Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަދީބުގެ ބޭސްފަރުވާގެ މައްސަލަ

ކެންސަރަށް ސްކްރީން ނުކުރެވި އަދީބު ޖަލުގައި އޮންނަވާތާ އަހަރެއްވީ!

ކެންސަރުގެ 1100 ކޭސްއަށް މިއަހަރު ރާއްޖެއިން ބޭރުން އާސަންދަ ޚިދުމަތް ދީފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 12:05
ދޫނިދޫ ޖަލުގައި ގޮޅީގައި އަދީބް

ދޫނިދޫ ޖަލުގައި ގޮޅީގައި އަދީބް

ޖަލަށް ލާފައިވާ ކުރީގެ ނައިބުރައީސް އަޙުމަދު އަދީބުގެ ހަށިގަނޑުގައި އުފެދިފައިވާ ސިސްޓުތަކެއްގެ ސަބަބުން އެމަނިކުފާނު ކެންސަރު ބައްޔަށް ހުށަހެޅި، ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރުން ލަފާދެއްވިތާ އަހަރެއް ވެގެންދިޔައިރު ވެސް އެ ޓެސްޓުތައް ހެދިފައި ނުވާތީ އަދީބްގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަދީބްގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރެއްވި، ބުދަ ދުވަހު އާސަންދަ ކުންފުނިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔަ ވަގުތު ކުރެއްވި ޓްވީޓް ތަކެއްގައެވެ.

Advertisement - newsAdvertisement

އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރުން އެންމެ ގިނަ ބަޔަކު ފަރުވާ ހޯދަނީ ކެންސަރު ބައްޔަށްކަން އާސަންދައިން ހާމަކުރުމާއިއެކު، ނަޝްވާ ކުރެއްވި ޓްވީޓްގައި ވަނީ ކެންސަރު ބައްޔަށް އަދީބު ސްކްރީން ކުރުން ލަސްވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ކެންސަރު ބަލީގެ ފަރުވާ ރާއްޖެއިން އެކަށޭނަ ގޮތެއްގައި ލިބެން ނެތް ކަމަށް އާސަންދައިން އިޝާރަތް ކުރިކުރުން ފާހަގަ ކުރައްވާ ނަޝްވާ ވަނީ ކެންސަރު ބައްޔަށް އަދީބް ސްކްރީން ކުރުމަށް ޑޮކްޓަރު ލަފާދެއްވިތާ އަހަރެއް ވެގެން ދިޔައިރު، އެކަން ނުކުރެވި ވަނީ ގަސްތުގައި އެކަން ފަސްކުރުމުންތޯ ސުވާލު އުފައްދަވާފައެވެ.

އާއިލާގައި ކެންސަރުގެ ބެކްގްރައުންޑެއް އޮތުމަކީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަކަށްވާއިރު، އަދީބުގެ ބޭބޭފުޅު މުހައްމަދު ނަދީމް ނިޔާވެފައި ވަނީ ހަށިގަނޑުގައި ނެގި ސިސްޓެއް ކެންސަރަށް ބަދަލުވުމާ ގުޅިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް 2008 ވަނަ އަހަރެވެ.

އަދީބުގެ ހަށިގަނޑުގައި ވެސް ސިސްޓެއް ނަގާފައިވާއިރު އެމަނިކުފާނުގެ ހަށިގަނޑުގައި ސިސްޓް ނަގާފައިވަނީ ނިޔާވި ބޭބޭފުޅުގެ ހަށިގަނޑުގައި ވެސް ސިސްޓްއިން ތަނުގައިކަމަށް ނަޝްވާ ވިދާޅުވިއެވެ. އަދީބްގެ ހަށިގަނޑުގައި ސިސްޓެއް އުފެދުނުކަން އެނގުނީއްސުރެ، އެމަނިކުފާނުގެ އާއިލާއާއި ވަކީލުން ދަނީ ސިސްޓް ކެންސަރަށް ބަދަލުވެދާނެތީ ވީހާވެސް އަވަހަކަށް އަދީބަށް ފަރުވާ ދިނުމަށް ދައުލަތުގެ ކަމާއިބެހޭ އެކި މުއައްސަސާތަކުގައި އާދޭސް ކުރަމުންނެވެ.

ނަޝްވާ ވިދާޅުވީ އާއިލާ އިން ބޭނުން ވަނީ އަދީބުގެ ކެންސަރ ސްކްރީނިން ޓެސްޓެއް ހަދަން ކަމަށާއި އެކަން ނުކޮށް ކިތަންމެ ވަރަކަށް އަދީބު ޑޮކްޓަރަށް ދައްކަން މާލެ ގެނެޔަސް ސިސްޓަށް ދޭންޖެހޭ ފަރުވާ ދެވެމުންދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.

ނަޝްވާ ވިދާޅުވީ އަދީބުގެ ލޮލަށް ގްލުކޯމާ ޖެހިފައިވާއިރު، ރާއްޖެއިން ހެދެން ނެތް ދެ ޓެސްޓެއް ހެދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށާއި ނަމަވެސް އެކަން ވެސް ހުއްޓުވާފައިވާ ކަމަށެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލި ކަމަށް ބުނެ އަދީބު ހައްޔަރު ކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން ފްލައިޓުން ފައިބާވަޑައިގަތުމާއެކު އަދީބު ހައްޔަރުކުރިއިރު، މިއަދާ ހަމައަށް ވެސް އަދީބު ބަންދުކޮށްފައި ވަނީ އެހެން ގައިދީންނާ އެކަހެރިކޮށެވެ.

ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަށް އިއްވާފައިވާއިރު، ޖަލު ހުކުމް ތަންފީޒް ކުރާ އެހެން ގައިދީންނާ ޚިލާފަށް އަދީބު މިހާރު ބަންދު ކޮށްފައިވަނީ ފުލުހުން ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރާ ދޫނިދޫގަ އެވެ. ކޯޓުގައި އަދީބުގެ ދެ ޝަރީއަތެއް މިހާރު ވެސް ހިންގަމުންދާއިރު، މިފަހުން ވަނީ އިތުރު ނުވަ ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު