޔަވަޅު އަޅަމުންދާ ކަމަށާ އެގޮތުން ބައެއް ފަރާތްތަކުން ޖޫރިމަނާ ވެސް ކުރަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

ހަމްދާން ވިދާޅުވީ އެގޮތަށް ތަކުރާރު ކޮށް ގަވާއިދާ ޚިލާފުވާނަމަ ހަދާފައިވާ ފްލެޓް އެއްބަސްވުން ބާތިލު ކުރާނެ ކަމަށެވެ. މިކަމަށް ރައްދުދެއްވާ އަލީ ހުސައިން ވިދާޅުވީ ފްލެޓް އެއްބަސްވުންތަކުގައިވާ ޖައުހަރީ މާއްދާއަކާ ޚިލާފުނުވާހާ ހިނދަކު އެއްބަސްވުން ބާތިލު ނުކުރެވޭނެ ކަމަށެވެ. 

ވަކި ގޮތަކަށް ކުނި ނައްތާލުމަކީ ފްލެޓް އެއްބަސްވުމުގެ ޖައުހަރީ މާއްދާ އެއް ނޫންކަން ފާހަަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ އެހެންކަމުން ވަކި ގޮތަކަށް ކުނި ނައްތާލަން ޝަރުތު ކޮށް އަދި ވަކި ގޮތަކަށް ކުނިނައްތާނުލާނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. 

ހަމްދާން ވިދާޅުވެފައި ވަނީ އެފްޑީސީ އިން އުކާލާނީ ގޭތެރޭގައި އާންމުކޮށް އުފެދޭ ކުންޏާ ކުނިވާ ޒާތުގެ ތަކެތި ކަމަށެވެ. ބޮޑެތި ކުންޏާ ފްލެޓުތަކަށް ބަދަލުވާއިރު އުފެދޭ ކުނި އުކާލުމުގެ ޒިންމާއަކީ ފްލެޓް ލިބޭ މީހުންގެ ޒިންމާ އެއް ކަމަށާ އެކަން ކުރަން ޖެހޭނީ އެ ފަރާތްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މި މައްސަލަ ބޮޑުވެފައިވާއިރު މިކަމާ ގުޅިގެން ފަހި ފްލެޓްތައް ލިބުނު ފަރާތްތައް ވެސް ވަނީ ކަންބޮޑުވުންފާޅު ކޮށްފަ އެވެ. އެގޮތުން މަސައްކަތް ކުރިއަށްދާއިރު އަބަދު ކުނި އުކާލުމަކީ ދަތި ކަމެއް ކަމަށާ އެއީ ޚަރަދުވެސް ބޮޑު ކަމެއް ކަމަށް ވުމާއެކު އެފަދަ ކުނި ގިނަވުމުން އުކާލަން މަޑުކުރާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ނަމަވެސް ތަކުރާރުކޮށް އެފްޑީސީ އިން އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅަމުން ދާތީ ބޮޑު ޚަރަދެއް ކުރަން ޖެހުނަސް ނުވަތަ އަބަދު ކުނި އުކާލުމަކީ އުނދަގޫ ކަމެއް ނަމަވެސް އެކަން ކުރަން މަޖުބޫރު ވެފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެ މީހުން ބުނެފައިވާ ގޮތުގައި އެކަމަށް އިންތިޒާމެއް ހަމަޖައްސާފައި އޮތް ނަމަ މި މައްސަލަތައް ކުރިމަތި ނުވީހެވެ.

އެގޮތުން ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވިއިރު ކުނި ޖަމާކުރަން ކޮށިތަކެއް ހުރި ކަމަށާ އޭރު އެޗްޑީސީ އިން އެ ކުނިތައް އުކާލުމަށް އިންތިޒާމްތައް ހަމަޖައްސާ ދިން ގޮތަށް އެފްޑީސީ ގެ ފްލެޓްތަކަށް ބަދަލުވާ މީހުންނަށް ވެސް މިފަދަ އިންތިޒާމެއް ހަމަޖެހިފައި ހުރި ނަމަ މައްސަލަތައް ދިމާނުވީސް ކަން ވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަންހުޅުމާލެ ހަމްދާން ޝަކީލްއަލީ ހުސެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

ރޭގައި ވެސް ހުޅުމާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، 25 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

ރޭގައި ވެސް ހުޅުމާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، 25 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

01 ފެބުރުއަރީ 2026
ހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާ: މިހާތަނަށް 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

ހިޔާ ޓަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާ: މިހާތަނަށް 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

31 ޖެނުއަރީ 2026
އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ

އަލިފާނުގެ ހާދިސާގެ ސަބަބުން މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް؛ ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ

31 ޖެނުއަރީ 2026
ލޭންޑްޔޫސް ޕްލޭން ބަދަލުކޮށް، އެގްރީމެންޓްތައް ބާތިލް ކުރަނީ ޕާޓީ ކުދިންނަށް ގޯއްޗާއި ފްލެޓް ތައް ބަހާލަން!

ލޭންޑްޔޫސް ޕްލޭން ބަދަލުކޮށް، އެގްރީމެންޓްތައް ބާތިލް ކުރަނީ ޕާޓީ ކުދިންނަށް ގޯއްޗާއި ފްލެޓް ތައް ބަހާލަން!

30 ޖެނުއަރީ 2026
ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައި ނަމަވެސް ކޯޓު މެދުވެރި ނުވެ އެގްރީމެންޓަށް ބަދަލު ގެނެވޭނެ ޖާގަ އެއް ނެތް: ހުޅުމާލެ ފޭސް 3 ޔޫނިއަން

ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައި ނަމަވެސް ކޯޓު މެދުވެރި ނުވެ އެގްރީމެންޓަށް ބަދަލު ގެނެވޭނެ ޖާގަ އެއް ނެތް: ހުޅުމާލެ ފޭސް 3 ޔޫނިއަން

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު