Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!

19 އެޕްރީލު 2026 | އާދީއްތަ 05:24

އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، ދެ ޤައުމުގެ ދެ މެދުގައި އެއްބަސްވުމަކަށް އައުމަށް ވަރަށް ބޮޑަށް ގާތްވެފައިވާ ކަމަށް. ނަމަވެސް، އީރާން އިން އެމެރިކާ އަށް ބިރު ދައްކައިގެން ކަންކަން ހާސިލު ކުރަން އުޅެގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އެޕްރީލު 2026 | އާދީއްތަ 05:24
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓާސް

އެމެރިކާ އަށް ބިރު ދައްކައިގެން، ނުވަތަ ބެލްކްމެއިލް ކޮށްގެން އީރާން އަށް ކަންކަން ހާސިލު ނުކުރޭވެނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އީރާން އިން އަލުން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރުމަށް ނިންމާފައި ވަނިކޮށެވެ. ހޮނިހިރު ދުވަހު އީރާން އިން އެ ނިންމުން ނިންމާފައި ވަނީ، ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް ނިންމުމަށް ފަހު އެވެ. 

ދުނިޔޭގެ ބާޒާރަށް ސަޕްލައި ކުރާ ތެލާއި ގޭހުގެ ފަސްބައި ކުޅަ އެއްބައި ދަތުރު ކުރާ މި މުހިންމު ކަނޑު އޮޅި ހުޅުވާލިކަން އީރާން އިން އިއުލާން ކުރީ ހުކުރު ދުވަހު އެވެ. އެއީ އިޒްރޭލް އާއި، ލުބުނާންގެ ހިޒްބުﷲ ޖަމާއަތާ ދެމެދު ލުބުނާންގައި ހިނގަމުން ދިޔަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާ ގުޅިގެންނެވެ. 

އެ ނިންމުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް  ބޮޑަށް ދަށަށް ދިޔަ ނަމަވެސް، އީރާންގެ ބަނދަރު ތަކަށް އެމެރިކާ އިން ކުރިމަތި ކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ދަތުރުފަތުރު ހުއްޓުވުން ކުރިއަށް ދާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އީރާން އިން ވަނީ އަނެއްކާ ވެސް ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރަން ނިންމައިފަ އެވެ. 

އީރާންގެ މަރުކަޒީ އަސްކަރީ ކޮމާންޑަރުން ހޮނިހިރު ދުވަހުގެ ހެނދުނު ބުނެފައި ވަނީ، އެމެރިކާގެ ބްލޮކޭޑްއާ ގުޅިގެން ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯޯލް ކުރިން އޮތް ޙާލަތަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ ސަރަހައްދު އޮތީ އީރާންގެ ހަތިޔާރު އެޅި ބާރު ތަކުގެ ވަރުގަދަ ބެލުމުގެ ދަށުގައި ކަމަށް ވެސް އެ ޤައުމުން ބުނެފައިވެ އެވެ. 

އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، ދެ ޤައުމުގެ ދެ މެދުގައި އެއްބަސްވުމަކަށް އައުމަށް ވަރަށް ބޮޑަށް ގާތްވެފައިވާ ކަމަށެވެ. ނަމަވެސް، އީރާން އިން އެމެރިކާ އަށް ބިރު ދައްކައިގެން ކަންކަން ހާސިލު ކުރަން އުޅެގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އީރާން އާއެކު މަޝްވަރާތައް ކުރިއަށްދާކަން ފާހަގަ ކުރައްވަމުން ޓްރަމްޕް ވަނީ، އީރާން އިން މިހާރު އަމަލު ކުރަމުންދާ ގޮތަށް ފާޑު ވިދާޅުވެފަ އެވެ. 

މި މައްސަލައިގެ މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޕާކިސްތާންގެ އަސްކަރީ ވެރިޔާ އީރާން އަށް ކުރެއްވި ޒިޔާރަތް ހޮނިހިރު ދުވަހު ނިންމަވާލައްވާފައިވާއިރު، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ މަތީ މަޖިލީހުން ބުނީ އެމެރިކާ އިން އައު ހުށަހެޅުން ތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ހުށަހެޅުންތައް މިހާރު ދިރާސާ ކުރަމުންދާ ކަަމަށާއި، އަދި އެކަމަށް ރަސްމީކޮށް ޖަވާބެއް ދީފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލް-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

19 އެޕްރީލު 2026

އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި

19 އެޕްރީލު 2026
އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި
18 އެޕްރީލު 2026

އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ

18 އެޕްރީލު 2026
އެމެރިކާއާއެކު އިތުރު ބުރެއްގެ މަޝްވަރާތަކަށް އަދި އީރާނުން އެއްބަސްވެފައެއް ނުވޭ
18 އެޕްރީލު 2026

އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ

18 އެޕްރީލު 2026
އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ
18 އެޕްރީލު 2026

ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން

18 އެޕްރީލު 2026
ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން
18 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި

18 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި
18 އެޕްރީލު 2026

ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުން ޗައިނާގެ ރައީސް ހުންނެވީ އުފާވެފައި: ޓްރަމްޕް

18 އެޕްރީލު 2026
ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުން ޗައިނާގެ ރައީސް ހުންނެވީ އުފާވެފައި: ޓްރަމްޕް
18 އެޕްރީލު 2026

އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް

18 އެޕްރީލު 2026
އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް
18 އެޕްރީލު 2026

މިހާރު ބޭނުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް: ލުބުނާންގެ ރައީސް

18 އެޕްރީލު 2026
މިހާރު ބޭނުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމެއް: ލުބުނާންގެ ރައީސް
17 އެޕްރީލު 2026

ޓްރަމްޕް: ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ

17 އެޕްރީލު 2026
ޓްރަމްޕް: ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެ
17 އެޕްރީލު 2026

ސަރަހައްދީ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއިން ވައުދުތަކާ ޚިލާފުވުން: އީރާން

17 އެޕްރީލު 2026
ސަރަހައްދީ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއިން ވައުދުތަކާ ޚިލާފުވުން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް