Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ 6،000 އަށްވުރެ ގިނަ އަމާޒަކަށް އެމެރިކާއިން ހަމަލާދީފި

13 މާރިޗު 2026 | ހުކުރު 03:21

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި އެ ގައުމުގެ ކަނޑުގެ ސިފައިންގެ 90 އަށްވުރެ ގިނަ އުޅަނދު ހަލާކުކޮށްލާފައިވާކަން އެމެރިކާގެ ސެންޓްކޮމްއިން ވަނީ ހާމަކޮށްފައި. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ދެމުންދާ މި ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ހިމެނޭހެން 1،300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީގެ ރައްދުގައި އީރާނުން ވެސް ދަނީ އިޒްރޭލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދެމުން.

ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 03:21
2026 މާރިޗު 02 ވަނަ ދުވަހު އީރާނުގެ ތެހެރާނަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ވަރުގަދަ ހަމަލާތަކަށް ފަހު އެ ސިޓީން ބޯ ދުން އަރަމުންދާ މަންޒަރު.

2026 މާރިޗު 02 ވަނަ ދުވަހު އީރާނުގެ ތެހެރާނަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ވަރުގަދަ ހަމަލާތަކަށް ފަހު އެ ސިޓީން ބޯ ދުން އަރަމުންދާ މަންޒަރު. | ގެޓީ އިމޭޖަސް

އިޒްރޭލާއި އެމެރިކާ ގުޅިގެން  އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެ ގައުމުގެ 6،000 އަށްވުރެ ގިނަ އަމާޒަކަށް ހަމަލާދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުރާސްފަތި ދުވަހު ބުނެފިއެވެ. މިދިޔަ މަހު ފެށި މި ހަނގުރާމައިގައި ހަލާކުކޮށްލި އަމާޒުތަކުގެ ތެރޭގައި އީރާނުގެ ކަނޑުގެ ސިފައިންގެ ގިނަ އަދަދެއްގެ އުޅަނދުތައް ހިމެނޭ ކަމަށްވެސް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

ސެންޓްކޮމްއިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ 90 އަށްވުރެ ގިނަ ކަނޑު އުޅަނދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީ ނުވަތަ އެއްކޮށް ނައްތާލާފައެވެ. މީގެ ތެރޭގައި ކަނޑު އަޑީގައި މައިން ވަޅުލުމަށް ބޭނުންކުރާ 30 އަށްވުރެ ގިނަ އުޅަނދު ހިމެނޭ ކަމަށް ބުނެފައިވެއެވެ.

މި އޮޕަރޭޝަންގައި ވައިގެ މަގުންނާއި، ކަނޑުގެ މަގުން އަދި އެއްގަމު މަގުން ބޭނުންކުރާ ތަފާތު ގިނަ ހަތިޔާރުތަކެއް ބޭނުންކޮށްފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ. އޭގެ ތެރޭގައި ސްޓްރެޓީޖިކް ބޮމާ މަތިންދާބޯޓުތަކާއި، ފައިޓާ ޖެޓުތަކާއި، ޑްރޯންގެ އިތުރުން މިސައިލް ދިފާއީ ނިޒާމުތައް ހިމެނޭ ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. މި ހަމަލާތަކުގައި މިހާތަނަށް 1،300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ.

އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް ދަނީ ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން އިޒްރޭލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ހަމަލާދެމުންނެވެ.

އީރާންސެންޓްރަލް ކޮމާންޑްޢަލީ ޚަމަނާއީއެމެރިކާ-އިޒްރޭލް-އީރާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 މާރިޗު 2026

އދ. ތަޖުރިބާކާރުން: ޣައްޒާގައި އިޒްރޭލުން ހިންގި ފަދަ ގަތުލުއާންމާއި ފަނާކުރުންތައް މުޅި ސަރަހައްދަށް ފެތުރުމުގެ ބިރު އެބައޮތް

13 މާރިޗު 2026
އދ. ތަޖުރިބާކާރުން: ޣައްޒާގައި އިޒްރޭލުން ހިންގި ފަދަ ގަތުލުއާންމާއި ފަނާކުރުންތައް މުޅި ސަރަހައްދަށް ފެތުރުމުގެ ބިރު އެބައޮތް
13 މާރިޗު 2026

އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި

13 މާރިޗު 2026
އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި
12 މާރިޗު 2026

އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި

12 މާރިޗު 2026
އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި
12 މާރިޗު 2026

ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް

12 މާރިޗު 2026
ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް
12 މާރިޗު 2026

އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ

12 މާރިޗު 2026
އީރާން އިން ވޯލްޑް ކަޕްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް، އެ ޤައުމުގެ ކުޅިވަރު ވަޒީރު ވިދާޅުވެއްޖެ
12 މާރިޗު 2026

އިޒްރޭލުން ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި

12 މާރިޗު 2026
އިޒްރޭލުން ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި
12 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ 17 ތަނަކަށް ގެއްލުންދީފި: ނިއުޔޯކް ޓައިމްސް

12 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ 17 ތަނަކަށް ގެއްލުންދީފި: ނިއުޔޯކް ޓައިމްސް
12 މާރިޗު 2026

ބަހްރެއިންގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އީރާނުން ހަމަލާދީފި

12 މާރިޗު 2026
ބަހްރެއިންގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އީރާނުން ހަމަލާދީފި
11 މާރިޗު 2026

ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި

11 މާރިޗު 2026
ބޮޑު ހަނގުރާމައެއް ކުރިއަށް ދަނިކޮށް ތިން ދުވަހަށް އީދު ފާހަގަކުރަން ނިންމާފައިވާތީ މެންބަރު ކުޑޫ ކަންބޮޑުވުން ފާޅު ކުރައްވައިފި
11 މާރިޗު 2026

ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

11 މާރިޗު 2026
ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް