Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އެމްޑީޕީ ގެ ސިލްސިލާ މުޒާހަރާ: ބައިވެރިންނަށް ފުލުހުން ހުރަސް އެޅިއިރު، ގެންގުޅުނު މެގަފޯނަށް ވެސް ގެއްލުން ދިން!

އެމްޑީޕީން މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ފުލުހުންނާއި އާންމުންގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގައި، ބައެއް މީހުންނަށް އަނިޔާވެ މެގަފޯނަކަށް ވަނީ ގެއްލުންދީފަ. ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި ކުރިއަށްދާ މި ހަރަކާތުގައި ބައިވެރިން ބުނަމުންދަނީ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް. ގައުމު ހަމަމަގަށް އެޅުވުމަށް 12 ޑިމާންޑެއް ހުށަހަޅާފައިވާއިރު، ފުލުހުން ވަނީ ބެރިކޭޑް ޖަހައި މުޒާހަރާގެ ބައިވެރިންނަށް ހުރަސްއަޅާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 އެޕްރީލު 2026 | ހުކުރު 18:31
ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ކުރިއަށް ގެންދިއަ މުޒާހަރާ: އެކިއެކި ޝުއޫރުތައް ފާޅު ކޮށްފައިވާ ޕްލެކާޑްތައް މުޒާހަރާގެ ބައިވެރިން އުފުލާފައިވޭ

ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ކުރިއަށް ގެންދިއަ މުޒާހަރާ: އެކިއެކި ޝުއޫރުތައް ފާޅު ކޮށްފައިވާ ޕްލެކާޑްތައް މުޒާހަރާގެ ބައިވެރިން އުފުލާފައިވޭ | އެމްޑީޕީ ސެކްރިޓޭރިއެޓް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އިން މާލޭގައި މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިއަ މުޒާހަރާ އަށް ވެސް ފުލުހުން ހުރަސްއަޅައިފި އެވެ. 

މުޒާހަރާ ފެށުމުގެ ކުރިން ވެސް ފުލުހުން ވަނީ އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެފައިވާ އިރު މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން މަސައްކަތް ކުރި ކޮންމެ ފަހަރަކު ފުލުހުން ވަނީ ބެރިކޭޑް ޖަހައި، މުޒާހަރާގެ މީހުންނާ ކުރިމަތިލައި ހުއްޓުވާފަ އެވެ.

މުޒާހަރާގެ ބައިވެރިން އެކި މަގުތަކުގައި މަޑުކުރަމުން މުޒާހަރާ ކުރިއަށް ގެންގޮސްފައިވާއިރު ޖަނަވަރީ މަގުން މަޖީދީ މަގަށް ނުކުންނަށް މުޒާހަރާގެ ބައިވެރިން ދިއަ ވަގުތު ފުލުހަކު ވަނީ މުޒާހަރާގައި އެމްޑީޕީ އިން ގެންގުޅުނު މެގަފޯނަށް ވެސް ގެއްލުން ދީފަ އެވެ. 

އެ ފުލުސް މީހާ ވަނީ މެގަފޯނު ހިފައިގެން ހުރި މުޒާހަރާގެ ބައިވެރިޔާ އަށް ހަމަލާދީ މެގަފޯނު އަތުލަން މަސައްކަތް ކޮށްފަ އެވެ. މިއާއެކު މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ބައެއް މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެސް ވެފައި ވެ އެވެ.

އެ ފުލުސް މީހާ އަށް އެހެން ފުލުހުންގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބިފައިނުވާއިރު އޭނާ ވަނީ އިރުކޮޅެއް ފަހުން އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ. 

އެކިއެކި ޝުއޫރުތައް ފާޅު ކޮށްފައިވާ ޕްލެކާޑްތައް މުޒާހަރާގެ ބައިވެރިން އުފުލާފައިވާއިރު، އަޑު އަހަރުކޮށް ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވަމުން މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ، ސަރުކާރުން އިސްނަގައިގެން މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ރިފަރެންޑަމް ވޯޓުގައި ސަރުކާރަށް ލިބިފައިވަނީ އެންމެ 30 އިންސައްތަ ވޯޓު ކަމަށާއި، ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އެމްޑީޕީ އިން މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ގައުމު ހަމަ މަގަށް އެޅުވުމަށް ސަރުކާރަށް 12 ޑިމާންޑެއް ވަނީ ހުށަހަޅާފަ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

17 އެޕްރީލު 2026

މަސްތުވާތަކެތި ގެންގުޅެ، ޖުވާކުޅޭ ކަމުގެ ތުހުމަތުގައި 38 ބިދޭސީން ހައްޔަރު ކޮށްފި

17 އެޕްރީލު 2026
މަސްތުވާތަކެތި ގެންގުޅެ، ޖުވާކުޅޭ ކަމުގެ ތުހުމަތުގައި 38 ބިދޭސީން ހައްޔަރު ކޮށްފި
17 އެޕްރީލު 2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ އަށް ފުލުހުން އަނެއްކާވެސް ހުރަސް އަޅައިފި

17 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ އަށް ފުލުހުން އަނެއްކާވެސް ހުރަސް އަޅައިފި
16 އެޕްރީލު 2026

ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި

16 އެޕްރީލު 2026
ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި
11 އެޕްރީލު 2026

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި

11 އެޕްރީލު 2026
ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި
11 އެޕްރީލު 2026

އެމްޑީޕީގެ ފަރާތުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ގައުމީ މަޖިލީހުގައި ހިމަނާ، ރައީސް ނަޝީދު އާއި ރައީސް ސޯލިހު ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަން ފާސްކޮށްފި

11 އެޕްރީލު 2026
އެމްޑީޕީގެ ފަރާތުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ގައުމީ މަޖިލީހުގައި ހިމަނާ، ރައީސް ނަޝީދު އާއި ރައީސް ސޯލިހު ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު