Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީރާން ހަނގުރާމަ

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ޖަޕާނުގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް އަތުވެއްޖެ

މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ، އެ ސަރަހައްދުގައި ތިބި ޖަޕާނު ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ޖަޕާނު ސިފައިންގެ މަތިންދާބޯޓެއް ރާއްޖޭގައި ތައްޔާރީ ހާލަތަށް ގެނެސްފި. ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، ކޭ.ސީ-767 މަރުކާގެ މި ބޯޓު ރާއްޖޭގައި ބާއްވަނީ ޗާޓަރު ފްލައިޓްތަކަށް ދިމާވެދާނެ ފަންނީ މައްސަލައަކަށް ނުވަތަ ކުއްލި ހާލަތަކަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 13:31
އައިޗީ ޕްރިފެކްޗާގެ ކޮމާކީ އެއާ ބޭސްއިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ސެލްފް ޑިފެންސް ފޯސް (އެސްޑީއެފް) ގެ ބޯޓަކަށް، އެއާ ސެލްފް ޑިފެންސް ފޯސްގެ މެންބަރުން އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަރަނީ.

އައިޗީ ޕްރިފެކްޗާގެ ކޮމާކީ އެއާ ބޭސްއިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ސެލްފް ޑިފެންސް ފޯސް (އެސްޑީއެފް) ގެ ބޯޓަކަށް، އެއާ ސެލްފް ޑިފެންސް ފޯސްގެ މެންބަރުން އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަރަނީ. | ޖީޖީ

އެމެރިކާއާއި، އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ އެކު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވަމުންދާތީ، ސަރަހައްދުގައި ތިބި ޖަޕާނުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި ޖަޕާނުގެ އެއަރ ސެލްފް-ޑިފެންސް ފޯސް (އޭ.އެސް.ޑީ.އެފް) ގެ މަތިންދާބޯޓެއް އާދީއްތަ ދުވަހު ރާއްޖެ އަތުވެއްޖެއެވެ.

ޖަޕާނު ސަރުކާރުން ރައްޔިތުން އަނބުރާ ގެންދިއުމަށް ހަމަޖައްސާފައިވާ ޗާޓަރު ފްލައިޓްތަކަށް ދިމާވެދާނެ ފަންނީ މައްސަލައެއް ނުވަތަ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، ސެލްފް-ޑިފެންސް ފޯސް (އެސް.ޑީ.އެފް) ގެ މި ބޯޓު އޮންނާނީ ރާއްޖޭގެ އެއާޕޯޓެއްގައި ތައްޔާރީ ހާލަތުގައެވެ.

Advertisement - newsAdvertisement

ޖަޕާނުގެ އައިޗީ ޕްރިފެކްޗަރގެ ކޮމާކީ އެއަރ ބޭހުން އާދީއްތަ ދުވަހުގެ ފަތިހު 2:55 ހާއިރު ފުރި ކޭ.ސީ-767 މަރުކާގެ މި ބޯޓު ރާއްޖެއަށް އައީ ޖަޕާނު ގަޑިން އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މެދުއިރުމަތީގެ ގައުމުތަކަށާއި ޔޫރަޕަށް ދަތުރުކުރާ އެސް.ޑީ.އެފްގެ ބޯޓުތަކަށް ތެޔޮ އެޅުމަށާއި އެހެނިހެން ބޭނުންތަކަށް މަޑުކުރާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

ގާތްގަނޑަކަށް 200 މީހުންގެ ޖާގަ އޮންނަ މި ބޯޓުގައި އެސް.ޑީ.އެފްގެ 30 މުވައްޒަފުން ދަތުރުކުރެއެވެ. މި މިޝަން ކުރިއަށްދާނީ އެއްގަމާއި، ކަނޑާއި، ވައިގެ ސިފައިން ހިމެނޭ އެސް.ޑީ.އެފްގެ ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑްގެ ވެރިޔާ، ލެފްޓިނެންޓް ޖެނެރަލް ކެނީޗިރޯ ނަގޫމޯގެ ބެއްލެވުމުގެ ދަށުންނެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު ތޮޝިމިޓްސޫ މޮޓެގީ ހުކުރު ދުވަހު ވަނީ، އެސް.ޑީ.އެފްގެ ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ބޭރު ގައުމުތަކުގައި ތިބި ޖަޕާނު ރައްޔިތުން އުފުލުމަށް ބޭނުންވާ ތައްޔާރީތައްވުމަށް ޑިފެންސް މިނިސްޓަރު ޝިންޖީރޯ ކޮއިޒޫމީގެ ކިބައިން އެދިވަޑައިގެންފައެވެ. އެއާއެކު މިނިސްޓަރު ކޮއިޒޫމީ ވަނީ ނަގޫމޯއަށް އޮޕަރޭޝަނަލް އަމުރެއް ނެރުއްވާފައެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި ތިބި ޖަޕާނު ރައްޔިތުންނާއި އެމީހުންގެ އާއިލާތައް ގޮވައިގެން އޮމާނުން ފުރި ޖަޕާނު ސަރުކާރުގެ ޗާޓަރު ފްލައިޓެއް އާދީއްތަ ދުވަހުގެ ރޭ ޗީބާ ޕްރިފެކްޗަރގެ ނަރީޓާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޯމަ ދުވަހު ސައުދީ އަރަބިއްޔާއިން އިތުރު ޗާޓަރު ފްލައިޓެއް ފުރުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.

ޗީފް ކެބިނެޓް ސެކްރެޓަރީ ކިހާރާ މިނޯރޫ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެސް.ޑީ.އެފްގެ މަތިންދާބޯޓު ފޮނުވީ މަސްރަހު އިތުރަށް ގޯސްވެދާނެ ހާލަތަކަށް ނުވަތަ ބޯޓަކަށް ދިމާވެދާނެ ފަންނީ މައްސަލައަކަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ މެދުއިރުމަތީގެ ހަ ގައުމަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް ނެރޭ އެލާޓް ލެވެލް 3 އަށް މަތިކޮށްފައެވެ. މިއީ އެ ގައުމުގެ ހަތަރު ދަރަޖައިގެ އެލާޓް ނިޒާމުގައި ދެވަނައަށް އެންމެ މަތީ ދަރަޖައެވެ. އަދި އެ ގައުމުތަކަށް ދަތުރު ނުކުރުމަށް ޖަޕާނު ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މަސްދަރު: ޖަޕާން ޓައިމްސް

އެމެރިކާ-އިޒްރޭލް-އީރާންޖަޕާންޖަޕާން ސެލްފް-ޑިފެންސް ފޯސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

22 މާރިޗު 2026
ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

21 މާރިޗު 2026
އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

16 މާރިޗު 2026
އީރާނުގެ 6،000 އަށްވުރެ ގިނަ އަމާޒަކަށް އެމެރިކާއިން ހަމަލާދީފި

އީރާނުގެ 6،000 އަށްވުރެ ގިނަ އަމާޒަކަށް އެމެރިކާއިން ހަމަލާދީފި

13 މާރިޗު 2026
ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި

ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި

11 މާރިޗު 2026

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު