Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި

19 އެޕްރީލު 2026 | އާދީއްތަ 05:20

އެ ބަޔާނުގައި ބުނެފައި ވަނީ މަޝްވަރާ ތަކުގައި ބައިވެރިވާ އީރާންގެ ވަފުދުން އެ ޤައުމުގެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރާނެ ކަމަށް. އެގޮތުން އީރާން އިން މަޝްވަރާ ތަކުގައި އެއްވެސް ލުއި ކަމެއް، ނުވަތަ ފަސޭހަ ކަމެއް ނުދޭނެ ކަމުގައި ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އެޕްރީލު 2026 | އާދީއްތަ 05:20
އެމެރިކާ އާއި އީރާންގެ ދިދަ.

އެމެރިކާ އާއި އީރާންގެ ދިދަ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާ އިން ހުށަހަޅާފައިވާ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި އެވެ.

އީރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލް އިން ހޮނިހިރު ދުވަހު ބުނީ، އެމެރިކާ އިން ލިބިފައިވާ އައު ހުށަހެޅުންތައް އެ ޤައުމުން ބަލަމުން އަންނަ ކަމަށާއި، ނަމަވެސް އެމެރިކާ އާއެކު މަޝްވަރާ ކުރުމުގައި އެއްވެސް ދަރަޖައެއް ނުދޭނެ ކަމުގެ އިންޒާރު އީރާން އިން ވަނީ ދީފަ އެވެ. 

އީރާންގެ ސަރުކާރުގެ މީޑިއާ އިން ނެރުނު ބަޔާނެއްގައި ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލް އިން ބުނީ، ޕާކިސްތާންގެ ސިފައިންގެ ކޮމާންޑަރު އީރާން އަށް ކުރެއްވި ދަތުރުގައި އެމެރިކާ އިން އައު ހުށަހެޅުން ތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އީރާން އިން އަންނަނީ އެ ހުށަހެޅުން ބަލަމުން ކަމަށާއި، މިހާތަނަށް އެ ހުށަހެޅުމަށް އެއްވެސް ޖަވާބެއް ދީފައި ނުވާނެ ކަމަށް އީރާން އިން ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މަޝްވަރާ ތަކުގައި ބައިވެރިވާ އީރާންގެ ވަފުދުން އެ ޤައުމުގެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރާނެ ކަމަށެވެ. އެގޮތުން އީރާން އިން މަޝްވަރާ ތަކުގައި އެއްވެސް ލުއި ކަމެއް، ނުވަތަ ފަސޭހަ ކަމެއް ނުދޭނެ ކަމުގައި ބުނެފައިވެ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަސައްކަތުގައި ޕާކިސްތާން އިން އަންނަނީ މެދުވެރިއެެއްގެ ދައުރު އަދާ ކުރަމުންނެވެ. އެގޮތުން ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ފުރަތަމަ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، އެ މަޝްވަރާ ތަކުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވެ އެވެ.

އީރާން އިން އައު ހުށަހެޅުމުގެ މައުލޫމާތު ހާމަ ކޮށްފައި މި ވަނީ، އީރާންގެ ބަނދަރު ތަކަށް އެމެރިކާ އިން ކުރިމަތި ކުރަމުން އަންނަ ހުރަސް ތަކުގެ ސަބަބުން، ހޮރްމޫޒް ކަނޑު އޮޅި އަލުން ބަންދު ކުރުމަށް ނިންމިތާ ގަޑިއިރު ތަކެއް ފަހުންނެވެ. މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާން އަށް އިންޒާރު ދެއްވައިފަ އެވެ. އަދި އެއީ އީރާން އިން އެމެރިކާ "ބްލެކްމެއިން" ކުރަން ކުރާ ކަމެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފައި ވަނީ، ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ ފަރާތްތައް ބެލުމާއި، ކޮންޓްރޯލް ކުރުން ހަނގުރާމަ ނިމެންދެން ކުރިއަށް ގެންދާނެ ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

18 އެޕްރީލު 2026

އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ

18 އެޕްރީލު 2026
އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ
18 އެޕްރީލު 2026

އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ

18 އެޕްރީލު 2026
އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ
18 އެޕްރީލު 2026

ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން

18 އެޕްރީލު 2026
ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން
18 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި

18 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި
18 އެޕްރީލު 2026

އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް

18 އެޕްރީލު 2026
އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް
18 އެޕްރީލު 2026

މިހާރު ބޭނުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް: ލުބުނާންގެ ރައީސް

18 އެޕްރީލު 2026
މިހާރު ބޭނުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް: ލުބުނާންގެ ރައީސް
17 އެޕްރީލު 2026

އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ އެމެރިކާ އަށް ނާކާމިޔާބުވީ ކީއްވެ؟

17 އެޕްރީލު 2026
އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ އެމެރިކާ އަށް ނާކާމިޔާބުވީ ކީއްވެ؟
17 އެޕްރީލު 2026

ޓްރަމްޕް: ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ

17 އެޕްރީލު 2026
ޓްރަމްޕް: ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ
17 އެޕްރީލު 2026

ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް

17 އެޕްރީލު 2026
ޔޫރަޕް ގައި މިހާރު ހުރީ ހަ ހަފްތާ އަށް ބޭނުންވާ ޖެޓް ފިއުލް
17 އެޕްރީލު 2026

ސަރަހައްދީ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއިން ވައުދުތަކާ ޚިލާފުވުން: އީރާން

17 އެޕްރީލު 2026
ސަރަހައްދީ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއިން ވައުދުތަކާ ޚިލާފުވުން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް