Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ އިން ޓްރަމްޕް އަށް ހާސިލު ނުވި ކަންކަން، މަޝްވަރާ އިން ވެސް ހާސިލު ނުވާނެ ކަަމަށް ބުނެފި

20 އެޕްރީލު 2026 | ހޯމަ 07:27

އީރާންއާ ދެކޮޅަށް އިއުލާން ކޮށްފައިވާ ކަނޑުގެ ބްލޮކޭޑް އަކީ، އެއްވެސް މާނައެއް އޮތް ކަމެއް ނޫން ކަމަށާއި، އީރާންގެ އަޒުމަކީ ދޫ ނުދީ ކުރިއަށް ދިޔުން ކަމަށް އޭނާ ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އެޕްރީލު 2026 | ހޯމަ 07:27
ރަޝިޔާގެ ރައީސް ޕުޓިން އާއި އީރާންގެ ސަފީރު ޖަލާލީ ސަލާމް ކުރައްވަނީ.

ރަޝިޔާގެ ރައީސް ޕުޓިން އާއި އީރާންގެ ސަފީރު ޖަލާލީ ސަލާމް ކުރައްވަނީ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނާކާމިޔާބު ވެފައިވާ ކަމަށާއި، ހަނގުރާމައިގެ މައިދާނުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހާސިލު ނުކުރެވުނު ކަމެއް، މަޝްވަރާގެ މޭޒު ދޮށުން ވެސް ހާސިލު ނުކުރެވޭނެ ކަމަށް ރަޝިޔާގައި ހުންނަވާ އީރާންގެ ސަފީރު ކާޒެލް ޖަލާލީ ވިދާޅުވެއްޖެ އެވެ. 

ރަޝިޔާގެ ނޫހެއް ކަމަށްވާ "ވެޑޮމޮސްޓީ" އަށް ދެއްވި އިންޓަވިޔުއެއްގައި ޖަލާލީ ވިދާޅުވީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި މުޅި އީރާން ފަތަހަކޮށް، އެ ޤައުމުގެ ވެރިކަން ބަދަލު ކޮށްލާނެ ކަމަށް އެމެރިކާ އާއި އިޒްރޭލް އިން ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް، އެމެރިކާ އާއި އިޒްރޭލް އިން ބޭނުންވި އެއްވެސް މަގުސަދެއް ހާސިލުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އީރާން އަށް އަމާޒުކޮށް ދެމުންދާ ހަމަލާ ތަކަކީ ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ. 

މި ހަމަ ނުޖެހުން ތަކުގެ ތެރޭގައި އެމެރިކާ އިން ކުރަމުންދާ ޑިމާންޑު ތަކަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާކަން ފާހަގަ ކުރައްވަމުން ސަފީރު ވިދާޅުވީ، އެެންމެ ފުރަތަމަ އެމެރިކާ އިން ބޭނުންވީ އީރާންގެ ވެރިކަން ވައްޓާލަން ކަމަށެވެ. ނަމަވެސް، ފަހުން އެމީހުންގެ އަމާޒު ހަަމައެކަނި ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް ބަދަލުވެފައިވާ ކަމަށާއި، އެކަން ވެސް ކާމިޔާބު ނުވި ކަމަށް ޖަލާލީ ވިދާޅުވި އެވެ.

މީގެ އިތުރުން އީރާންއާ ދެކޮޅަށް އިއުލާން ކޮށްފައިވާ ކަނޑުގެ ބްލޮކޭޑް އަކީ، އެއްވެސް މާނައެއް އޮތް ކަމެއް ނޫން ކަމަށާއި، އީރާންގެ އަޒުމަކީ ދޫ ނުދީ ކުރިއަށް ދިޔުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ޖަލާލީ އިތުރަށް ވިދާޅުވީ، ކުރިމަތިލުން ތަކުގެ ސަބަބުން އީރާންގެ ބާރު ދެރަވުމުގެ ބަދަލުގައި، އެ ޤައުމުގެ ޢަޒުމު އިތުރަށް ވަރުގަދަ ވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން އީރާން އިން ހުށަހެޅި 10 ނުކުތާގެ ޕްލޭން އަށް އެމެރިކާ އިން އެއްބަސްވުމަށް ފަހު، ފަަހުން އެއަށް އަމަލު ކުރުން ހުއްޓާލާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ހަނގުރާމައިގެ ތެރެެއިން އެމެރިކާގެ ރައީސް ޓްރަމްޕް އަށް ހާސިލު ނުކުރެވުނު ކަންކަން، ދެން ކުރިއަށް އޮތް މަޝްވަރާ ތަކުގައި ވެސް ހާސިލު ނުކުރެވޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ. އެއާ އެކު އޭނާ ވިދާޅުވީ، ދެ ފަރާތަށް ވެސް ފައިދާ ވާނެ ފަދަ އިންސާފުވެރި އެއްބަސްވުމަކަށް އައުން މުހިންމު ކަމަށެވެ. ނަމަވެސް، އެމެރިކާގެ އަމަލުތައް ހުރީ އެ މަގުން ނޫން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

19 އެޕްރީލު 2026

ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!

19 އެޕްރީލު 2026
ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!
19 އެޕްރީލު 2026

އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި

19 އެޕްރީލު 2026
އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި
18 އެޕްރީލު 2026

އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ

18 އެޕްރީލު 2026
އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ
18 އެޕްރީލު 2026

އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ

18 އެޕްރީލު 2026
އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ
18 އެޕްރީލު 2026

ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން

18 އެޕްރީލު 2026
ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން
18 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި

18 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި
18 އެޕްރީލު 2026

ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުން ޗައިނާގެ ރައީސް ހުންނެވީ އުފާވެފައި: ޓްރަމްޕް

18 އެޕްރީލު 2026
ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުން ޗައިނާގެ ރައީސް ހުންނެވީ އުފާވެފައި: ޓްރަމްޕް
18 އެޕްރީލު 2026

އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް

18 އެޕްރީލު 2026
އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް
18 އެޕްރީލު 2026

މިހާރު ބޭނުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް: ލުބުނާންގެ ރައީސް

18 އެޕްރީލު 2026
މިހާރު ބޭނުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް: ލުބުނާންގެ ރައީސް
17 އެޕްރީލު 2026

އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ އެމެރިކާ އަށް ނާކާމިޔާބުވީ ކީއްވެ؟

17 އެޕްރީލު 2026
އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ އެމެރިކާ އަށް ނާކާމިޔާބުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް