Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ މުޒާހަރާ

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ އަށް ފުލުހުން އަނެއްކާވެސް ހުރަސް އަޅައިފި

17 އެޕްރީލު 2026 | ހުކުރު 00:20

އެމްޑީޕީން ބޭއްވި މުޒާހަރާއަށް ހުރަސްއެޅުމުގެ ގޮތުން ފުލުހުން ވަނީ ޗާންދަނީ މަގާއި އެ ސަރަހައްދުގެ ގޯޅިތައް ބެރިކޭޑް ޖަހައި ބަންދުކޮށްފަ. ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މިއީ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދުމަށް ކުރާ އިހުތިޖާޖެއްކަން މުޒާހަރާގެ ބައިވެރިން ފާހަގަ ކުރޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 17 އެޕްރީލު 2026 | ހުކުރު 00:20
އެމްޑީޕީ އިން ބޭއްވި މުޒާހަރާގެ ތެރެއިން - އޭޕްރީލް 17، 2026

އެމްޑީޕީ އިން ބޭއްވި މުޒާހަރާގެ ތެރެއިން - އޭޕްރީލް 17، 2026 | ރާއްޖެ އެމްވީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އިން މާލޭގައި މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މުޒާހަރާ އަށް ވެސް ފުލުހުން ހުރަސް އަޅައިފި އެވެ.

ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ 09:00 ނުޖަހަނީސް ޗާނދަނީ މަގުގެ ދެފަރާތުން ބެރިކޭޑް ޖަހާ މަގު ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުގެ ގޯޅިތައް ވެސް ފުލުހުން ވަނީ ބެެރިކޭޑް ޖަހާ ބަންދުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.

Advertisement - newsAdvertisement

މުޒާހަރާގައި ބައިވެރިވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ފުލުހުން އެ ސަރަހައްދު ބަންދުކޮށް ސުލްހަވެރި ސިޔާސީ ހަރަކާތަށް ހުރަސް އަޅާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގައުމީ މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެމްބަރު ހުސައިން ހަސަން ވިދާޅުވީ ރައްޔިތުން ބަންދުކޮށްގެން ނުކުންނަ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށެވެ.

"ސުލްހަވެރި ސިޔާސީ ހަރަކާތަށް ފުރުސަތު ދޭން ޖެހޭ. އަޅުގަނޑުމެން މި ނުކުންނަނީ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން އެ ހައްގު ހޯދަން. ފުލުހުންނާއި ކުރިމަތިލާކަށް ނޫން." ހުސެއިން ވިދާޅުވި އެވެ.

އެ ހަރަކާތުގެ ތެރެެއިން ވާހަކަދެއްކެވި ގައުމީ މަޖިލީހުގެ އެހެން މެމްބަރުން ވިދާޅުވީ މުޒާހަރާގައި ކުރާ ޑިމާންޑްތައް އަޑު އެހުމުގެ ބަދަލުގައި ފުލުހުން ނެރެގެން ހާލަތާއި ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުން ކުރި ކަމަށާއި އަނިޔާކުރުމަށް ހިތްވަރު ލިބޭ ގޮތަށް ފުލުހުން ވާހަކަދައްކާފައިވާ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެމްޑީޕީ އިން މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ގައުމު ހަމަ މަގަށް އެޅުވުމަށް ސަރުކާރަށް 12 ޑިމާންޑެއް ވަނީ ހުށަހަޅާފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން ކުރިއަށްދާން މަސައްކަތް ކުރި އެކި ފަހަރުތަކުގެ މަތިން ފުލުހުން ވަނީ މުޒާހަރާ ކުރާ މީހުންނާ ކުރިމަތިލާ ހުއްޓުވާފަ އެވެ.

އެކިއެކި ޝުއޫރުތައް ފާޅު ކޮށްފައިވާ ޕްލެކާޑްތައް މުޒާހަރާގެ ބައިވެރިން އުފުލާފައިވާއިރު، އަޑު އަހަރުކޮށް ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވަމުން މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ، ސަރުކާރުން އިސްނަގައިގެން މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ރިފަރެންޑަމް ވޯޓުގައި ސަރުކާރަށް ލިބިފައިވަނީ އެންމެ 30 އިންސައްތަ ވޯޓު ކަމަށާއި، ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިހުތިޖާޖު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި

11 އެޕްރީލު 2026
ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި
11 އެޕްރީލު 2026

އެމްޑީޕީގެ ފަރާތުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ގައުމީ މަޖިލީހުގައި ހިމަނާ، ރައީސް ނަޝީދު އާއި ރައީސް ސޯލިހު ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަން ފާސްކޮށްފި

މައުރޫފް އާއި އިބުރޭގެ މަޤާމް އިއާދަކޮށް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަނީ

11 އެޕްރީލު 2026
މައުރޫފް އާއި އިބުރޭގެ މަޤާމް އިއާދަކޮށް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަނީ
07 އެޕްރީލު 2026

ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު

07 އެޕްރީލު 2026
ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު
04 އެޕްރީލު 2026

ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ތަކުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އީސީގެ ރައީސް ދެއްކެވި ވާހަކަތައް ކުށްވެރި ކުރަން: އެމްޑީޕީ

04 އެޕްރީލު 2026
ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ތަކުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އީސީގެ ރައީސް ދެއްކެވި ވާހަކަތައް ކުށްވެރި ކުރަން: އެމްޑީޕީ
03 އެޕްރީލު 2026

ވޯޓުލުމަށް ދަތުރު ކުރާ މީހުންނަށް އެ ފުރުސަތު ނުލިބޭ ގޮތަށް، ސަރުކާރުން ދަނީ ފްލައިޓްތަކުގެ ޖާގަ ކޮންޓްރޯލް ކުރަމުން: އެމްޑީޕީ

03 އެޕްރީލު 2026
ވޯޓުލުމަށް ދަތުރު ކުރާ މީހުންނަށް އެ ފުރުސަތު ނުލިބޭ ގޮތަށް، ސަރުކާރުން ދަނީ ފްލައިޓްތަކުގެ ޖާގަ ކޮންޓްރޯލް ކުރަމުން: އެމްޑީޕީ
02 އެޕްރީލު 2026

އިސްތިއުފާއަށް ގޮވާލާ މުޒާހަރާކުރި ނަމަވެސް ފްލެޓުގެ ކުއްޔަށް އިތުރު ލުޔެއް ދިނުމުގެ ވިސްނުމެއް ނެތް: ހަމްދާން

02 އެޕްރީލު 2026
އިސްތިއުފާއަށް ގޮވާލާ މުޒާހަރާކުރި ނަމަވެސް ފްލެޓުގެ ކުއްޔަށް އިތުރު ލުޔެއް ދިނުމުގެ ވިސްނުމެއް ނެތް: ހަމްދާން
31 މާރިޗު 2026

އެމްޑީޕީ އިން ހެންވޭރު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި

31 މާރިޗު 2026
އެމްޑީޕީ އިން ހެންވޭރު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި
27 މާރިޗު 2026

އިހުމާލުގެ ސަބަބުން އަޒާން ނިޔާވި މައްސަލަ ތަހުގީގުކޮށް، ތަހުގީގު އާއްމުކުރުމަށް އެމްޑީޕީ އިން ގޮވާލައިފި

27 މާރިޗު 2026
އިހުމާލުގެ ސަބަބުން އަޒާން ނިޔާވި މައްސަލަ ތަހުގީގުކޮށް، ތަހުގީގު އާއްމުކުރުމަށް އެމްޑީޕީ އިން ގޮވާލައިފި
26 މާރިޗު 2026

އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!

26 މާރިޗު 2026
އައްޑޫ ފޭދޫ އަދި މަރަދޫ ފޭދޫގެ ކެމްޕެއިން ޓީމާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި: މުޅި ޓީމު އޮތީ ގަދަކޮށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް